Skip to main content
Topic Archive

#ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

103 Stories filed
''މިމްބަރުގެ މަތިން ހެޔޮބަސް އިއްވުމުގެ ޝަރަފް ލިބިގެންދާ ޒުވާނާއަކީ އެންމެ ނަމޫނާ ޒުވާނާ''
Raajje

''މިމްބަރުގެ މަތިން ހެޔޮބަސް އިއްވުމުގެ ޝަރަފް ލިބިގެންދާ ޒުވާނާއަކީ އެންމެ ނަމޫނާ ޒުވާނާ''

ހުކުރު ދުވަހު މިމްބަރުމަތީ ހުރެ އިސްލާމީ އުންމަތަށް ހެޔޮބަސް އިއްވުމުގެ ޝަރަފް ލިބިގެންދާ ޒުވާނާއަކީ އެންމެ ހެޔޮ އެންމެ ނަމޫނާ ޒުވާނާ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. އެމަނިކްފާނު މިހެން ވިދާޅުވެފައި ވަނީ ޒުވާން ޚަތީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި ޚަތީބުކަމުގެ ސަނަދު ހާސިލްކުރި 209 ޚަތީބުންނަށް ސަނަދު އެރުވުމަށް މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މިއަދު...

ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު އިފްތިތާޙުކޮށްފި
Raajje

ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު އިފްތިތާޙުކޮށްފި

ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އިފްތިތާޙުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ޢުމްރާ ދަތުރުގެ ފުރުސަތު ފުރަތަމަ އަރުވާފައިވަނީ އަލްޙާފިޡް ޢަލީ ރަޢީފުއަށެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަލްޙާފިޡް ޢަލީ ރަޢީފުއަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން...

މާހިލް އާއި ގުޅުވައިގެން ފަތުރަނީ ދޮގެއް!
Raajje

މާހިލް އާއި ގުޅުވައިގެން ފަތުރަނީ ދޮގެއް!

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުގެ ދަރިފުޅު ޢަބްދުﷲ މާހިލް ޝަހީމަށް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ވަޒީފާއެއް ހަމަޖައްސާފައިވާކަމަށް ބުނެ ފަތުރަނީ ދޮގެއްކަމަށް މައުލޫމާތު ލިބިއްޖެއެވެ. މާހިލް އާއި ގުޅުވައި މީސް މީޑިއާގައި ފަތުރަމުންދާ ގޮތުގައި މާހިލް އަށް ދީފައިވަނީ ލައްކައަކަށްވުރެ ގިނަ ރުފިޔާގެ އިނާޔަތާއެކު މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ތާރޑް ސެކެޓްރީގެ މަގާމު ކަމަށެވެ. އެ މައުލޫމާތު އެނގޭ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ވަޒީރު ޝަހީމްގެ...

ޝަހީމް ދެއްވީ ނާޖާއިޒު އެއްވެސް ކަމެއް ނުކުރަށްވާނެކަމުގެ ޔަޤީންކަން
Raajje

ޝަހީމް ދެއްވީ ނާޖާއިޒު އެއްވެސް ކަމެއް ނުކުރަށްވާނެކަމުގެ ޔަޤީންކަން

ދައުލަތުގެ މުދަލާއި މަޤާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ޝަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ޝަހީމްގެ ދަރިފުޅަކަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން މަގާމެއް ހަމަޖައްސާފައިވާ ކަމަށާއި، ޝަހީމްގެ ކޮށްކޮއަކަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބުގެ މަގާމު ދީފައިވާކަމަށް ބައެއް ނޫސްތަކުގައި ވަނީ ބުނެފައެވެ. ޝަހީމް މިއަދު...

ހައްޖު އޮޕަރޭޝަން ކާމިޔާބު، އެކަމަކު ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި: ޝަހީމް
Raajje

ހައްޖު އޮޕަރޭޝަން ކާމިޔާބު، އެކަމަކު ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި: ޝަހީމް

މި އަހަރުގެ ހައްޖު އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި އަންނަ އަހަރު ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރިއިރު، އެކަންކަން ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ. މިފަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިން 1،150 ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް ދިޔައެވެ. އެ ހައްޖުވެރިންނާ އެކުގައި ޝަހީމްގެ އިތުރުން ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވެސް […]

އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން: ޝަހީމް
Raajje

އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން: ޝަހީމް

މުސްލިމުން ފާހަގަ ކުރާ ދެ އީދު ކަމުގައިވާ އަޟްހާ އީދާއި ފިތުރު އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ފިތުރު އީދާއި އަޟްހާ އީދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފާހަގަ ކުރާއިރު، ކުލަ ޖެހުމަކީ ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން ކަމަށެވެ. އަދި ދިވެހި ސަގާފަތަކީ އީދުގައި […]

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަމަލުތައް ވަގުތުން ހުއްޓުވަން ޖެހޭ: ޝަހީމް
Raajje

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަމަލުތައް ވަގުތުން ހުއްޓުވަން ޖެހޭ: ޝަހީމް

އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަމަލުތައް ވަގުތުން ހުއްޓުވައި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމު ކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 15 ވަނަ ސަމިޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުން ވާހަކަ ދައްކަވަމުން ޝަހީމް ވަނީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރަން ގޮވ...

އިސްލާމީ ގައުމުތަކުގެ ވެރިންގެ ސަމިޓަށް ޑރ.ޝަހީމް
Raajje

އިސްލާމީ ގައުމުތަކުގެ ވެރިންގެ ސަމިޓަށް ޑރ.ޝަހީމް

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން ބާއްވާ އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓުގައި ބައިވެރިވެރިވެވަޑައިގަތުމަށް ރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިއްޔެ ގެމްބިއާ އަށް ފުރާވަޑައިގެންފިއެވެ. މި ސަމިޓުގައި ވަޒީރު ބައިވެރިވެވަޑައިގަންނަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ. އޯ.އައި.ސީން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ބާއްވާ އިސްލާމީ ޤައުމުތަކުގެ އެންމެ އި...

ޝަހީމް އަލުން އިމާމްވެ ނަމާދު ކުރައްވަން ފައްޓަވަނީ
Raajje

ޝަހީމް އަލުން އިމާމްވެ ނަމާދު ކުރައްވަން ފައްޓަވަނީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަލުން އިމާމްވެ ނަމާދު ކުރައްވަން ފައްޓަވަން ނިންމަވައިފިއެވެ. ޝަހީމް މިދިޔަ މަހުގެ ތެރޭގައި އިމާމްވެ ނަމާދު ކުރެއްވުން މެދުކަނޑާލެއްވީ ގިނައިރު ކޮޅަށް ނުހުރެވޭތީ އަވަސް އޮޕަރޭޝަނެއް ކުރަން ޖެހިގެންނެވެ. އިސްލާމިކް މިނިސްޓްރީން “އެކްސް” ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޝަހީމް މިރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރައްވާނެ ކަމަށެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިރޭ […]

ގިނައިރު ކޮޅަށް ނުހުރެވޭތީ ޝަހީމް އިމާމުވެ ތަރާވީހް ކުރެއްވުން މެދުކަނޑާލައްވައިފި
Raajje

ގިނައިރު ކޮޅަށް ނުހުރެވޭތީ ޝަހީމް އިމާމުވެ ތަރާވީހް ކުރެއްވުން މެދުކަނޑާލައްވައިފި

ގިނައިރު ކޮޅަށް ހުރުމަށް ދަތިވާތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ތަރާވީހު ނަމާދުކުރުން މިރެއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައްވައިފިއެވެ. ރޯދަ މަސް ފެށުނީއްސުރެ ޝަހީމް އިމާމުވެ ތަރާވީހް ނަމާދު ކުރައްވަމުން ގެންދެވީ ހުޅުމާލޭ ރަޝީދު މިސްކިތުގައެވެ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެގައި ވިދާޅުވީ ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން، ޑޮކްޓަރުންގެ ލަފާމަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލައްވަން ނިންމަވާފައިވާ ކަ...

އީދު ނަމާދު ފަށާވަގުތު އަވަސްކުރަން މަޝްވަރާ ކުރަނީ
Raajje

އީދު ނަމާދު ފަށާވަގުތު އަވަސްކުރަން މަޝްވަރާ ކުރަނީ

އީދު ނަމާދުގެ ޖަމާއަތް ފެށޭގަޑި އަވަސްކުރުމާއި މެދު މަޝްވަރާ ކުރަމުން އަންނަ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިކަން ހާމަކުރައްވާފައި ވަނީ މިއަދު ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ފޭސްބުކްގައި ކުރައްވާފައިވާ އެ ޕޯސްޓްގައި ވަނީ “އީދު ނަމާދު ޖަމާއަތް ފެށޭ ގަޑި އަވަސް ކުރުމާއިމެދު މިދަނީ މަޝްވަރާ ކުރަމުން” މިހެންނެވެ. ދިވެހި ރާއްޖޭގައި އަޟްހާ އީދުނަމާދާއި ފިތުރު އީދު ނަމާދުވެސް މިހާރު ފަށާ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައި […]

ފަލަސްތީނުގެ ހާލަތު ގޯސްވާނަމަ، ގުނޫތު އިއާދަވާނެ: ޝަހީމް
Raajje

ފަލަސްތީނުގެ ހާލަތު ގޯސްވާނަމަ، ގުނޫތު އިއާދަވާނެ: ޝަހީމް

މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ގުނޫތު ކިއުން ހުއްޓާލި ކަމުގައި ވިޔަސް، ފަލަސްތީނުގެ ހާލަތު ގޯސްވާ ނަމަ، އަލުން ގުނޫތު އިއާދަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަމާބެހޭ އިދާރާތަކަށް އިއްޔެ ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ، މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ގުނޫތުލް ނާޒިލާ ކިޔުން ވަގުތީގޮތުން ހުއްޓާލުމަށް މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަންގައިދިނުމަށް އެދޭ ކަމަށެވެ. ގުނޫތު...

އެމްޑީޕީން ހަދަނީ ދޮގު، ހަގީގަތް ނުބަލާ އަބުރަށް އަރައިގަތުމަކީ ނާތަހުޒީބު ޢަމަލެއް: ޝަހީމް
Raajje

އެމްޑީޕީން ހަދަނީ ދޮގު، ހަގީގަތް ނުބަލާ އަބުރަށް އަރައިގަތުމަކީ ނާތަހުޒީބު ޢަމަލެއް: ޝަހީމް

އެއްވެސް ކަމެއްގައި އަމިއްލަ މަސްލަހަތު އިސްކޮށް، ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައި ނުވާނެކަމަށާއި، އޭނާ އާއި ގުޅުވައިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ދެއްކީ ހަގީގަތާއި ޚިލާފް ވާހަކައެއްކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒުގެ މެނިފެސްޓޯ ތާރީޚްތަކަށް ތަންފީޒުކުރުމުގެ މަސައްކަތުގައާއި، އި އިސްލާމީކަންތައްތަކާބެހޭ ވުޒާރާއާއި މަތިކޮށްފައިވާ މަސްޢޫލިއްޔަތައް އަދާކުރެއްވުމުގައި އަވަދިނެތި އުޅުއްވަނިކޮށ...

އިސްލާމިކް މިނިސްޓަރުކަމަށް ޝަހީމް ޢައްޔަނުކުރައްވައިފި
Raajje

އިސްލާމިކް މިނިސްޓަރުކަމަށް ޝަހީމް ޢައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަލުން ޢައްޔަނު ކުރައްވައިފިއެވެ. އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން އެ ވުޒާރާގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވާގޮތުގައި، އެ ވުޒާރާގެ ވަޒީރުކަމަށް ރައީސް މުޢިއްޒު ވަނީ ޝަހީމް ޢައްޔަނު ކުރައްވާފައެވެ. ޝަހީމް އަލުން އެމަގާމަށް ޢައްޔަނުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުން މިއަދު ޝަހީމަށް ރުހުން ނުދިނުމުންނެވެ. ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ޝަ...

އަމިއްލަ ޚަރަދުގައި ހުޅުމާލޭގައި ދެ މިސްކިތެއް އަޅަން ހަވާލުވެއްޖެ
Raajje

އަމިއްލަ ޚަރަދުގައި ހުޅުމާލޭގައި ދެ މިސްކިތެއް އަޅަން ހަވާލުވެއްޖެ

އަމިއްލަ ޚަރަދުގައި ހުޅުމާލޭގައި ދެ މިސްކިތެއް އަޅަން ދެ ފަރާތަކާއި އިއްޔެ ހަވާލުކޮށްފި އެވެ. އިސްލާމީ މަރުކަޒު ހޯލުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މި މިސްކިތްތައް އަޅަން ހަވާލުކޮށްފައި ވަނީ އަލީމް ފައުންޑޭޝަނާއި، ލީޒާ މޯލްޑިވްސް އާ އެވެ. މި ދެ ފަރާތުން ވެސް އެ ހުޅުމާލޭގައި މި ދެ މިސްކިތް ބިނާކޮށްދޭނީ އެ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައެވެ. މީގެ އިތުރުން އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން އިއްޔެ ވަނީ މާލޭގެ ޒިކުރާ މިސްކިތް އަލުން ބިނާކުރުމަށް އެސްޖ...