އިންޑިއާ ސިފައިން ބާލަން ގޮވާލާ ބާރަށުގައި އިހްތިޖާޖުކޮށްފި
ހއ. ބާރަށުގައި ތިބި އިދިކޮޅު ޕްރޮގްރެސިވް ޕާޓީގެ ސަޕޯޓަރުން އިސްވެ، ރާއްޖޭގައި ތިބިކަމަށްބުނާ އިންޑިއާ ސިފައިން ބާލަން ގޮވާލައި އެރަށުގައި މިއަދު އިހުތިޖާޖުކޮށްފިއެވެ. މި އިހްތިޖާޖުގައި ބާރަށުގައި ތިބި ޕީޕީއެމް، ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ. “އިންޑިއާ މިލިޓަރީ އައުޓް” ޖަހާފައިވާ ޓީޝާޓްތައް ލައިގެން ކުރިއަށް ގެންދިޔަ މި އިހްތިޖާޖުގައި އިސްކޮށް ހުންނެވީ ބާރަށު ދާއިރާގެ ކުރީގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާޙީމް ޝުޖާޢު އެވ...