ޣައްޒާގައި އިސްރާއީލުގެ އަނިޔާވެރިކަމަށް ހުއްޓުމެއްނެތް، މިއަދުވެސް އެތައް ބަޔަކު ޝަހީދުކޮށްލައިފި
އިސްރާއީލުގެ ހަމަލާތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި މިއަދު ވެސް ގިނަ އަދަދެއްގެ މީހުން ޝަހީދުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އިސްރާއީލުން ދަނީ އީރާނަށް ދެމުންދާ ހަމަލާތަކާއެކު، ޣައްޒާގެ ފަލަސްޠީނުގެ ރައްޔިތުންނަށް ވެސް އަނިޔާވެރިވަމުންނެވެ. މިއަދު ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުގެ ހަމަލާތަކުން ޝަހީދުވި މީހުންގެ އަދަދު 73 އަށް އަރާފައިވާ ކަމަށް މިހާތަނަށް ރިޕޯޓްތައް ބުނެއެވެ. ނުސައިރާތުގައި ހުންނަ އަލް-އައުދާ ހޮސްޕިޓަލުގެ ޞިއްޙީ މަޞްދަރަކާއި ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓ...