ތިލަދުންމަތީގެ ފަޚުރު: ޝަހީދު ޙުސައިން އާދަމް
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ފަތިސް ދިވެހިންނާ ބައްދަލުކުރީ، ހިތައްވެސް ގެނެވިފައިނުވާ ނާންމާކަމާއި ބިރުވެރިކަން ކުރިމަތި ކުރުވަމުންނެވެ. މި ލޮބުވެތި ދިވެހި ވަޠަނަށް، ދިވެހި ލެޔަށް ކުލުނެއްނެތް، ”ހިތެއް” ނެތް އަމިއްލަ އެދުމުން ފޯވެފައި ތިބި ދިވެހިންގެ ޚާއިނުންގެ ބަޔަކު ސްރީލަންކާގެ ތަމަޅައިންގެ ނިރުބަވެރިންގެ ޖަމާޢަތަކާއި ގުޅިގެން ދިވެހިރާއްޖެ ހިފައި، މިނިވަންކަމަށް އަރައިގަންނަން ރޭވި ރޭވުމުގެ ދަށުން ރާއްޖޭގެ ވެރިރަށް މާލެ އަރައި ހަނގުރާމަފެށީ އެ ފަތިހުއެވެ. މުޅިޤައުމަށް...