ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދިނުމަށް ބާއްވާ ޖަލްސާ އަންނަ ފެބުރުއަރީމަހު
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން މިއަހަރު އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބާއްވަވާ ޖަލްސާ، އަންނަ އަހަރުގެ ފެބުރުވަރީމަހު ބާއްވަވާގޮތަށް ހަމަޖައްސައިފިއެވެ. މި ޖަލްސާ ބާއްވަވާގޮތަށް ކުރިން ނިންމާފައި ވަނީ، މި ޑިސެންބަރު މަހުގެ ތެރޭގައެވެ. ނަމަވެސް މިހާރު މަޖަލްސާ ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ރޭ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާ...