Skip to main content
Topic Archive

#މަޖިލިސް

912 Stories filed
ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭގޮތަށް ދެވަނަ ފަހަރަށް ހުށަހެޅުމުން ވެސް މަޖިލީހުން "ނޫނެކޭ" ބުނެފި
Parliament

ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭގޮތަށް ދެވަނަ ފަހަރަށް ހުށަހެޅުމުން ވެސް މަޖިލީހުން "ނޫނެކޭ" ބުނެފި

ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭގޮތަށް ގާނޫނު އިސްލާހުކުރުމަށް ދެވަނަ ފަހަރަށް ހުށަހެޅުމުން ވެސް ރައްޔިތުންގެ މަޖިލީހުން “ނޫނެކޭ” ބުނެފި އެވެ. ގަރާޖު ސިޓީ އަކީ އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، އެ އުޅަނދު ބާއްވާނެ ގަރާޖެއް އޮތްކަން އެންގުމަށް ހުށަހަޅަން ޖެހޭ ލިޔުމެކެވެ. ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅުއްވީ ކުރިން ވެސް މި އިސްލާހު ހުށަހެޅުއްވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު [...

މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް މީހަކު ހޯދަން ޢިއުލާންކޮށްފި
Raajje

މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް މީހަކު ހޯދަން ޢިއުލާންކޮށްފި

ރައްޔިތުންގެ މަޖިލިސްގެ ހުސްވެފައިވާ ސާޖެންޓް އެޓް އާމްސްގެ މަޤާމަށް މީހަކު ހޯދަން އެ އިދާރާއިން ޢިއުލާންކޮށްފިއެވެ. ރައްޔިތުންގެ މަޖިލިސްގެ ސާޖެންޓް އެޓް އާމްސްގެ މަޤާމް ހުސްވީ، އެ މަޤާމްގައި ކުރިން ހުންނެވި މުހައްމަދު ހަލީމް، 24 އޯގަސްޓް 2022 ގައި މަޤާމުން ވަކިކުރުމުންނެވެ. އޭނާ އެ މަޤާމަށް ހަމަޖައްސާފައި ވަނީ އޮކްޓޫބަރު 31، 2013 ގައެވެ. އޭނާ މަޤާމުން ވަކިކުރީ ދޮޅު އަހަރެއްހާ ދުވަހު ސަސްޕެންޝަންގައި ބެހެއްޓުމަށްފަހުއެވެ. މަޖިލިސް އިދާރާގެ އޮނިގަނޑު ރާވާފައިވާ ގޮތުން ސާޖެންޓް އެޓް […]

މަޖިލިސް މެންބަރުންގެ ވަޓްސްއަޕް ގްރޫޕުން މޮސްޓާ ބޭރުކޮށްފައިވާތީ ރާޢީ ކަންބޮޑުވުން ފާޅުކުރައްވައިފި
Thiladhunmathi News

މަޖިލިސް މެންބަރުންގެ ވަޓްސްއަޕް ގްރޫޕުން މޮސްޓާ ބޭރުކޮށްފައިވާތީ ރާޢީ ކަންބޮޑުވުން ފާޅުކުރައްވައިފި

ރައްޔިތުންގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ބޭރުކޮށްފައިވާތީ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ރާޢީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕުން މޮސްޓާ ބޭރުކުރީ އޭނާ ދެއްކެވި ވާހަކައަކާއި ގުޅިގެން އިދާރީ ފިޔަވަޅެއް ގޮތުން ކަމަށް ބުނެ ކަމަށެވެ. އޭގެ ފަހުން މޮސްޓާ ދެއްކެވި ޒާތުގެ އެތައް ވާހަކައެއް ބައެއް މެންބަރުން އެ ގްރޫޕްގައި ދައްކަވަ...

ސަރުކާރު ޖަވާބުދާރީ ކުރުވަން ދެން މާބޮޑު މަސައްކަތެއް ނުކުރެވޭނެ: އާދަމް ޝަރީފް
Parliament

ސަރުކާރު ޖަވާބުދާރީ ކުރުވަން ދެން މާބޮޑު މަސައްކަތެއް ނުކުރެވޭނެ: އާދަމް ޝަރީފް

ސަރުކާރު ޖަވާބުދާރީ ކުރުވަން ދެން ރައްޔިތުންގެ މަޖިލީހަށް މާބޮޑު މަސައްކަތެއް ކުރެވިދާނެކަމަށް ގަބޫލުފުޅު ނުކުރަށްވާ ކަމަށް އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. ކުރިން ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ތިން ވަނަ ދައުރަކަށް ހުޅުވުމަށް އިއްޔެ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އާ ދައުރަކަށް ހުޅުވިގެން ދިޔަ ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރ...

ތިން ޤައުމަކަށް ސަފީރުން އައްޔަނުކުރަން ރުހުން ދީފި
Raajje

ތިން ޤައުމަކަށް ސަފީރުން އައްޔަނުކުރަން ރުހުން ދީފި

ރާއްޖެ އިން ތިން ޤައުމަކަށް އަލަށް ކަނޑައަޅާ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. އެ ތިން ޤައުމަކީ އިންޑިއާ، މެލޭޝިއާ އަދި އެމެރިކާ އެވެ. އެ ޤައުމުތަކަށް ސަފީރުން އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ، ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ދިރާސާކުރި ގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅުމުގައި ވަނީ ބަހުސް ކުރުން ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު ވޯޓުގެ ގަޑީގައި ވަނީ ރާއްޖެ އިން އެ ތިން ޤައުމަށް […]

މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ
Thiladhunmathi News

މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ނިންމައިފިއެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހު ދައުރުތައް ބެހިގެން ވަނީ ތިން ދައުރަކަށެވެ. މިގޮތުން މާދަމާ ފެށޭ ދައުރަކީ މިއަހަރުގެ ތިން ވަނަ ދައުރެވެ. މާދަމާގެ ޖަލްސާ އެޖެންޑާ މިހާރު މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާއިރު، އެޖެންޑާގައިވާ ގޮތުން މާދަމާ ފުރަތަމަ އޮންނާނީ ވަޒީރާ ސުވާލުކުރުމުގެ ބަ...

މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ހެއްކާބެހޭ ބިލު ފާސްކޮށްފި
Raajje

މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ހެއްކާބެހޭ ބިލު ފާސްކޮށްފި

ނޫސްވެރިންނަށް މައުލޫމާތު ލިބުނު މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ސަރުކާރުން ހުށަހަޅާފައިވާ ހެއްކާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ސަރުކާރު ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހެޅި އެ ބިލުގައި ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ލިބެ އެވެ. އެގޮތުން ނޫސްވެރިންގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ލިބިދެނީ ޓެރަރިޒަމް އާއި ޤައުމީ ސަލާމަތާއި ގުޅުންހުރި މައްސަލަތަކުގަ އެވެ. އެ ބިލު ހުށަހެޅީއްސުރެ ނޫސްވ...

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ހާއްސަ އިނާޔަތްތަކެއް
Parliament

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ހާއްސަ އިނާޔަތްތަކެއް

މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރުމަށާއި ކްރިމިނަލް ކޯޓުގައި ނުނިމިހުރި މައްސަލަތައް ނިންމަން ގާޒީން އިތުރަށް ނިކުންނަ ދުވަސްތަކަށް އެލަވަންސެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ. ގިނަ އަހަރުތަކެއް ވަންދެން މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށްފައި ނުވާތީވެ، އެ ބޭފުޅުންގެ މުސާރަ ބޮޑުކުރަން މަޖިލީހަށް ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަރާތުންނެވެ. ޖޭއެސްސީ) އިން ހުށަހަޅާފައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން މެޖިސްޓްރޭޓުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރު...

ކުމުންދޫގައި އަޅާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ބީލަމަށް ހުޅުވާލަނީ
Thiladhunmathi News

ކުމުންދޫގައި އަޅާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ބީލަމަށް ހުޅުވާލަނީ

ހދ. ކުމުންދޫގައި މި ސަރުކާރުން ގާއިމު ކުރަން ނިންމާފައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ބީލަމަށް ހުޅުވާލެވޭނެ ކަމަށް މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވަނީ ކުމުންދޫގައި މި ސަރުކާރުން ގާއިމު ކުރަން ނިންމާފައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފެ...

ރަސޫލާއަށް ފުރައްސާރަކުރުމުން ހުށަހެޅި މައްސަލަ ބަލައިގަންނަން ލިބުނީ 10 ވޯޓު، މައްސަލަ ބޭރު
Parliament

ރަސޫލާއަށް ފުރައްސާރަކުރުމުން ހުށަހެޅި މައްސަލަ ބަލައިގަންނަން ލިބުނީ 10 ވޯޓު، މައްސަލަ ބޭރު

ކީރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކޮށް އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ދެއްކި ވާހަކަތައް ކުށްވެރިކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ. ކުއްލި މައްސަލަ ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން އެ މައްސަލަ...

"ކައުންސިލްތަކުގެ އަތް ބަނދެގެން" އުޅުއްވަނީ ޕްލޭނިން މިނިސްޓަރު: ޝިޔާމް
Parliament

"ކައުންސިލްތަކުގެ އަތް ބަނދެގެން" އުޅުއްވަނީ ޕްލޭނިން މިނިސްޓަރު: ޝިޔާމް

ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވެގެން، ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް އުޅުއްވަނީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ތާށިކޮށްގެން “ކައުންސިލްތަކުގެ އަތް ބަނދެގެން” ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝިޔާމް މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހުށަހަޅުއްވާފައިވާ، “ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު...

ސްކޫލް ދައުރުންފެށިގެން ކުނި މެނޭޖްކުރުމަށް ދަރިވަރުން އަހުލުވެރިކުރުވަންޖެހޭ: ޔާސިރު
Parliament

ސްކޫލް ދައުރުންފެށިގެން ކުނި މެނޭޖްކުރުމަށް ދަރިވަރުން އަހުލުވެރިކުރުވަންޖެހޭ: ޔާސިރު

ސްކޫލް ދައުރުންފެށިގެން ކުނި މެނޭޖްކުރުމަށް ދަރިވަރުން އަހުލުވެރިކުރުވަންޖެހޭކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ “ކުނި މެނޭޖު ކުރުމުގެ ބިލު”ގެ ބަހުސްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކާގައެވެ. ޔާސިރު ވިދާޅުވީ، ކުނީގެ ސަބަބުން ކުރާ އަސަރުގެ ވާހަކަ އެމްޑީޕީން އަދި ޚާއްޞަކޮށް މަޖިލީ...

މާލެ ސަރަހައްދުން ޓެކްސީގެ ހިދުމަތް ހޯދުމަށް ދަތިވާ މައްސަލާގައި ސުވާލުކޮށްފި
Parliament

މާލެ ސަރަހައްދުން ޓެކްސީގެ ހިދުމަތް ހޯދުމަށް ދަތިވާ މައްސަލާގައި ސުވާލުކޮށްފި

މާލެ ސަރަހައްދުން ޓެކްސީގެ ހިދުމަތް ހޯދުމަށް ދަތިވާ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާއާއި ސުވާލުކޮށްފިއެވެ. މި މައްސަލާގައި މިނިސްޓަރު ނަހުލާއާއި ސުވާލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕީޖީ ލީޑަރު ޢަބްދުﷲ ރިޔާޟް އެވެ. ރިޔާޟު ލިޔުމުން ޖަވާބު ހޯމަށް ކުރެއްވި އެ ސުވާލުގައި ވަނީ މާލެއާއި ހުޅުމާލެއިން ޓެކްސީގެ ހިދުމަތް ހޯދުމަށް ދަތިވެ އެެކަމުގެ ޝަކުވާތައް ލިބެމުންދާއިރު މި މައްސަލަ ހައްލުކުރުމަށް ނުވަތަ ދަތުރ...

ދެ ފަނޑިޔާރުންގެ މައްސަލާގައި މަޖިލީހާއި ޖޭއެސްސީ އަރައިރުމަކަށް
News

ދެ ފަނޑިޔާރުންގެ މައްސަލާގައި މަޖިލީހާއި ޖޭއެސްސީ އަރައިރުމަކަށް

ހައި ކޯޓުގެ ދެ ފަނޑިޔާރަކު ވަކިިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި މައްސަލާގައި އެ ކޮޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއާ ދެމެދު އަރައިރުމަކަށް ހިނގައްޖެ އެވެ. ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވީ ކުރީގެ ސަރުކާރުގައި ސަރުކާރުން ދޫކުރި ފްލެޓްތަކެއް އެ ބޭފުޅުން ގަބޫލު ކުރެއްވި ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެވެ. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) މުގަރިއްރުކަން ކުރައްވާ […]

މިއަދުވެސް މަޖިލިސް ޖަލްސާ ނިންމާލަން ޖެހުނީ ކުރާނެ އިތުރު މަސައްކަތެއް ނެތިގެން
Parliament

މިއަދުވެސް މަޖިލިސް ޖަލްސާ ނިންމާލަން ޖެހުނީ ކުރާނެ އިތުރު މަސައްކަތެއް ނެތިގެން

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ވެސް ކުރާނެ އިތުރު މަސައްކަތެއް ނެތުމުން މިއަދުގެ މަޖިލިސް ޖަލްސާ ވެސް ނިންމާލައިފިއެވެ. މިއަދުގެ މަޖިލިސް ޖަލްސާގެ އެޖެންޑާގައި އޮތީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު އާއި ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުމެވެ. އެ ސުވާލުތައް ކުރުމަށްފަހު މިއަދުގެ ޖަލްސާގައި ކުރާނެ އިތުރު މަސައްކަތެއް ނ...