ގޮއިދޫ ކައުންސިލުން އެދުނީ، އެ ރަށާއި ކައިރިން ރިސޯޓެއް ތަރައްޤީކުރުމަށް
ށ. ގޮއިދޫ ކައިރިން ރިސޯޓެއް ތަރައްޤީކޮށްދެއްވުން އެދި މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަށް ދަންނަވައިފި އެވެ. އެކައުންސިލުން މިގޮތައް އެދިފައިވަނީ މިއަދު މެންދުރުފަހު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ގޮއިދޫ ކައުންސިލަރުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ ކަންތައްތައް ރައީސް އާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން ރަށުގެ ޒުވާނުންގެ 70 އިންސ...