ދަރިފުޅުގެ ހިތުގައި ޤުރްއާނަށް ލޯބި ޖައްސާނީ ކިހިނެތް؟ (4)
9. ޤުރްއާނުގައިވާ އަޚްލާޤީ ރިވެތި ސިފަތަކުގެ ވާހަކަތައް އުނގެނި، ކުދިންނަށް ކިޔައިދޭށެވެ. އިސްލާމީ އަޚްލާޤުގެ އުސޫލުތައް ނެގިފައިވަނީވެސް ކީރިތި ޤުރްއާނުންނެވެ. ހަމައެހެންމެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޚުލުޤުފުޅާ ބެހޭގޮތުން ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ސުވާލު ދެންނެވުމުން އެކަމަނާގެ ޖަވާބަކަށްވެސް ވީ: ((كَانَ خُلُقُهُ الْقُرْآنَ)) އެވެ. މާނަ: ” އެކަލޭގެފާނުގެ ޚުލުޤުފުޅަކީ ޤުރްއާނެވެ. ” ޤުރްއާނުގައިވާ އާޔަތްތައް ކުދިންނަށް ކިޔައިދީ އެއާޔަތްތަކުން ލިބޭ އަޚްލާޤީ ފައިދާތައް ކުދިންނަށް ކިޔައިދިނ...