ފީވަކު ޞިއްޙީ މަރުކަޒަށް ބޮޑު ކުރިއެރުމެއް؛ އައު އިމާރާތާއެކު ޚިދުމަތް 24 ގަޑިއިރަށް ފުޅާކޮށްފި
ށ. ފީވަކު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ރަސްމީކޮށް ހުޅުވައި، އެ މަރުކަޒުން ދެމުން އައި ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ. ފީވަކު ޞިއްޙީ މަރުކަޒުގެ އައު އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ފީވަކުގައި މީގެ ކުރިން ޞިއްޙީ ޚިދުމަތް ދެމުން އައީ ދުވާލަކު 16 ގަޑިއިރުއެވެ. ނަމަވެސް، އަލަށް އިމާރާތްކުރި އެކްސްޓެންޝަން އިމާރާތް ބޭނުންކުރަން ފެށުމާއެކު، މަރުކަޒުގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި 24 ގަޑިއިރު ލިބޭނެ އ...