Skip to main content
Topic Archive

#ފަތުރުވެރިކަން

198 Stories filed
ފަތުރުވެރިކަމުގެ އާ ރެކޯޑެއް، އެއް ދުވަސް ތެރޭ 10,213 ފަތުރުވެރިން
Raajje

ފަތުރުވެރިކަމުގެ އާ ރެކޯޑެއް، އެއް ދުވަސް ތެރޭ 10,213 ފަތުރުވެރިން

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 1 ފެބްރުއަރީ 2026 ވީ އާދީއްތަ ދުވަހު ރާއްޖެއަށް ވަނީ ޖުމްލަ 10,253 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މީގެ ކުރިން ރާއްޖޭގައި ގާއިމުކޮށްފައިވާ އެއް ދުވަހުގެ އެންމެ ގިނަ ފަތުރުވެރިންގެ ރެކޯޑު މުގުރާލި ފަހަރުކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ. މީގެ ކުރިން މި ރެކ...

ކާށިދޫ ފަޅުގައި އާއި ފަރުމުލި ފަޅުގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި
Raajje

ކާށިދޫ ފަޅުގައި އާއި ފަރުމުލި ފަޅުގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި

ކ. ކާށިދޫ ފަޅުން ބައެއްގައި އާއި ނ. އަތޮޅު ފަރުމުލި ފަޅުގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މިއީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ދޫކުރާ ދެ ސަރަހައްދެކެވެ. މި އިޢުލާނުގައިވާ ގޮތުން، ކ. ކާށިދޫ ފަޅުގެ ސަރަހައްދުން 115.21 ހެކްޓަރު ކަނޑައަޅާފައިވަނީ 10 ހެކްޓަރުގެ ރަށެއް ހިއްކުމަށެވެ. އަދި ނ. އަތޮޅު ފަރުމުލި...

ފުނަދޫގައި ވެސް ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް
Thiladhunmathi News

ފުނަދޫގައި ވެސް ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް

ށ. ފުނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރި އިޢުލާނުގައި ބުނެފައިވަނީ، ފުނަދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 3 ހެކްޓަރުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. މި މަޝްރޫޢަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އ...

ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގަން އަލުން ބީލަމަށް
Thiladhunmathi News

ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގަން އަލުން ބީލަމަށް

ހއ. ބާރަށު ޓޫރިޒަމް ޒޯނުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އަލުން އިޢުލާންކޮށްފިއެވެ. މިއީ މި މަޝްރޫޢު ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމަށް އެ ވުޒާރާއިން އިޢުލާންކުރި ހަތަރު ވަނަ ފަހަރެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢަށް ކަނޑައަޅާފައިވަނީ ބާރަށުން 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) އަކަމީޓަރުގެ ބިމެކެވެ. މި ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރ...

ރާއްޖެއަށް ފުރަތަމަ ތިން ހަފުތާގައި 149,447 ފަތުރުވެރިން، ހަނިމާދޫ މަގުން 428 ފަތުރުވެރިން
Raajje

ރާއްޖެއަށް ފުރަތަމަ ތިން ހަފުތާގައި 149,447 ފަތުރުވެރިން، ހަނިމާދޫ މަގުން 428 ފަތުރުވެރިން

އަހަރުގެ ފުރަތަމަ ތިން ހަފުތާގައި ރާއްޖެއަށް ޖުމްލަ 149,447 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަހަރުގެ ފުރަތަމަ ތިން ހަފުތާގައި ރާއްޖެއަށް ޖުމްލަ 149,447 ފަތުރުވެރިން ޒިޔާރާތްކޮށްފައިވައިވުމުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތް އިންސައްތައިގެ ކުރިއެރުމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7,117 ފަތުރުވެރިން ރާއްޖެ އާދެއެވެ. ރާއްޖެއަށް އައި ފަތުރުވ...

އިނގިރޭސި ދެ ފަތުރުވެރިންގެ މަރުގައި ތުހުމަތުކުރެވޭފަދަ ކަމެއް ނެތް: ފުލުހުން
Raajje

އިނގިރޭސި ދެ ފަތުރުވެރިންގެ މަރުގައި ތުހުމަތުކުރެވޭފަދަ ކަމެއް ނެތް: ފުލުހުން

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައި އިނގިރޭސިވިލާތަށް ނިސްބަތްވާ ދެ ފަތުރުވެރިން ރާއްޖޭގައި މަރުވެފައިވާއިރު، އެ ދެމަފިރިންގެ މަރުގައި ތުހުމަތުކުރެވޭފަދަ އެއްވެސް ކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި، އއ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އުމުރުން 70 އަހަރުގެ އެލައިނީ ރިޗްމޮންޑް ނިޔާވީ 2025 ޑިސެމްބަރު 19 ވަނަ ދުވަހުއެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ފިރިމީހާއާއެކު ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހ...

ގެސްޓްހައުސް ޓޫރިޒަމް އިތުރަށް ހަރުދަނާކުރުމަށް މައުލޫމާތުއެއްކުރުމަށް ސާވޭއެއް ފަށައިފި
Raajje

ގެސްޓްހައުސް ޓޫރިޒަމް އިތުރަށް ހަރުދަނާކުރުމަށް މައުލޫމާތުއެއްކުރުމަށް ސާވޭއެއް ފަށައިފި

ރާއްޖޭގެ ކޮމިއުނިޓީ ބެސްޑް ޓޫރިޒަމް (ގެސްޓްހައުސް ޓޫރިޒަމް) އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމުގެ މަޤްޞަދުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ ފުޅާ ދާއިރާއެއްގައި ސަރވޭއެއް ފަށައިފިއެވެ. މި ސަރވޭއަކީ ގެސްޓްހައުސް ދާއިރާގެ ކުރިމަގަށް ބޭނުންވާ މުހިއްމު މައުލޫމާތުތައް އެއްކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ފަތުރުވެރިކަމާއި ވުޒާރާއިން ބުނިގޮތުގައި މި ސަރވޭގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަށް އެހ...

ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް، ހޫނު މަރުހަބާއެއް
Raajje

ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއް، ހޫނު މަރުހަބާއެއް

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ބެތަނީ ސޭރާ ކެރްސްވެލް އެވެ. އޭނާ ރާއްޖެއައީ ފުރަތަމަ ފަހަރަށް ފިރިމީހާއާއެކު ހަނީމޫނަށެވެ. މި ލަޤަބު ލިބުމުން އުފާފާޅުކޮށް، ބެތަނީ ސޭރާ ވަނީ ދިވެހިންގެ ހިތްހެޔޮކަން ފާހަގަކޮށްފައެވެ. ދެ މިލިއަން ވަނަ ފަތުރުވެރިތާ އަށް މަރުޙަބާ ކިޔުމަށް ކުލަ ގަދަ ހަރަކާތްތަކެއް ބާއްވާފައިވާއިރު، މި ފަތުރުވެެރ...

ނޮޅިވަރަންފަރުން ފަތުރުވެރިކަމަށް 12 ބިމެއް ބީލަމަށް
Raajje

ނޮޅިވަރަންފަރުން ފަތުރުވެރިކަމަށް 12 ބިމެއް ބީލަމަށް

ހދ. ނޮޅިވަރަންފަރުން ފަތުރުވެރިކަމަށް 12 ބިމެއް ދޫކުރުމަށް އެރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ. މި ބިންތައް ދޫކުރުމަށް ނޮޅިވަރަންފަރު ކައުންސިލުންކޮށްފައިވާ ޢިއުލާންގައި ބުނެފައި ވަނީ އެ ބިންތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ނޮވެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް (ޓީމްސް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 25 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެ ކައުންސިލަށް ނުވަތަ މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އ...

ހަލާލް ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިސޯޓް ހަދަން ބޮޑު ތިލަދުންމަތީގެ 4 ތަނެއް ބީލަމަށް
Raajje

ހަލާލް ޓޫރިޒަމް މޮޑެލްއަށް ޓޫރިސްޓް ރިސޯޓް ހަދަން ބޮޑު ތިލަދުންމަތީގެ 4 ތަނެއް ބީލަމަށް

ފަތުރުވެރިކަމުގެ ދާއިރާގައި ހަލާލު ޓޫރިޒަމްގެ މޮޑެލް ތައާރަފުކުރުމުގެ ގޮތުން، ބޮޑު ތިލަދުންމަތީގެ ހަތަރު ތަނެއް ހިމެނޭހެން ޖުމްލަ ފަސް ތަނެއްގައި ޓޫރިސްޓް ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މި ރަށްތަކުގައި ރިސޯޓު ތަރައްގީކުރާނީ އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަށެވެ. މި ބީލަމަށް ހުޅުވާލާފައިވާ ފަސް ތަނުގެ ތެރޭގައި ހިމެނެނީ ހއ. ބީނާފުށި (2.21 ހެކްޓަރުގެ ބިން، 100 އެނދު)، ހއ. ކަނޑާލިފިނޮޅު (5...

ބޮޑު ތިލަދުންމަތީގެ 13 ތަނެއްގައި ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލައިފި
Thiladhunmathi News

ބޮޑު ތިލަދުންމަތީގެ 13 ތަނެއްގައި ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލައިފި

ބޮޑު ތިލަދުންމަތީގެ 13 ތަނެއްގައި ފަތުރުވެރިކަމުގެ ރިސޯޓު ތަރައްގީކޮށް ހިންގަން ބީލަމަށް މިއަދު ހުޅުވާލައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން މި ބީލަމުގެ ފުރުސަތު ހުޅުވާލައި ކޮށްފައިވާ ޢިއުލާންގައިވާގޮތުން ހދ. އަތޮޅުގެ ފަސް ތަނަކާއި، ހއ. އަތޮޅުގެ ފަސްތަނަކާއި އަދި ށ.އަތޮޅުގެ ތިން ތަނެއްގައި ރިސޯޓު ހަދައި ހިންގަން ވަނީ ހުޅުވާލާފައެވެ. އެއީ، ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށާއި، ހއ. މާދުނީގެ ފަރުގައި ތިން ރިސޯޓު ތަރައްގީ ކުރުމަށާއި، ހދ. މަކުނުދޫގެ ފަރުގައި ދެ […]

ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ރަސްމީކޮށް ނެރެފި
Raajje

ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026 ރަސްމީކޮށް ނެރެފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި، ‘ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ގައިޑް 2026’ ރަސްމީކޮށް ނެރެފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި ގައިޑަކީ ދުނިޔޭގެ ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ނެރެފައިވާ މުހިންމު ވަސީލަތެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ދުނިޔޭގެ މާކެޓުތަކުގައި އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ގޮތުގައި އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. މި ގައިޑު ނެރުމުގެ ރަސްމިއ...

އައްޑޫގައި 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢެއް ލަހެއްނުވެ ފެށޭނެ: ރައީސް
Raajje

އައްޑޫގައި 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢެއް ލަހެއްނުވެ ފެށޭނެ: ރައީސް

އައްޑޫގެ ތަރައްޤީއަށް އަމާޒުކޮށް، 1000 އެނދުގެ ބޮޑު އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢެއް މާލަހެއް ނުވެ ފެށޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރޭ ދެއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ސަރަޙައްދުގެ ތަރައްޤީއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، އައްޑޫގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ހަންކެޑެ މަޝްރޫޢުގައި ހުރި ހުރަސްތައް މިހާރު ނައްތާލެވިފައިވާ ކަމަށާއި، އެ މަޝްރޫ...

ޝަންގްރިއްލާ މިއަހަރުގެ ފަހުކޮޅު ހުޅުވަނީ
Raajje

ޝަންގްރިއްލާ މިއަހަރުގެ ފަހުކޮޅު ހުޅުވަނީ

އައްޑޫ ސިޓީގައި ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ޝަންގްރިއްލާ ރިސޯޓް މިއަހަރުގެ ފަހުކޮޅު ހުޅުވޭނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރޭ ދެއްވައިފިއެވެ. އެމަނިކުފާނު މި ފަދައިން ވިދާޅުވީ، އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ސަރަޙައްދުގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް އެއް ފެންވަރެއްގައި ޚިދުމަތް ލިބެންޖެހޭ...

ޓޫރިޒަމް އެވޯޑްސްގެ ''ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް'' ރާއްޖެއަށް
Raajje

ޓޫރިޒަމް އެވޯޑްސްގެ ''ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް'' ރާއްޖެއަށް

ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025 ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. މި އެވޯޑް ދިވެހިރާއްޖެއަށް އަރުވާފައިވަނީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިއަދު ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ. ދިވެހިރާއްޖޭގެ ޗާލު ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި، ސާފު ރީތި މޫދާއި، ފަރުތަކުގެ ދިރުމުގެ މައްޗަށް ބަލައި ދީފައިވާ މި އެވޯޑާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އަދި ކުރީގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން އެވެ. “ރީޑިފައިނިންގ ޓުއަރިޒަމް އިން އަ ޗޭންޖިނ...