ކުޅުދުއްފުށީގެ މަޝްރޫޢުތައް ހަލުވިކޮށް ނިންމައިދީ ވަޢުދު ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވައިފި
ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ހަލުވި ސްޕީޑެއްގައި ކުރިއަށްގެންގޮސް، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ފަރުހަތު މުޙައްމަދު (ފަރޭ) ވިދާޅުވެއްޖެއެވެ. މެންބަރު ފަރުހަތު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، މި ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވީ 20 މޭ 2026 ވީ ބުދަ ދުވަހު އެމަނިކުފާނާއެކ...