ޒަކާތު ފަންޑުން މަތީ ތަޢުލީމަށް 50 ސްކޮލަރޝިޕް ހުޅުވާލައިފި
ޒަކާތު ފަންޑުން މަތީ ތަޢުލީމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހާސިލްކުރުމަށް 50 ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ސްކޮލަރޝިޕްތަކަކީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ހުޅުވާލެވުނު ފުރުސަތުތަކެކެވެ. މީގެ ތެރެއިން ރާއްޖޭގައި ކިޔެވުމަށް 20 ފުރުސަތު އަދި ރާއްޖެއިން ބޭރުން 30 ފުރުސަތު ވަނީ ހުޅުވާލާފައެވެ. ރާއްޖޭގައި ކިޔެވުމަށް ހުޅުވާލެވުނު ފުރުސަތުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި ދިވެހިރާއްޖޭގެ އިސްލާމީ...