ޔާމީން ކުރެއްވީ ގޭ ބަންދުގައި ހުންނަ މީހަކަށް ނުކުރެވޭނެކަމެއް ނޫން: އިދިކޮޅު ކޯލިޝަން
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށްކަމަށާއި، ފިޔަވަޅު އަޅާނެކަމަށްް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެކަން ކުށްވެރިކޮށްފިއެވެ. އިދިކޮޅުން މިއަދު ހަވީރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ “އިންސާފު ހޯދަން” ނަމުގައި އެއްވުންތަކެއް ބާއްވާފައެވެ. މިގޮތުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ގޭ ބަންދުގައި ހުންނަވައިގެން ރައީސް ޔާމީން ވަނީ ބައިވެ...