ނިޢުމާތުގެ މަޤާމުގެ މުއްދަތު 5 އަހަރު ދުވަހަށް އިތުރުކުރައްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނެވި މާފަންނު މާފުށީގެ ނިޢުމާތު ޝަފީޤުގެ މަޤާމުގެ މުއްދަތު 5 (ފަހެއް) އަހަރު ދުވަހަށް މިއަދު އިތުރުކުރައްވައިފިއެވެ. ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމަށް ނިޢުމާތު ޝަފީގު އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު 23 ޖުލައި 2020 ގައެވެ. ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމުގެ ދައުރެއްގެ މުއްދަތަކީ 5 އަހަރެވެ. ނިޢުމާތުގެ މަޤާމުގެ ފުރަތަމަ ދައުރުގެ މުއްދަތު، މި މަހުގެ 23 ވަނަ ދުވަހު ހަމ...