Skip to main content
Topic Archive

#ސްރީލަންކާ

86 Stories filed
ޗައިނާއިން ލަންކާގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ތައްޔާރު: ރިޕޯޓު
International

ޗައިނާއިން ލަންކާގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ތައްޔާރު: ރިޕޯޓު

ޗައިނާއިން ސްރީލަންކާ އަށް 10 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ގެންދަން ތައްޔާރަށް އޮތްކަމަށް ލަންކާގެ ނޫހަކުން ރިޕޯޓުކޮށްފިއެވެ. ލަންކާގެ ”ޑެއިލީ މިރަރ” އިން އެ ނޫހަށް ލިބިފައިވާ މަޢުލޫމާތާއި ހަވާލާދީ ބުނެފައި ވަނީ ލަންކާގެ ރައީސް އަނުރާ ކުމާރަ ދިސަނާޔަކޭގެ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން، ސްރީލަންކާއަށް ގާތްގަނޑަކަށް 10 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ޗައިނާގެ ކުންފުނިތަކުން ގެނައުމުގެ ފުރުޞަތު ވަނީ ލިބިގެން ގޮސްފައެވެ. ލަންކާގެ ރައީސް ދިސަނާޔަކޭ، ޗަ...

ލަންކާ މަޖިލިސް ރައީސްގެ ތައުލީމީ ފެންވަރާމެދު ސުވާލު އުފެދުމުން އިސްތިއުފާ ދީފި
International

ލަންކާ މަޖިލިސް ރައީސްގެ ތައުލީމީ ފެންވަރާމެދު ސުވާލު އުފެދުމުން އިސްތިއުފާ ދީފި

ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަޝޯކާ ރަންވަލަގެ ޕީއެޗްޑީ ފާހުގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމުން އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާގެ ތަޢުލީމީ ސަނަދުތަކާ ގުޅޭގޮތުން ފަހަކަށްއައިސް އުފެދިފައިވާ ސުވާލުތަކާ ގުޅިގެން މި ނިންމުން ނިންމެވި ކަމަށް އަޝޯކާ ރަންވަލަ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. އޭނާގެ ތަޢުލީމީ ފެންވަރާ ގުޅޭގޮތުން އެއްވެސް ދޮގު ބަޔާނެއް ދެއްވާފައި ނުވާ ކަމަށް އަޝޯކާ ރަންވަލަ ވަނީ ބަޔާނުގައި ފާހަގަކުރައްވާފައެވެ. ނަމަވެސް، އޭނާގެ ތަޢުލީމީ ސަނަދުތައ...

ލަންކާގެ މަޖިލިސް އުވާލައިފި
International

ލަންކާގެ މަޖިލިސް އުވާލައިފި

އަވަށްޓެރި ސްރީ ލަންކާގެ އައު ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައްވައިފިއެވެ. އެކަން ލަންކާގެ ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. އެ އޮފީހުން ބުނިގޮގުތުގައި މިރޭ މެންދަމު 12 އިން ފެށިގެން މަޖިލިސް އުވޭ ގޮތަށް ކަނޑައަޅުއްވައި އެކަމުގެ ލިޔުމުގައި ރައީސް އަނޫރާ ވަނީ ސޮއިކުރައްވައިފަ އެވެ. ލަންކާގެ ޤާނޫނު ހަދާ މަޖިލީސް އުވާލިއިރު، އައު މަޖިލިސް އަށް މެންބަރުން އިންތިޚާބު ކުރުމަށް އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ހުޅުވާލަން […]

ލަންކާގެ ސިޔާސީ ބާރުވެރިކަން ފުރޮޅި އަނޫރާ އަށް ބޮޑު ކާމިޔާބެއް
International

ލަންކާގެ ސިޔާސީ ބާރުވެރިކަން ފުރޮޅި އަނޫރާ އަށް ބޮޑު ކާމިޔާބެއް

އަވަށްޓެރި ސްރީ ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ކުޑަ ޕާޓީއެއްގެ ލީޑަރެއްކަމަށްވާ އަނޫރާ ކުމާރަ ޑިސެނަޔަކަ ކާމިޔާބު ކުރަށްވައިފިއެވެ. ސްރީލަންކާގެ އިލެކްޝަން ކޮމިޝަނުން ވަނީ މިރޭ ރާއްޖެ ގަޑިން 8:20 ހާއިރު، އިންތިޚާބު ކާމިޔާބުވީ އަނޫރާއަށް ކަން ޢިއުލާންކޮށްފައެވެ. ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު ފުރަތަމަ ގުނިއިރު، އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ނުލިބުނެވެ. ނަމަވެސް އަނޫރާ ވަނީ 42 އިންސައްތަ ހޯއްދަވައި ޒަމާނުއްސުރެ އެ ޤައުމުގައި ސިޔާސީ […]

ލަންކާ އިންތިޚާބުގައި ސިޔާސީ ބޮޑުން ފަހަތަށްޖައްސައި އަނޫރާ ކުރީގައި
International

ލަންކާ އިންތިޚާބުގައި ސިޔާސީ ބޮޑުން ފަހަތަށްޖައްސައި އަނޫރާ ކުރީގައި

އަވަށްޓެރި ސްރީ ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި، އެ ޤައުމުގެ ސިޔާސީ ބޮޑެތި ޕާޓީތަކުގެ މައްޗަށް ކުޑަ ޕާޓީއެއްގެ ލީޑަރެއްކަމަށްވާ އަނޫރާ ކުމާރަ ޑިސެނަޔަކަ ކުރި ހޯއްދަވައިފި އެވެ. ލަންކާގައި އިއްޔެ އޮތް ރިޔާސީ އިންތިޚާބުގައި 17 މިލިއަންނަށް މީހުން ވޯޓު ލުމުގެ ހައްގު ލިބުނުއިރު، މިއަދު ހެނދުނު 8:00 އާއި ހަމައަށް ސާފުވި ނަތީޖާއިން ކުރީގައި އޮތީ ލަންކާގެ ކުޑަކުޑަ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕެރެމޫނާ (ޖޭވީޕީ)ގެ، އޭޑީއޭގެ ގޮތުގައި މަޝްހޫރުވެފައިވާ އަނޫރާ ކުމާރަ […]

ސްރީލަންކާއިން ހުށަހެޅި 2.9 ބިލިއަން ޑޮލަރުގެ އެއްބަސްވުމަށް އައިއެމްއެފުން ރުހުން ދީފި
International

ސްރީލަންކާއިން ހުށަހެޅި 2.9 ބިލިއަން ޑޮލަރުގެ އެއްބަސްވުމަށް އައިއެމްއެފުން ރުހުން ދީފި

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ސްރީލަންކާގެ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖްގެ ދެވަނަ ރިވިއުއަށް ފެހި ސިގްނަލް ދީފިއެވެ. މި އެޕްރޫވަލްގެ ސަބަބުން އިގްތިސާދީ ގޮތުން ވަރަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާ އެ ގައުމަށް ގާތްގަނޑަކަށް 336 މިލިއަން ޑޮލަރު އައިއެމްފް އިން އެގައުމަށް ދޫކުރާނެއެވެ. މިހާތަނަށް އައިއެމްއެފުން ޖުމްލަ އެއް ބިލިއަން ޑޮލަރުގެ އެހީ ސްރީލަންކާއަށް ވަނީ ލިބިފައެވެ. ސްރީލަންކާގެ އިގްތިސާދު ރަނގަޅުވާނެ ކަމުގެ ނިޝާންތައް ފެންނަމުންދާކަމަށް އައިއެމްއެފު...

ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެއާ ލަންކާ އާއި ދެމެދު އެއްބަސްވުމެއް
Raajje

ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެއާ ލަންކާ އާއި ދެމެދު އެއްބަސްވުމެއް

ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެއާ ލަންކާ އާއި ދެމެދު ޓްރީޓީއެއްގައި ސޮއިކުރަން ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެއްވުމަށް ހުށައެޅުއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެއާ ލަންކާ އާއި ދެމެދު ސޮއިކުރަން ނިންމާފައިވާ އެއްބަސްވުން (ޓްރީޓީ) އަކީ، “ޓްރީޓީ ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އ...

އެއާ އެންބިއުލާންސްގައި ލަންކާއަށް ބަލިމީހުން އުފުލުމަށް ބޮޑު ލުޔެއް ދީފި
Raajje

އެއާ އެންބިއުލާންސްގައި ލަންކާއަށް ބަލިމީހުން އުފުލުމަށް ބޮޑު ލުޔެއް ދީފި

މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރު ގައުމުތަކަށް ބަލިމީހުން އުފުލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ސްރީލަންކާއަށް އެއަރ އެންބިއުލާންސް އޮޕަރޭޓްކުރުމަށް ހޯދަންޖެހޭ ހުއްދަ ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކޮށްފިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، އެކަމަށް ހޭދަވާ ވަގުތު ކުޑަކުރަން ހަމަޖެހުނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިދިޔަ ޖެނުއަރީ މަހުގެ 29 އިން 30 އަށް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއެކު ކުރެއްވި...

ރައީސް ޑރ. މުޢިއްޒު، ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި
Raajje

ރައީސް ޑރ. މުޢިއްޒު، ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަވަށްޓެރި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ. ރޭ ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދިޔަ މި ބައްދަލުވުމާގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. ސްރީލަންކާގެ ރައީސް ރާއްޖެއަށް...

ރައީސް ޞާލިޙް، ލަންކާގެ ރައީސް ރަނިލް އާ ބައްދަލުކުރައްވައިފި
Raajje

ރައީސް ޞާލިޙް، ލަންކާގެ ރައީސް ރަނިލް އާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އަވަށްޓެރި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާ ބައްދަލުކުރައްވައިފިއެވެ. މިރޭ ރައީސް އޮފީހުގައި ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙާއި ރައީސް ވިކްރަމަސިންހަ ވަނީ ސްރީލަންކާގެ މިހާރުގެ ޙާލަތާއި، ދާދިފަހުން ސްރީލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން ޤައުމު މަޑުމަޑުން އަރައިގަންނަމުންދާ ގޮތާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައިކަމަށް ރައީސް އޮފީހުން މައުލޫމާތު ހާމަކުރައްވައެވެ. މީގެ އިތުރުން ސްރީލަންކާގެ އިޤ...

ލަގެޖުން ހަތިޔާރެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިގެން ލަންކާގައި ދިވެއްސަކު ހައްޔަރުކޮށްފި
News

ލަގެޖުން ހަތިޔާރެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިގެން ލަންކާގައި ދިވެއްސަކު ހައްޔަރުކޮށްފި

ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އިން ފުރަން ގޮސް ހުރި ދިވެއްސެއްގެ ލަގެޖުން ހަތިޔާރެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިގެން އޭނާ ހައްޔަރުކޮށްފިއެވެ. ލަންކާގެ ބައެއް ނޫސްތަކުގައި ލަންކާގެ ފުލުހުންނާއި ހަވާލާދީ ބުނެފައިވާ ގޮތުގައި ލަންކާއިން މާލެ އަންނަން ފުރަން ގޮސް ހުރި ދިވެއްސެއްގެ ލަގެޖު ޗެކު ކުރުމުގެ ތެރޭގައި ހަތިޔާރެއް ކަމަށް ބެލެވޭ އާލާތެއް ވަނީ ފެނިފައެވެ. އެހެންވެ އެމީހާ ހައްޔަރުކޮށްފައިވާ ކަމަށް ނޫސްތަކުގައި ބުނެފަވެއެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ހާމައެއް ނު...

ރާއްޖެ - ލަންކާ ޖޮއިންޓް ކޮމިޝަނުގެ 4 ވަނަ ސެޝަން މާދަމާ ފަށަނީ
Raajje

ރާއްޖެ - ލަންކާ ޖޮއިންޓް ކޮމިޝަނުގެ 4 ވަނަ ސެޝަން މާދަމާ ފަށަނީ

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ބާއްވާ “މޯލްޑިވްސް – ސްރީލަންކާ ޖޮއިންޓް ކޮމިޝަން”ގެ 4 ވަނަ ސެޝަން މާދަމާ ފެށުމަށް ނިންމައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ މި ސެޝަން ކުރިއަށްދާނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި މި ޖޫން މަހުގެ 6 އަދި 7 ގައި ކަމަށެވެ. މިޖޮއިންޓް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު އާއި ސްރީލަންކާގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލަންސީ އެމް.ޔޫ.އެމް. އަލީ […]

ފާޑުކިޔުން އަމާޒުވުމުން ލަންކާގެ ޓޫރިޒަމް މިނިސްޓަރު މާފަށް އެދިވަޑައިގެންފި
Raajje

ފާޑުކިޔުން އަމާޒުވުމުން ލަންކާގެ ޓޫރިޒަމް މިނިސްޓަރު މާފަށް އެދިވަޑައިގެންފި

ރާއްޖެއަކީ “ފޫހި މަންޒިލެއް” ކަމަށް ވިދާޅުވެ، ލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ، ވާހަކަ ދެއްކެވުން ފާޑުކިޔުންތައް އަމާޒު ވުމުން އެންމެފަހުން އޭނާ ރާއްޖޭގެ ކިބައިން މައާފަށް އެދިއްޖެއެވެ. އޭނާ މައާފަށް އެދުނީ ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭގޮތުން އައިޓީބީ ބާލިން ފެއާރގައި ދައްކަވާފައިވާ ވާހަކަތަކަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ވަގުތެއްގައެވެ. އެ ފެއާރގައި ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ވާހަކަދައްކަމުން ފެނާންޑޯ ވަނީ ރާއްޖޭގައި އޮންނަނީ ހަމައެކަނި ބީޗެއް ކަމަށް ވިދާޅުވެ، ރ...

ހަސަދަވެރިވެ ސުވާލު އުފެދޭނަމަ ލޯގަނޑާ ސުވާލުކުރައްވާ: މައުސޫމް
Raajje

ހަސަދަވެރިވެ ސުވާލު އުފެދޭނަމަ ލޯގަނޑާ ސުވާލުކުރައްވާ: މައުސޫމް

ހަސަދަވެރިވެ ސުވާލު އުފެދޭނަމަ ލޯގަނޑާ ސުވާލުކުރެއްވުމަށް އެދިވަޑައިގެން ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ހައިރަން ފެނާންޑޯ އަށް ރާއްޖޭގެ ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ރައްދު ދެއްވައިފިއެވެ. ‘އައިޓީބީ ބާލިން 2023’ ގައި ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ވާހަކަދައްކަމުން އެ ގައުމުގެ މިނިސްޓަރު ފެނާންޑޯ ވަނީ ރާއްޖޭގައި އޮންނަނީ ހަމައެކަނި ބީޗެއް ކަމަށް ވިދާޅުވެ، ރާއްޖެއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. “ރާއްޖޭގައި ކުރާނެ އިތުރު ކަމެއް ނޯންނާނެ. އެތަނުގައި ފަސް ދުވަހަށް މަޑުކ...

''ރާއްޖެއަކީ އަބަދުވެސް ލަންކާގެ އެންމެ ގާތް ރަހުމަތްތެރިޔާ''
Raajje

''ރާއްޖެއަކީ އަބަދުވެސް ލަންކާގެ އެންމެ ގާތް ރަހުމަތްތެރިޔާ''

ރާއްޖެއަކީ އަބަދުވެސް ސްރީލަންކާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. އެ މެސެޖުގައި ވިދާޅުވެފައިވަނީ ލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ. “ރާއްޖެއަކީ އަބަދުވެސް ސްރީލަންކާގެ އެންމެ ގާތް ރަހުމަތްތެރިޔާ، ކުރިއަށްއޮތް...