ސްޕެއިން މޮޅުވިއިރު، ގަވީއަށް އަނިޔާވެއްޖެ
ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް އޭގެ ފަހު މެޗުގައި ސްޕެއިންއާއި ޖޯޖިއާ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ސްޕެއިނުން ކާމިޔާބުކުރިއިރު، އެ ޓީމްގެ ޒުވާން މިޑްފީލްޑަރ ގަވީއަށް އަނިޔާވެއްޖެއެވެ. ރޭ މެޗަށް ނުކުތްއިރު ވެސް ސްޕެއިން އޮތީ ޔޫރޯއިން ޖާގަ ކަށަވަރު ކޮށްފައެވެ. މި މެޗުގައި ސްޕެއިނުން ވަނީ ހަތަރުވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ފެރާން ޓޯރޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ލެ ނޯމަންޑްއެވެ. ސްޕެއިނުން ލަނޑުޖެހިތާ ހަ […]