އިދިކޮޅު ފިކުރުގެ ރައްޔިތުންވެސް ދެ އިންތިހާބުގެ ރެފަރެންޑަމްއަށް ތާއީދުކުރޭ: ރާފިއު
އެމްޑީޕީން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އިދިކޮޅު ފިކުރުގެ ރައްޔިތުންވެސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ މައްސަލައިގައި ކޮންގްރެސް ޕާޓީއާ ހިޔާލު އެއްގޮތް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ. ކޮންގްރެސް ޕާޓީގެ ދޮރުން ދޮރަށް ހަރަކާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދޭ ދިވެހީންގެ ރާއްޖެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ މައި ދެ އިންތިހާބަކީ ދައުލަތުގެ ފައިސާ ވަ...