ޑްރޯން ހަމަލާއެއްގައި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެ
އިރާގުގެ އުރުބީލް ސަރަހައްދަށް ދިން ޑްރޯން ހަމަލާއެއްގައި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާކަން ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން 13 މާރިޗު 2026 ވީ ހުކުރު ދުވަހު ކަށަވަރުކޮށްދެއްވައިފިއެވެ. މިއީ މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާ، އިޒްރޭލު އަދި އީރާނުގެ މެދުގައި ފެށުނު ހަނގުރާމަ ވަރުގަދަވި ފަހުން، އެ ސަރަހައްދުގައި ފަރަންސޭސި ސިފައިންގެ މީހަކު މަރުވި ފުރަތަމަ ފަހަރެވެ. މަރުވި ސިފައިންގެ މީހަކީ “ސެވަންތް ބެޓޭލިއަން އޮފް ޗެސާސް އަލްޕިންސް” އަށް ނިސްބަތްވާ […]