އިޒްރާއީލްގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް، ފަލަސްތީނުން އެހީތެރިވެއްޖެ
އިޒްރާއީލްގެ ޖެރުސެލަމްގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި، ފަލަސްތީނުން އެހީތެރިކަން ފޯރުކޮށްދީފި އެވެ. ޖެރުސެލަމްގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓުރޯލް ކުރެވިފައިވަނީ 3 ދުވަސްވަންދެން އިސްރާއީލް ސިފައިންނާއި ފަޔާފައިޓަރުން ކުރި މަސައްކަތުންނެވެ. ފަލަސްތީނުންވަނީ ފަޔާފައިޓަރުންގެ 4 ޓީމެއް އަލިފާން ނިއްވުމުގައި އެސަރަޚައްދުގައި ހަރަކާތްތެރިވެފަ އެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިއީ އެސަރަހައްދުގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. އެސަރަހައްދުގެ ފަރުބަދަތަކާއ...