ގެސްޓްހައުސްތައް ހުޅުވަން ކައުންސިލުގެ ހުއްދަ ބޭނުން ނުވާ ގޮތަށް އުސޫލަށް ބަދަލެއް
ކޯވިޑާއި ގުޅިގެން ބަންދުކުރި ސިޓީތަކާއި، ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް އަލުން ހުޅުވާލަން ހުއްދަ ދިނުމުގައި ކައުންސިލްތަކުގެ އާނބަސް ބޭނުންވާގޮތަށް ކުރިން އޮތް އުސޫލަށް ބަދަލުގެނެސް، ގެސްޓްހައުސްތައް ހުޅުވަން ކައުންސިލުގެ ހުއްދަ ބޭނުން ނުވާ ގޮތަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހަމަޖައްސައިފިއެވެ. ޓޫރިޒަމް މިނިސްޓްރީއިން އަލަށް މިގެނައި ބަދަލުގެ ދަށުން، އެ އުސޫލަށް އަމަލު ކުރަން ނިންމާފަިއވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ކުރިން އަމަލު ކުރަމުންއައިގޮތް ބަދަލުކޮށް...