Skip to main content
Topic Archive

#ޖަރުމަނު ލީގު

10 Stories filed
އެންމެ މެޗަކުން ވެސް ބަލިނުވެ ލީގު ނިންމައި، ލެވަކޫސަން ތާރީހުގެ ތެރެއަށް
Sports

އެންމެ މެޗަކުން ވެސް ބަލިނުވެ ލީގު ނިންމައި، ލެވަކޫސަން ތާރީހުގެ ތެރެއަށް

ޖަރުމަނު ލީގުގައި މި ސީޒަންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ބަޔާން ލެވަކޫސަން އިން ލީގު ނިންމައި ތާރީހީ ކާމިޔާބެއް ހޯދައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލެވަކޫސަން އިން ވަނީ އޮއުސްބާގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރިހޯދާފައެވެ. ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެވަކޫސަން އިން ފަސް މެޗު އޮއްވައި ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ވަނީ ކަށަވަރު ކޮށްފައެވެ. ރޭ މެޗަށް ފަހު އެ ޓީމާއި ޝީލްޑް ހަވާލުކުރިއިރު، މިއީ އެ ޓީމްގެ […]

ހޮފެންހެއިމް ބަލިކޮށް ބަޔާނުން، ލެވަކޫސެންއާއި އޮތް ފަރަގު ކުޑަކޮށްފި
Sports

ހޮފެންހެއިމް ބަލިކޮށް ބަޔާނުން، ލެވަކޫސެންއާއި އޮތް ފަރަގު ކުޑަކޮށްފި

ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ހޮފެންހެއިމް ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބުކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ބަޔާނުން މިވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބަޔާން ލެވަކޫސެންއާއި އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ. ލެވަކޫސެން އެއްވަނާގައި އޮތީ 16 މެޗުން ލިބުނު 42 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި ބަޔާން އޮތީ 16 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. ބަޔާން […]

ލައިޕްޒިގް ދޫކޮށް އެންކުންކޫ ޗެލްސީއަށް
Sports

ލައިޕްޒިގް ދޫކޮށް އެންކުންކޫ ޗެލްސީއަށް

ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގް އަށް ކުޅެމުން އަންނަ ފްރާންސްގެ އިތުބާރު ފޯވާޑް ކްރިސްޓޮފަރ އެންކުންކޫ ޗެލްސީއަށް ބަދަލުވާން ނިންމައިފިއެވެ. އުމުރުން 25 އަހަރުގެ އެންކުންކޫ ޗެލްސީއަށް ބަދަލުވަނީ 52 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. ޗެލްސީން ވަނީ އެންކުންކޫއާއިއެކު ހަ އަހަރު ދުވަހުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ ޗެލްސީގައި 2029 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް މަޑުކުރާނެއެވެ. އެންކުންކޫ ވަނީ ނިމުނު ސީޒަންގައި ލައިޕްޒިގަށް ކުޅެދިން 38 މެޗުގައި 2...

ފްރޭންކްފާޓް ބަލިކޮށް ޖަރުމަނު ކަޕް ލައިޕްޒިގުން ކާމިޔާބު ކޮށްފި
Sports

ފްރޭންކްފާޓް ބަލިކޮށް ޖަރުމަނު ކަޕް ލައިޕްޒިގުން ކާމިޔާބު ކޮށްފި

ފްރޭންކްފާޓް ބަލިކޮށް ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން ލައިޕްޒިގުން ކާމިޔާބު ކޮށްފިއެވެ. ރޭ މި ދެ ޓީމް ބައްދަލުކުރި ފައިނަލް މެޗު ލައިޕްޒިގުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިއީ މީގެ ސާދަ އަހަރު ކުރިން އުފެދުނު ލައިޕްޒިގުން ޖަރުމަނު ކަޕްގެ ފައިނަލުގައި ފާއިތުވި ފަސް އަހަރު ތެރޭ ކުޅުނު ހަތަރުވަނަ ފަހަރެވެ. ނަމަވެސް މީގެ ތެރެއިން ދެ ފައިނަލުން އެ ޓީމް ވަނީ ބަލިވެފައެވެ. އެއީ 2019 ވަނަ އަހަރާއި 2021 ވަނަ އަހަރުއެވެ. […]

ފުރުޞަތުގެ ބޭނުން ހިފާ ބަޔާން އެއްވަނައަށް
Sports

ފުރުޞަތުގެ ބޭނުން ހިފާ ބަޔާން އެއްވަނައަށް

ޖަރުމަނު ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބްރޫޝިއާ ޑޯޓްމަންޑް ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އެއްވަރުވުމުން އޭގެ ފައިދާނަގައި ރޭ މެޗު ކާމިޔާބުކޮށް ބަޔާނުން ޑޯޓްމަންޑް ފަހަތަށް ޖައްސާލައި ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭ ބަޔާން ވަނީ 2-0 ގެ ނަތީޖާއިން ހާތާ ބާލިން ބަލިކޮށްފައެވެ. ހޮނިހިރު ދުވަހުގެ ރޭ ޑޯޓްމަންޑާއި ބޯކުމް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އެ މެޗުން […]

ޑޯޓްމަންޑަށް އެއްވަނަ ގެއްލުމުގެ ބިރާ ކުރިމަތިވެއްޖެ
Sports

ޑޯޓްމަންޑަށް އެއްވަނަ ގެއްލުމުގެ ބިރާ ކުރިމަތިވެއްޖެ

ޖަރުމަނު ލީގުގައި ރޭ ބޯކުމްއާއި ބްރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު އެއްވަރުވުމުން ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރާއި ޑޯޓްމަންޑް ކުރިމަތިލާން ޖެހިއްޖެއެވެ. ރޭ ބޯކުމްގެ ދަނޑުގައި ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ޑޯޓްމަންޑް އޮތީ އެއް މެޗު އިތުރަށް ކުޅެ ދެވަނާގައި އޮތް ބަޔާން މިއުނިކަށް ވުރެ ދެ ޕޮއިންޓް އިތުރަށް […]

ޓުޗެލް އިރުޝާދުދިން ދެވަނަ މެޗުން ބަލިވެ ބަޔާން ކަޓައިފި
Sports

ޓުޗެލް އިރުޝާދުދިން ދެވަނަ މެޗުން ބަލިވެ ބަޔާން ކަޓައިފި

ޖަރުމަނު ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ބަޔާން މިއުނިކާއި ފްރެއިބާގް ބައްދަލުކުރި މެޗުން ބަލިވެ ބަޔާން މުބާރާތުން ކަޓައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން ބަލިވެފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މިއީ ބަޔާންގެ ކޯޗްގެ މަގާމުގައި ހުރި ނާގަލްސްމަން އެ މަގާމުން ދުރުކޮށް ދާދިފަހުން ބަޔާންގެ ކޯޗްކަމާއި ހަވާލުވި ތޯމަސް ޓުޗެލް އެ ޓީމަށް އިރުޝާދުދިން ދެވަނަ މެޗެވެ. ޓުޗެލްގެ ކޯޗުކަމުގައި ބަޔާން ފުރަތަމަ މެޗަކީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލީގުގައި ޑޯޓްމަންޑާއި […]

ޓުޗެލް އިރުޝާދުދިން ފުރަތަމަ މެޗުން މޮޅުވެ ބަޔާން އަސްލު މަގާމަށް
Sports

ޓުޗެލް އިރުޝާދުދިން ފުރަތަމަ މެޗުން މޮޅުވެ ބަޔާން އަސްލު މަގާމަށް

ދާދި ފަހުން ބަޔާން މިޔުނިކްގެ ކޯޗްކަމާއި ހަވާލުވި ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން އެ ޓީމް ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ޖަރުމަނު ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. މިރޭ ބަޔާނުން ވަނީ އަމިއްލަ ދަނޑުގައި ވާދަވެރި ބްރޫޝިއާ ޑޯޓްމަންޑް 4-2 ގެ ނަތީޖާއިން ބަލިކޮށްފައެވެ. މި މެޗަށް ބަޔާންއާއި ޑޯޓްމަންޑް ނުކުތްއިރު އެއް ޕޮއިންޓްގެ ލީޑަކާއިއެކު ޑޯޓްމަންޑް އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ. ފަހަކަށް އައިސް ލީގުގައި ބަޔާންގެ ފޯމް ދައްވެ ޑޯޓްމަންޑްގެ ފަހަތަށް […]

ލައިޕްޒިގް ބަލިކޮށް ޑޯޓްމަންޑް އެއްވަނައަށް
Sports

ލައިޕްޒިގް ބަލިކޮށް ޑޯޓްމަންޑް އެއްވަނައަށް

ޖަރުމަނު ލީގުގައި ރޭ ބްރޫޝިއާ ޑޯޓްމަންޑާއި އަރުބީ ލައިޕްޒިގް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޑޯޓްމަންޑް ޖެހިލައިފިއެވެ. ރޭ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖޫޑް ބެލިންހަމް ލައިޕްޒިގްގެ ޑިފެންސްގެ ފަހަތަށް ކުޅުން ބޯޅަ ހޯދައި އެ ޓީމްގެ ހޫލިއަން ބްރެންޓް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް އޭނާ ބޯޅަ ހޯދަން […]

ބަޔާން ބަލިވެ އެއްވަނަ ގެއްލުމުގެ ބިރާއި ކުރިމަތިވެއްޖެ
Sports

ބަޔާން ބަލިވެ އެއްވަނަ ގެއްލުމުގެ ބިރާއި ކުރިމަތިވެއްޖެ

ޖަރުމަނު ލީގުގައި ރޭ ޗެމްޕިއަން ބަޔާން މިއުނިކާއި ބުރޫޝިއާ މުންޗެންގްލަޑްބެކް ބައްދަލުކުރި މެޗުން، ބަޔާން ބަލިވެ އެ ޓީމަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރާއި ކުރިމަތިވެއްޖެއެވެ. ރޭ ބުރޫޝިއާ މުންޗެންގްލަޑްބެކްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ބަޔާންގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މި ނަތީޖާއާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލުމުގެ ބިރާއި އެ ޓީމަށް ވަނީ ކުރިމަތިވެފައެވެ. ބަޔާނަށް 21 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް […]