ސައޫދީގެ އިރުމަތި-ހުޅަނގު ތެޔޮ ހޮޅިއަށް ދިން ހަމަލާތަކަކާ ގުޅިގެން އެ ހޮޅިން ތެޔޮ ފޮނުވުން މެދުކަނޑާލައިފި
ސައޫދީ އަރަބިއްޔާގެ ރިޔާޟް އަދި މަދީނާ ސަރަހައްދުން ދަތުރުކުރާ އެ ގައުމުގެ ސްޓްރެޓީޖިކް “އީސްޓް-ވެސްޓް” (އިރުމަތި-ހުޅަނގު) ތެޔޮ ހޮޅިއަށް ދިން އެކި ހަމަލާތަކަކާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ހޮޅިން ތެޔޮ ފޮނުވުން މެދުކަނޑާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ގައުމުގެ އެނާޖީ މިނިސްޓްރީން ހުކުރު ދުވަހުއެވެ. އެނާޖީ މިނިސްޓްރީގެ ރަސްމީ މަސްދަރަކާ ހަވާލާދީ ބުނެފައިވަނީ، މި ހަމަލާތައް ދީފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އެކި ވަރުގެ...