ނުޙައްޤު މުއްސަނދިކަން ހުއްޓުވޭނީ އެ އަމަލު ހިންގާ މީހާ ހުރި މަޤާމުން ވަގުތުން ވަކިކޮށްގެން: ޝިފާޢު
ނުޙައްޤު މުއްސަނދިކަން ހުއްޓުވޭނީ އެ އަމަލުކުރާ މީހުންގެ މައްސަލަ ފެންމަތިވާ ހިސާބުން ވަގުތުން ވަގުތަށް އެ ކަންކަން ކުރާމީހުން ތިބި މަޤާމުތަކުން އެކަހެރިކުރެވި، ލަސްނުކޮށް އަދަބުދެވިގެން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާއު މިހެން ވިދާޅުވީ އިއްޔެ އޮތް މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް...