Skip to main content
Topic Archive

#ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް)

18 Stories filed
އީ-ފާސްއާއެކު ނޭނގި ޕާޓީ ބަދަލުކުރުން ހުއްޓުވިއްޖެ، ޕީއެންއެފުން ފަތުރަނީ ދޮގު: އީސީ
Raajje

އީ-ފާސްއާއެކު ނޭނގި ޕާޓީ ބަދަލުކުރުން ހުއްޓުވިއްޖެ، ޕީއެންއެފުން ފަތުރަނީ ދޮގު: އީސީ

ސިޔާސީ ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް ‘އީ-ފާސް’ ތަޢާރަފްކުރުމާއެކު މީހުންނަށް ނޭނގި ޕާޓީ ބަދަލުކުރުމުގެ މައްސަލައަށް ހައްލު ލިބިފައިވާ ކަމަށާއި، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އެ ކޮމިޝަނާމެދު ކުރަމުންދަނީ ޙަޤީޤަތާ ޚިލާފު ދޮގު ތުހުމަތުތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެ، މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ އާންމުންނާއި ޕާޓީތަކުގެ ފަރާތުން...

ޕީއެންއެފްއިން 2،500 މެންބަރުން ވަކިކުރިކަމަށް ބުނެ އީސީގެ ރައީސްގެ މައްސަލައެއް ފުލުހަށް
Politics

ޕީއެންއެފްއިން 2،500 މެންބަރުން ވަކިކުރިކަމަށް ބުނެ އީސީގެ ރައީސްގެ މައްސަލައެއް ފުލުހަށް

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެމްބަރުން ވަގަށް ޕީއެންސީއަށް ވައްދާ ކަމަށް ތުހުމަތުކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލްގެ މައްސަލަ އެ ޕާޓީން މިއަދު ފުލުހަށް ހުށަހަޅައިފި އެވެ. ޝަކީލްގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މަކަރާއި ހީލަތް ހެދުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ބަޔަކަށް ނާޖައިޒު މަންފާ ހޯދައި ދިނުން ހިމެނެ އެވެ. މި މައްސަލަ ފުލުހަށް ހުށަހެޅުއްވުމަށްފަހު ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް އަދި ކުރީގެ މިނިސްޓަރު މުހައްމަދު […]

ޔާމީނާއި ސޯލިހް އަދި ނަޝީދު އެއްބަސްވުމަކަށް
Raajje

ޔާމީނާއި ސޯލިހް އަދި ނަޝީދު އެއްބަސްވުމަކަށް

ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައި، އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމުގައިވާ ގޮތުން، މިހާރުގެ ސަރުކާރުން ގާނޫނުއަސާސީއާ ޚިލާފުވަމުންދާ ކަމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލަމުންދާ ކަމަށް ތިން ރައީސުން ވަނީ ތުހުމަތު ކުރައްވާފައެވެ. މީގެ އިތުރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމާއި، ނޫސްވެ...

ޕީއެންއެފުން ތަކުރާރުކޮށް ޤާނޫނާއި ޚިލާފްވާނަަމަ ފިޔަވަޅު އަޅާނަން: އީސީ
News

ޕީއެންއެފުން ތަކުރާރުކޮށް ޤާނޫނާއި ޚިލާފްވާނަަމަ ފިޔަވަޅު އަޅާނަން: އީސީ

ތަކުރާރުކޮށް ޤާނޫނާއި ޚިލާފްވާނަަމަ ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީ.އެން.އެފް) އަށް ދީފިއެވެ. އީސީން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެހެން ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި ޙަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެ...

ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބަކަށް ޖަމީލު އަދި ދަރިކަލުން ޒެއިން
Raajje

ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބަކަށް ޖަމީލު އަދި ދަރިކަލުން ޒެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ރައީސަކަށް އެމަނިކުފާނު ހޮވިވަޑައިގެންފިއެވެ. ޕީއެންއެފްގެ ގައުމީ ޖަލްސާ ރޭ ވަނީ މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވާފައެވެ. މި ޖަލްސާގައި ވަނީ ޔާމީން އެ ޕާޓީގެ ރައީސަކަށް ހޮވިވަޑައިގެންފައިވާކަން ޢިއުލާންކޮށްފައެވެ. އަދި އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޔާމީންގެ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙްމަދާއި، ޔާމީންގެ ދަރިކަލުން ޒެއިން އަބް...

ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ފުރައްސާރަކުރުން ކުށްވެރިކޮށްފި
Raajje

ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ފުރައްސާރަކުރުން ކުށްވެރިކޮށްފި

ނޫސްވެރިންނަށް އެކި ބާވަތުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމުގެ ޢަމަލުތައް ހިންގަމުންދާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ބަޔާނެއް ނެރެފި އެވެ. އެމްއެމްސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ސިޔާސީ ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ މަންސަތަކުގައި އެކި ބާވަތުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމާ ގުޅޭ ކަންބޮޑުވުންތައް އެ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި ޚާއްޞަކޮށް ވަކި ޖިންސަކަށ...

ޔާމީންގެ އާ ޕާޓީ، ޕީއެންއެފް ރަޖިސްޓްރީކޮށްދީފި
Raajje

ޔާމީންގެ އާ ޕާޓީ، ޕީއެންއެފް ރަޖިސްޓްރީކޮށްދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައި ރަޖިސްޓްރީކޮށްފިއެވެ. ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ ޕާޓީ ރަޖިސްޓްރީކޮށް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ދޫކުރި ލިޔުން “އެކްސް” ގައި އާންމު ކުރައްވައިފައެވެ. ޕާޓީގެ މަސްއޫލުވެރިޔަކީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންއެވެ. ޕީއެންއެފް ރަޖިސްޓްރީކޮށް ދިން ކަމުގެ ލިޔުން އެ ޕާޓީއާ ހަވާލ...

ޕީއެންއެފް އުފައްދަން ބޭނުންވާ ސޮއި ހަމަކޮށް ހުށަހަޅައިފި
Raajje

ޕީއެންއެފް އުފައްދަން ބޭނުންވާ ސޮއި ހަމަކޮށް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ ސޮއި ހަމަކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިއްޔެ ހުށަހަޅައިފިއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވިގޮތުގައި، ޒެއިން އަބްދުﷲ ޔާމީން ގެ ފަރާތްޕުޅުންޕީ އެންއުފެއްދުމަށް 3060 ފޯމު އީސީ އަށް ވަނީ ހުށަހަޅުއްވާފައެވެ. ޒެއިން އަކީ އެ ޕާޓީގެ މުއައްސިސްއެވެ. އަދި އޭނާ އަކީ ރައީސް ޔާމީންގެ ދަރިކަލުންނެވެ. ހަބީބު ވިދާޅުވެފައިވާ ގޮތުގައި، އެ ފޯމުތަކުގެ […]

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކޮށްފި
Raajje

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކޮށްފި

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ކެންޑިޑޭޓު ނަންބަރު މިއަދު ތަރުތީބުކޮށްފިއެވެ. މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް ފަސް ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުން ހިމެނިވަޑައިގަންނަވައެވެ. މާލޭގެ މޭޔަރު ކަމުގެ އިތުރުން ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ވެސް ވަނީ ތަރުތީބުކޮށްފައެވެ. ސިޓީ ކައުންސިލުން ދެން ހުސްވެފައިވާ ތިން ދާއިރާއަކީ މެދުހެންވޭރާއި ހެންވޭރު ދ...

ކުރީގެ ސީޕީ ހުސެން ވެސް މޭޔަރު ކަމަށް ފޯމު ހުށަހަޅައިފި
Raajje

ކުރީގެ ސީޕީ ހުސެން ވެސް މޭޔަރު ކަމަށް ފޯމު ހުށަހަޅައިފި

މާލޭ ސިޓީގެ މޭޔަރު ހޮވުމަށާއި، ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ތާއީދާއެކު ވާދަކުރާ ކުރީގެ ޕޮލިސް ކޮމީޝަނަރު ހުސެއިން ވަހީދާއި ކައުންސިލަރުކަމަށް ވާދަކުރާ ތިން ކެންޑިޑޭޓުން އިއްޔެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅައިފިއެވެ. މި ބޭފުޅުންނަކީ މިހާރު އުފެއްދުމުގެ މަރުހަލާގައި އޮތް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރައްވާފައިވާ، އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި ރައީސް ޔާމީން އަރިހުގައި އިސްކޮށް އުޅުއް...

ރައީސް ޔާމީނަށް އިތުރު ލުޔެއް ނުދޭތީ ޕީއެންއެފް ކަންބޮޑުވެއްޖެ
Raajje

ރައީސް ޔާމީނަށް އިތުރު ލުޔެއް ނުދޭތީ ޕީއެންއެފް ކަންބޮޑުވެއްޖެ

ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން އެއްވެސް ލުޔެއް ނުދޭތީ އެމަނިކުފާނުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ކަންބޮޑުވެއްޖެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވެވި […]

ޔާމީން ޕީއެންއެފް އަށް ސޮއި ކުރައްވައިފި
Raajje

ޔާމީން ޕީއެންއެފް އަށް ސޮއި ކުރައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް އެމަނިކުފާނު މިރޭ ސޮއި ކުރައްވައިފިއެވެ. ޔާމީން ޕީއެންއެފް އަށް ސޮއި ކުރައްވާ އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގެ ތެރެއިން މިރޭ ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. ޔާމީން ސޮއި ކުރެއްވި ފޯމާއި ހަވާލުވެލެއްވީ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލެވެ. ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން […]

ޝިފާގު މުފީދު ޕީއެންސީން ވަކިވެ، ޔާމީންގެ ޕީއެންއެފާ ގުޅިވަޑައިގެންފި
Raajje

ޝިފާގު މުފީދު ޕީއެންސީން ވަކިވެ، ޔާމީންގެ ޕީއެންއެފާ ގުޅިވަޑައިގެންފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި ޝިފާގު މުފީދު (ހިސްޓޯ) މަގާމުންނާއި ޕާޓީން އިސްތިއުފާ ދެއްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަން މަސައްކަތް ކުރާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އާ މިއަދު ގުޅިވަޑައިގެންފިއެވެ. ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި ޝިފާގް ވިދާޅުވީ އޭނާ ޕާޓީން ވަކިވެވަޑައިގަތީ ޕީއެންސީގެ ތެރޭގައި ކަންކަން ހިނގަމުންދާ އުސޫލާ މެދު ހިތްހަމަޖެހިވަ...

ޕީއެންއެފް އުފައްދަން އީސީން ހުއްދަދީފި
Raajje

ޕީއެންއެފް އުފައްދަން އީސީން ހުއްދަދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ. ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން އެވެ. ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީގައި އެދުނީ 26 ނޮވެމްބަރު 2023 ގައެވެ. މި ޕާޓީ އުފެއްދުމަށްޓަކައި 3000 މީހުންގެ ސޮއި ހޯދުމާއި، ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމުގެ ހުއްދަ އީސީން މިއަދު […]

ޕީއެންއެފް އުފެއްދުމަށް ހުއްދަ ދިނުމާމެދު މާދަމާ ގޮތެއް ނިންމަނީ
Raajje

ޕީއެންއެފް އުފެއްދުމަށް ހުއްދަ ދިނުމާމެދު މާދަމާ ގޮތެއް ނިންމަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައެއް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު މާދަމާ ގޮތެއް ނިންމާނެ ކަމަށް އީސީން މިއަދު ބުނެފިއެވެ. ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން އެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިރޭ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒެއިން ގެ ފަރާތުން ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު މާދަމާ […]