Skip to main content
Topic Archive

#މަޖިލިސް

912 Stories filed
މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން ހާމަކުރަން މެޖޯރިޓީ މެމްބަރުން ބޭނުމެއް ނުވޭ!
Raajje

މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން ހާމަކުރަން މެޖޯރިޓީ މެމްބަރުން ބޭނުމެއް ނުވޭ!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފިރިންނާއި އަނބިދަރިންގެ މާލީ ބަޔާން އާންމުނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން އާންމު ކޮމެޓީއިން މަޖިލިސްގެ ޤަވާޢިދަށް ގެނައި އިސްލާހު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 19 ވަނަ މަޖިލީހުގެ ކުރިން ހިނގާ ދިޔަ ދައުރުތަކުގައި މެމްބަރުންގެ ފިރިންނާއި އަނބިދަރިންގެ މާލީ ބަޔާން އާންމު ކުރަން ޖެހޭ ގޮތަށް މަޖިލިސް ޤަވާޢިދަކު ނޯވެއެވެ. އެ ބައި މަޖިލިސް ޤަވާއިދުގައި ހިމެނީ ނަޒާހަތްތެރި މަޖިލިސްއެއްކަން ކަށަވަރުކޮށް...

ސީއެސްސީގެ ހަތަރު މެމްބަރުން ވަކިކުރަން ކޮމެޓީއިން ފާސްކޮށްފި
Raajje

ސީއެސްސީގެ ހަތަރު މެމްބަރުން ވަކިކުރަން ކޮމެޓީއިން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަމުން އެ ކޮމިޝަންގެ 4 މެމްބަރެއް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ. މިއަދުއޮތް ރައްޔިތުންގެ މަޖިލިސްގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަކި ކުރަން ނިންމި ސީއެސްސީގެ ހަތަރު މެމްބަރުންނަކީ އެ ކޮމިޝަންގެ ރައީސް އަލީ ޝަމީމް އާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި ޒަކަރިއްޔާ ހުސައިން އަދި އިބްރާހިމް ޝަހީގު އެވެ. ސީއެސްސީގައި ފަސް މެމްބަރުން ތިއްބަވާއިރު، ކޮމެޓީގެ ނިންމުމުން ސަލާމަތްވެ […]

ސަފާރީ ރޭޕް: ކުއްލި މައްސަލައެއް ހުށަހަޅައި، ބަލައިގަނެ ބަހުސް ފަށައިފި
Raajje

ސަފާރީ ރޭޕް: ކުއްލި މައްސަލައެއް ހުށަހަޅައި، ބަލައިގަނެ ބަހުސް ފަށައިފި

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ، ބަހުސް ފަށައިފިއެވެ. އެ ކުއްލި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެވެ. މި މައްސަލަ ބަލައިގެންފައިވަނީ ވޯޓްގައި ބައިވެރިވި 36 މެމްބަރުންގެ ވޯޓުންނެވެ. މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ހުށަހެޅުއްވި އެ ކުއްލި މައްސަލާގައި ބުނެފައިވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެ...

ކޮމިޓީން މިނިސްޓަރު އަސްލަމަށް ރުހުން ދޭން ފާސްކޮށްފި
Raajje

ކޮމިޓީން މިނިސްޓަރު އަސްލަމަށް ރުހުން ދޭން ފާސްކޮށްފި

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވި މިނިސްޓަރު މުހައްމަދު އަސްލަމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފިއެވެ. އަލަށް އުފެއްދެވި އެ މިނިސްޓްރީއަށް މިނިސްޓަރު އަސްލަމް އައްޔަނު ކުރަށްވައި، މަޖިލީހަށް ހުށަހެޅުއްވުމުން މިނިސްޓަރަށް ރުހުން ހޯދުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީއަށް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވ...

ސަފީރުން ކަނޑަައެޅުމަށް ފޮނުވި ނަންތައް ކޮމެޓީއަށް
Raajje

ސަފީރުން ކަނޑަައެޅުމަށް ފޮނުވި ނަންތައް ކޮމެޓީއަށް

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިސްއަށް ފޮނުއްވާފައިވާ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމާތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ. މިނަންތައް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވީ މިއަދު އޮތް މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައެވެ. މިމައްސަލައިގެ ދަށުން 5 ސަފީރެއް ކަނޑައެޅުމަށް ރައީސުލް ޖުމްހޫރިއްޔާވަނީ މަ...

ފުލުހުންގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި
Parliament

ފުލުހުންގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ފުލުހުންގެ ހިދުމަތުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ބިލަށް އެއްވެސް ހިޔާލެއް ހުށަހަޅުއްވަން ބޭނުންނަމަ މިމަހުގެ 30 ގެ ކުރިން ކޮމެޓީގެ އީމެއިލް committee@majlis.gov.mv އަށް ހުށަހަޅުއްވަން ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެވެ. ހިޔާލު ހޯދަން ހުޅުވާލިއިރު އެ ބިލާ […...

ކޯވިޑަށް ޕޮޒިޓިވްވި މުވައްޒަފާއި ގުޅިގެން މަޖިލިހީހުގެ 29 މުވައްޒަފަކު އެކަހެރި ކޮށްފި
Raajje

ކޯވިޑަށް ޕޮޒިޓިވްވި މުވައްޒަފާއި ގުޅިގެން މަޖިލިހީހުގެ 29 މުވައްޒަފަކު އެކަހެރި ކޮށްފި

ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފާއި، ގުޅިގެން މަޖިލީހުގެ 29 މުވައްޒަފަކު އެކަހެރިވާން އަންގާފައިވާނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އިއްޔެ އެވެ. ޕޮޒިޓިވް ވެފައިވަނީ މަޖިލީހުގެ މެއިންޓެނެންސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފަކެވެ. އެ މުވައްޒަފު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިނ...

ހައްލު އޮތީ "ބާ އިމްތިހާނުގެ މުޤައްރަރު" ޤާނޫނެއްގެ ގޮތުގައި ހަދާފައި ފޮނުވައިގެން: މަޖިލިސް ރައީސް
Raajje

ހައްލު އޮތީ "ބާ އިމްތިހާނުގެ މުޤައްރަރު" ޤާނޫނެއްގެ ގޮތުގައި ހަދާފައި ފޮނުވައިގެން: މަޖިލިސް ރައީސް

ހައްލު އޮތީ ބާ ކައުންސިލްގެ ޤާނޫނުގައި ބުނާ ބާ އިމްތިހާނުގެ މުޤައްރަރު، ޤާނޫނެއްގެ ގޮތުގައި މަޖިލީިހުން ހަދައި، އެ ކައުންސިލަށް ފޮނުވައިގެން ކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި، ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބ...

މިނިމަން ވޭޖަކީ އެމްޑީޕީގެ ވައުދެއް، ލަސްނުކޮށް ނިންމަން ޖެހޭ: މެމްބަރު ޖީހާން
Raajje

މިނިމަން ވޭޖަކީ އެމްޑީޕީގެ ވައުދެއް، ލަސްނުކޮށް ނިންމަން ޖެހޭ: މެމްބަރު ޖީހާން

މިނިމަން ވޭޖަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އިތުރަށް ލަސްނުކޮށް ނިންމަން ޖެހޭކަމަށް ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި، ވަޒީފާއާއި ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުގެ ބިލްގެ ބަހުސްގައި ވާހާކަ ދައްކަމުން މެމްބަރު ޖީހާން ވިދާޅުވީ “މިނިމަން ވޭޖް ކަނޑައެޅުމަކީ އެމްޑީޕީގެ ވައުދެއް. އެކަން އިތުރަށް ލަސްނުކޮށް މ...

މައިނޯރިޓީގެ އަޑު ނެތި މަޖިލީސް ހިންގަވާތީ ކަންބޮޑުވޭ: މެންބަރު ނާޒިމް
Raajje

މައިނޯރިޓީގެ އަޑު ނެތި މަޖިލީސް ހިންގަވާތީ ކަންބޮޑުވޭ: މެންބަރު ނާޒިމް

މައިނޯރިޓީގެ އަޑު ނެތި މަޖިލީސް ހިންގަވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ދަނގެތި ދާއިރާގެ މެންބަރު މުހަންމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މެންބަރު ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މައިނޯރިޓީގެ އަޑު ނެތި ރައްޔިތުންގެ މަޖިލީސް ހިންގަވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވުމަކީ ވަރަށް ބޮޑު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން އެ ޓުވީޓުގައި ވަނީ މައިނޯރިޓީއަށް އިޚްރާމްކޮށް، އެންމެންގެ ބައިވެރިވުން އޮންނަންވާނެ ކަމށް ވިދާޅުވެ، މަހާތުމާ ގާންދީ ވިދާޅުވެފައިވާ...

ކޯވިޑް-19 އާ ގުޅިގެން މަޖިލީހުން ދޭ ލަފާ ރައީސަށް އަރުވައިފި
Parliament

ކޯވިޑް-19 އާ ގުޅިގެން މަޖިލީހުން ދޭ ލަފާ ރައީސަށް އަރުވައިފި

ކޯވިޑް19 އާއި ގުޅިގެން ލިބިދާނެ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ރައްޔިތުން މަޖިލިހީހުގެ ކަމާގުޅޭ ކޮމެޓީތަކުން މަޝްވަރާކޮށް ދިރާސާކުރުމަށްފަހު، އެކަމާއި ގުޅިގެން މެމްބަރުންނަށް ފާހަގަކުރެވުނު ކަންތައް އެކުލަވާލައި ތައްޔާރުކުރި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙަށް މިއަދު އަރުއްވައިފިއެވެ. މިއަދު މެންދުރު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެ ރިޕ...

ގައިދުރުކަމަށް ނުބެއްލެވި މެމްބަރުން ކަރަންޓީނު ކުރުމަށް ގޮވާލައިފި
Raajje

ގައިދުރުކަމަށް ނުބެއްލެވި މެމްބަރުން ކަރަންޓީނު ކުރުމަށް ގޮވާލައިފި

ކައުންސިލްތަކުގެ ދައުރު ދަންމާލަން ޤާނޫނު އަސާސީ އިސްލާޙް ކުރުމަށް ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަޙުމަދު ހަލީމް ހުށަހެޅުއްވި ޤާނޫނު ނަމްބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހް ގެނައުމުގެ ޤާނޫނު) އަށް އިސްލާހް ގެނައުމުގެ ބިލު ފާސްކުރުމަށް ރޭ މެންދަމު 1:30 ގައި ބޭއްވި މަޖިލިސް ޖަލްސާގައި އެޗްޕީއޭގެ އެންގުމާއި، މަޖިލިސްއިން ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް ގައިދުރުކަމަށް ނުބެއްލެވި މެމްބަރުން ކަރަންޓީނަށް ގެންދަން ފެންނަކަމަށް ބުނެ ބައެއް މީހ...

މަޖިލީހުގެ ގައިދުރުކަން ގެއްލިއްޖެ
Raajje

މަޖިލީހުގެ ގައިދުރުކަން ގެއްލިއްޖެ

މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރުމަށް މިރޭ މެންދަމު 1:30 ގައި ބާއްވަމުންދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި މެމްބަރުންގެ ގައިދުރުކަން ގެއްލިިއްޖެއެވެ. އެހެން ދިމާވީ ޖަލްސާ ފެށުމާއިއެކު އިދިކޮޅު ބައެއް މެމްބަރުން ތެދުވެވަޑައިގެން މަޖިލިސް ތަޅުން ހަލަބޮލި ކުރުމަށް މަސައްކަތް ކުރުމުންނެވެ. އިދިކޮޅު މެމްބަރުން ތަޅުމުގައި ހަލަބޮލިކަން އުފެއްދީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ލަ...

ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް މިރޭ މެންދަމު
Raajje

ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް މިރޭ މެންދަމު

މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއް މިރޭ މެންދަމު 1:30 ގައި ބޭއްވުމަށް މަޖިލީހުން ނިންމައިފިއެވެ. ޤާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށް ހުށަހަޅާފައިވާ، ޤާނޫނު ނަމްބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހް ގެނައުމުގެ ޤާނޫނު) އަށް އިސްލާހް ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީއިން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓް އެޖެންޑާގައި ހިމަނާފައ...

ސްޕްރީމް ކޯޓުގެ ލަފައަކަށް އެދެން ފާސްކޮށްފި
Raajje

ސްޕްރީމް ކޯޓުގެ ލަފައަކަށް އެދެން ފާސްކޮށްފި

މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ހުށަހެޅި ޤަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަށް ހުށަހަޅާފައިވާ ގަރާރު ފާސްކުރީ މިރޭގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ ވޯޓުންނެވެ. ގަރާރާ ދެކޮޅަށް ވޯޓުދެއްވީ...