Skip to main content
Topic Archive

#ސަރުކާރު

42 Stories filed
އެމްޑީޕީ މެމްބަރުންގެ ވޯޓުން ރައީސް ވަކި ކުރެވޭ އިސްލާހު ބާތިލްކުރަން ސަރުކާރުން ސުޕްރީމް ކޯޓަށް
Raajje

އެމްޑީޕީ މެމްބަރުންގެ ވޯޓުން ރައީސް ވަކި ކުރެވޭ އިސްލާހު ބާތިލްކުރަން ސަރުކާރުން ސުޕްރީމް ކޯޓަށް

އެމްޑީޕީގެ މެމްބަރުން ވޯޓުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކި ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ. ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ. އާ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަންނަވަން […]

ތޯރިގް، އަމީން، ނަސީރު، މާރިޔާ، މުއްތޮލިބު، ރަމީލާ، ވަހީދު އަދި އާދަމް ޝަރީފަށް ވެސް ރުހުންދިން
Parliament

ތޯރިގް، އަމީން، ނަސީރު، މާރިޔާ، މުއްތޮލިބު، ރަމީލާ، ވަހީދު އަދި އާދަމް ޝަރީފަށް ވެސް ރުހުންދިން

އިތުރު އަށް ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މި ބޭފުޅުންނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ. މިގޮތުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވަޒީރު ތޯރިގު އިބްރާހިމް އަށް ރުހުން އޮތްކަމަށް ފާސްވީ 69 ވޯޓުންނެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުހަންމަދު އަމީނަށް ރުހުން އޮތްކަމަށް ފާސްވީ 67 ވޯޓުންނެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް […]

އުޝާމް، ޝަހީމް އަދި ހައިދަރަށް ރުހުން ނުދޭން ފާސްކޮށްފި
Parliament

އުޝާމް، ޝަހީމް އަދި ހައިދަރަށް ރުހުން ނުދޭން ފާސްކޮށްފި

ބަންޑާރަނައިބުގެ އިތުރުން ދެ ވަޒީރަކަށް ރުހުން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ. މިގޮތުން ބަންޑާރަނައިބު އަހްމަދު އުޝާމަށް ރުހުން ނެތްކަމަށް 4 މެންބަރަކު ވޯޓު ދެއްވިއިރު، ރުހުން އޮތްކަމަށް ވޯޓު ދެއްވީ 24 މެންބަރެކެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސައީދު އަށް ރުހުން އޮތްކަމަށް 31 ވޯޓު ބޭނުންވާއިރު، ރުހުން އޮތްކަމަށް ވޯޓު ދެއްވީ 30 މެންބަރުންނެވެ. ދެކޮޅަށް […]

ޝަފީޤު، ޝަފީޢު، ޚަލީލު، ސައީދު، ޝިޔާމް، ފައިސަލް، އައިޝަތު ޝިހާމް އަދި ރާފިއު އަށް ރުހުން ދީފި
Parliament

ޝަފީޤު، ޝަފީޢު، ޚަލީލު، ސައީދު، ޝިޔާމް، ފައިސަލް، އައިޝަތު ޝިހާމް އަދި ރާފިއު އަށް ރުހުން ދީފި

އިތުރު އަށް ވަޒީރަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މި ބޭފުޅުންނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައެވެ. މިގޮތުން މާލީ ވަޒީރު މުހަންމަދު ޝަފީގަށް ރުހުން އޮތްކަމަށް 70 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި ތައުލީމާބެހޭ ވަޒީރު އިސްމާޢީލް ޝަފީޢު އަށް ރުހުން ލިބުނީ 55 ވޯޓުންނެވެ. ޝަފީޢުއަށް ރުހުން ނުދޭން 9 މެންބަރަކު ވޯޓު ދެއްވިއެވެ. ސިއްހަތާބެހޭ ވަޒީރު ޢަބުދުﷲ ޚަލީލަށް 69 ވޯޓާއެކު ރުހުން އޮތްކަމަށް ފާސްވިއިރު، […]

ރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ހިދުމަތް ފަށަނީ
Business

ރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ހިދުމަތް ފަށަނީ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ތައާރަފުކުރުމަށް ނިންމައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޒިމް ވިދާޅުވީ، އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާފައިވާކަމަށެވެ. މިގޮތަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ކަރުދާހާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުއެވެ. 

ނާޒިމް ވިދާޅުވީ މެޑިކަލް އަދި ސާޗް އެންޑް ރެސްކިއުގެ އިތުރުން އާންމު ދަތުރުތަކަށް ހެލިކޮ...

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި
Raajje

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފި

މިއަދު ފާހަގަކުރާ އަވަށްޓެރި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން ސަރުކާރުން ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމަށްވާ އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހެވެ. މިއަދުގެ މުނާސަބާގައި ރައީސް މުޢިއްޒު ވަނީ ވަކިވަކިން ފޮނުއްވި މެސެޖުތައް މެދުވެރިކޮށް އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދ...

ކަނޑުގެ ބައި ހޯދަން ލަފާ ހޯދުމަށް މުނައްވަރުގެ އިތުރުން ބޭރުގެ ދެ ޤާނޫނީ މާހިރުން ހަމަޖައްސައިފި
Raajje

ކަނޑުގެ ބައި ހޯދަން ލަފާ ހޯދުމަށް މުނައްވަރުގެ އިތުރުން ބޭރުގެ ދެ ޤާނޫނީ މާހިރުން ހަމަޖައްސައިފި

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައި ރާއްޖެއިން ގެއްލުނު ކަނޑުގެބައި ހޯދަން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކަމަށް ބޭނުންވާ ޤާނޫނީ ލަފާ ހޯދުމަށް ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު މުޙައްމަދު މުނައްވަރުގެ އިތުރުން ބޭރުގެ ދެ ޤާނޫނީ މާހިރުން ހަމަޖައްސައިފިއެވެ. އެ މަސައްކަތުގެ އަދާހަމަކުރަމުން އެޓާނީ ޖެނެރަލްގެ (އޭޖީ) އޮފީހުން މިއަދު ބުނީ، ދިވެހިރާއްޖެއާ ދެކޮޅަށް [...

15 މާރިޗްގެ ކުރިން އިންޑިޔާގެ ސިފައިން ގެންދަން އެދިއްޖެ
Raajje

15 މާރިޗްގެ ކުރިން އިންޑިޔާގެ ސިފައިން ގެންދަން އެދިއްޖެ

އަންނަ މާރިޗް މަހުގެ 15ގެ ކުރިން ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން އަނބުރާ އެ ޤައުމަށް ގެންގޮސް ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރުގައި އެދިއްޖެއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި...

އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ބައްދަލުވުމުގައި ރާއްޖެ ބައިވެރިނުވޭ!
Raajje

އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ބައްދަލުވުމުގައި ރާއްޖެ ބައިވެރިނުވޭ!

އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މުހިންމު ބައްދަލުވުމެއް ކަމަށްވާ “ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް” ގެ ހަ ވަނަ ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިނުވާ ކަން އެނގިއްޖެއެވެ. ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީލަންކާގެ މަންދޫބުން ހިމެނިވަޑައިގަންނަވާ ގޮތަށް ފެށި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި ލަންކާ އަދި އިންޑިއާގެ އިތުރުން މޮރިޝަސް ވެސް ހިމެނެއެވެ. ހަވަނަ ބައ...

ސަރުކާރުން ތިން ކައުންސިލެއް އެކުލަވައިލައިފި
Raajje

ސަރުކާރުން ތިން ކައުންސިލެއް އެކުލަވައިލައިފި

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް، ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރުމަށް ތިން ކައުންސިލެއް މިއަދު އެކުލަވާލައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި ސަރުކާރުން މިއަދު އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ ތިން ކައުންސިލަކީ، ސޯޝަލް ކައުންސިލާއި، އިކޮނޮމިކް ކައުންސިލާއި، ވިޒިޓަރ އިކޮނޮމިކް ކައުންސިލެވެ. މިކައުންސިލުތަކުގެ ތެރެއިން މުޅިން އަލަށް އެކުލަވާލެއްވި ވިޒިޓަރ އިކޮނޮމިކް ކައުންސިލު ޗެއާ ކުރައްވާނީ ސީދާ ރައީސް، ޑރ. މުޙައްމަދު މުޢިއްޒެވެ. ސޯޝަލް ކައުންސިލް ޗެއާ ކުރައްވަނީ ނައިބ...

ރާއްޖޭގައި އިންޑިއާގެ 77 ސިފައިން، 100 އަށް ވުރެ ގިނަ އެއްބަސްވުން
Raajje

ރާއްޖޭގައި އިންޑިއާގެ 77 ސިފައިން، 100 އަށް ވުރެ ގިނަ އެއްބަސްވުން

އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ޢަބުދުﷲ ޚަލީލް ވިދާޅުވީ، އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ. ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ތަފުސީލު ހާމަކުރައްވަމުން އޭނާ ވިދާޅުވީ، އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ފުރަތަމަ ހެލިކޮޕްތަރު ބަލަހައްޓަނ...

އެއްބަސްވުންތައް ހާމަކުރުމަށް ދިރާސާ ކުރަނީ
Raajje

އެއްބަސްވުންތައް ހާމަކުރުމަށް ދިރާސާ ކުރަނީ

ނިމިދިޔަ ސަރުކާރުން އެހެން ޤައުމުތަކާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް އެ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާސަތަށް ނުރައްކާވާގޮތައް ހުރި މާއްދާތައް ދިރާސާކުރަމުން އަންނަ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. މިފަދަ އެއްބަސްވުންތައް ހާމަކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކެމްޕޭންގައި ވެވަޑައިގެންފާ ވަޢުދުފުޅެކެވެ. މި ފަދަ އެއްބަސްވުންތައް ހާމަކުރާނީ ކޮން އިރަކުންތޯ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއ...

މުޢިއްޒު ރައީސް ކަމުގެ ހުވާކުރައްވައި އައު ސަރުކާރުގެ ދައުރު ފެށިއްޖެ
Raajje

މުޢިއްޒު ރައީސް ކަމުގެ ހުވާކުރައްވައި އައު ސަރުކާރުގެ ދައުރު ފެށިއްޖެ

ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ. މުޢިއްޒު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާފައި ވަނީ، މިކަމަށް މާލޭގެ ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ބާވީސް ވަނަ ޖަލްސާގައެވެ. ޑރ. މުޢިއްޒަށް ރައީސުލްޖުމްޙޫރިއްޔާ ކަމުގެ ހުވާ ލައިދެއްވާފައި ވަނީ ރާއްޖޭގެ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނެވެ. ޑރ. މުހަންމަދު މުއިއްޒު އަކީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރީ ވެރިކަ...

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭގޮތް ހަދައިފި
Raajje

ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާ ނަމަ ހާޒިރީ އެލަވަންސް ލިބޭގޮތް ހަދައިފި

ރަސްމީ ބަންދު ދުވަހު މަސަައްކަތްކޮށްފިނަމަ، ހާޟިރީ އެލަވަންސް ލިބޭގޮތް ހަދައިފިއެވެ. މި ބަދަލު ގެނައީ މިނިސްޓްރީ އޮފް ފިނޭންސް އިން އާންމުކޮށްފައިވާ ދައުލަތުގެ ޕޭ ފްރޭމްވޯކްގެ އިސްލާހުގައެވެ. އެގޮތުން ސިވިލް ސާވަންޓުން ރަސްމީ މަސައްކަތު ދުވަހުގެ އިތުރުން، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަހު ޑިއުޓީ އުސޫލުން މަސައްކަތް ކުރާނަމަ، ހާޟިރީ އެލަވަންސް ދޭންޖެހޭ ގޮތަށް މިހާރުވަނީ ޕްރޭމްވޯކް ގައި ހިމަނާފައެވެ. އެހެން ނަމަވެސް، އިސްލާހުގައިވާ ގޮތުގައި، ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި...

ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ރައީސް ގޮވާލައްވައިފި
Raajje

ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ރައީސް ގޮވާލައްވައިފި

ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް، އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ހިންގާ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް، އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކާއި ލާއިންސާނީ އެންމެހައި ޢަމަލުތައް ތަޙުޤީޤުކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށް، އެންމެހައި ދިވެހިންގެ ނަމުގައި ބައިނަލްއަޤުވާމީ މުޖްތަމަޢަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ގޮވާލައްވައިފިއެވެ. ރައީސް މިގޮތައް ގޮވައިލެއްވީ ރާއްޖެ އިސްލ...