ރިސޯޓު މުވައްޒަފުންވެސް 2 ޑޯޒް ހަމަކޮށް، 2 ހަފްތާ ވުމުން ކަރަންޓީނު ވާކަށް ނުޖެހޭ!
ކޯވިޑް19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާތާ ދެ ހަފްތާ ފަހުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ކަރަންޓީނުނުވެ ރަށަށް ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. ޓޫރިޒަމް މިނިސްޓަރީއިން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަހުގައި މީހުން ދިރިއުޅޭ ރަށްރަށަށް 14 ދުވަސް ފަހުން ކަރަންޓީނު ނުވެ ދެވޭނެ ކަމަށެވެ. ނަމަވެސް އެފަދަ މުވައްޒަފުން ވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވައިދުތަކާ […]