Skip to main content
Topic Archive

#މަޖިލިސް

912 Stories filed
ވަޒީފާއިން މީހުން ވަކިކުރުމަކީ އެމްޑީޕީ އަށް ވެރިކަން ލިބުމުން ''ޖަހަންފެށި ސަކަރާތެއް'': ލަތީފް
Parliament

ވަޒީފާއިން މީހުން ވަކިކުރުމަކީ އެމްޑީޕީ އަށް ވެރިކަން ލިބުމުން ''ޖަހަންފެށި ސަކަރާތެއް'': ލަތީފް

ވަޒީފާއިން މީހުން ވަކިކުރުމަކީ އެމްޑީޕީ އަށް ވެރިކަން ލިބުމުން ޖަހަންފެށި ސަކަރާތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. ލަތީފް މިހެން ވިދާޅުވީ ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހެއްޅުވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. ލަތީފް ވިދާޅުވީ 2008 ވަނަ އަހަރު އާ ގާނޫނު އަސާސީއާއެކު އެމްޑީޕީ ވެރިކަމަށް އައުމަށްފަހު، ރަށްރަށުގެ އޮފީސްތަކުގައި ތިބި ކަތީބުންނާ...

ޕީއެންސީ/ޕީޕީއެމް ފިކުރަށް ލިބުނު ދައުރުގައި ގައުމަށް އައި އާރޯކަމާއި ތަރައްގީ ފެންނާނެ: މުހައްމަދު
Parliament

ޕީއެންސީ/ޕީޕީއެމް ފިކުރަށް ލިބުނު ދައުރުގައި ގައުމަށް އައި އާރޯކަމާއި ތަރައްގީ ފެންނާނެ: މުހައްމަދު

ޕީއެންސީ/ޕީޕީއެމް ފިކުރަށް ލިބުނު ވެރިކަމުގެ ދައުރުގެ ތެރޭގައި ދިވެހި ގައުމަށް އައި އާރޯކަމާއި ތަރައްގީ ރައްޔިތުންނަށް ފެންނަން އޮންނާނެ ކަމަށް ކޮންގްރެސް ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، ކުންފުނިތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް މުވައްޒަފުން ވެއްދުމުގެ ސަގ...

ހަނިމާދޫ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުން އެމްޓީސީސީއާ ހަވާލުކުރަނީ
Thiladhunmathi News

ހަނިމާދޫ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުން އެމްޓީސީސީއާ ހަވާލުކުރަނީ

ހދ. ހަނިމާދޫ ކުރީގެ ބަނދަރުގެ އެއްގަމު ތޮއްޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުުލްޣަފޫރު މޫސާ ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހަނިމާދޫ...

މަކުނުދޫ އެއާޕޯޓް ބިމުގެ ޝޯ ޕްރޮޓެކްޝަން މަސައްކަތުގެ ތެރެއިން ގެތަކަށް ގެއްލުންވާކަމުގެ ޝަކުވާލިބޭތީ އެކަން ބަލަނީ
Thiladhunmathi News

މަކުނުދޫ އެއާޕޯޓް ބިމުގެ ޝޯ ޕްރޮޓެކްޝަން މަސައްކަތުގެ ތެރެއިން ގެތަކަށް ގެއްލުންވާކަމުގެ ޝަކުވާލިބޭތީ އެކަން ބަލަނީ

ހދ. މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކުމަށްފަހު ކުރިއަށްގެންދާ ޝޯ ޕްރޮޓެކްޝަން މަސައްކަތުގެ ތެރެއިން އުފެދޭ ވައިބްރޭޝަންގެ ސަބަބުން ރަށުގެ ބައެއް ގެތަކަށް ގެއްލުންވާކަމުގެ ޝަކުވާ ލިބެމުންދާތީ، އެކަން ބެލުމަށްޓަކައި އެ މަސައްކަތް ވަގުތީގޮތުން މަޑުޖައްސާލައިފައިވާކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤް، މަކުނުދޫ އެއާޕޯޓުގެ މަސައ...

ރައްޔިތަކު ޚިދުމަތެއް ހޯދަން މާލެ އޮފީސް ކައިރިއަށް އައިސް ކޮޅަށް ހުރުމަކީ ރައީސް ޤަބޫލުފުޅުކުރައްވާ ކަމެއް ނޫން: އަލީ މޫސާ
Parliament

ރައްޔިތަކު ޚިދުމަތެއް ހޯދަން މާލެ އޮފީސް ކައިރިއަށް އައިސް ކޮޅަށް ހުރުމަކީ ރައީސް ޤަބޫލުފުޅުކުރައްވާ ކަމެއް ނޫން: އަލީ މޫސާ

ދިވެހި ކޮންމެ ރައްޔިތަކު ޚިދުމަތެއް ހޯދުމަށްޓަކައި މާލެ އައިސް، ސަރުކާރުގެ އޮފީސްތައް ކައިރީގައި ކިއޫގައި ކޮޅަށް ހުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަބޫލުފުޅުކުރައްވާ ކަމެއް ނޫން ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ވިދާޅުވެއްޖެއެވެ. މެންބަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ “މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން” ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. ޢަލީ މޫސާ ވިދާޅުވީ، ރާއްޖެ ޑިޖިޓަލް ޤައުމ...

ފަލާހް ބޮޑު ތުހުމަތެއް: ''19 ވަނަ މަޖިލީހުގެ އިންތިޚާބުގައި ވޯޓު އޮޅުވާލި''
Parliament

ފަލާހް ބޮޑު ތުހުމަތެއް: ''19 ވަނަ މަޖިލީހުގެ އިންތިޚާބުގައި ވޯޓު އޮޅުވާލި''

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭރު އޮތް އެމްޑީޕީގެ ސަރުކާރުގެ ނުފޫޒުން އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ވޯޓު އޮޅުވާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ތުހުމަތު ކުރައްވައިފިއެވެ. އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި، އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ފަލާހް ވި...

ފަސިންޖަރުންގެ އަދަދު މަދުވުމަކީ އެފިޝަންޓް އޮޕަރޭޝަނެއް ހިންގުމަށް އޮތް ބޮޑު ގޮންޖެހުމެއް: އަމީން
Parliament

ފަސިންޖަރުންގެ އަދަދު މަދުވުމަކީ އެފިޝަންޓް އޮޕަރޭޝަނެއް ހިންގުމަށް އޮތް ބޮޑު ގޮންޖެހުމެއް: އަމީން

ރާއްޖޭގައި ވައިގެ މަގުން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު މަދުވުމަކީ އެފިޝަންޓް އޮޕަރޭޝަނެއް ހިންގުމަށާއި ޓިކެޓްގެ އަގުތައް ދަށްކޮށް ހިފެހެއްޓުމަށް މާލީ ގޮތުން ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ރާއްޖޭގެ އެތެރޭގެ ޓިކެޓްގެ އަގު ހެޔޮކުރުމާ ގުޅޭގޮތުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމު...

އީސީގެ ރައީސަކަށް ޝަކީލް ޢައްޔަނުކުރުމަށް މަޖިލީހުން ރުހުންދީފި
Parliament

އީސީގެ ރައީސަކަށް ޝަކީލް ޢައްޔަނުކުރުމަށް މަޖިލީހުން ރުހުންދީފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމުގެ މަގާމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ޢައްޔަނުކުރުމަށް މަޖިލީހުން  މިއަދު ރުހުންދީފިއެވެ. ޝަކީލް އީސީގެ މެމްބަރުކަމަށް ޢައްޔަނުކުރުމަށް މަޖިލީހުން ފާސްކުރުމާއި ގުޅިގެން އޭނާ މަގާމުގެ ހުވާ ކުރެއްވީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. ލޯކަލް އިންތިޚާބަށްފަހު ކުއްލި ގޮތަކަށް އެއިރު އީސީގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާދެއްވުމުން އީސީގެ ރައީސްކަމުގެ މަގާމު އޮތީ ހުސްކޮށެވެ. އީސީގެ ޤާނޫނ...

ޝަކީލް އީސީއަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި
Parliament

ޝަކީލް އީސީއަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިވަގުތު ހުންނެވި މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމުން، ޝަކީލް އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވާފައިވެއެވެ. އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ ހަތް މެންބަރުންނެވެ. އިލެކްޝަންސް ކޮމިޝަންގެ […]

ޕްރޮކިއުމަންޓް ނިޒާމުގައި އިންސާނުންގެ ދައުރު މަދުކުރުމުން ވައްކަން ވެސް މަދުވާނެ: ޝުޖާޢު
Parliament

ޕްރޮކިއުމަންޓް ނިޒާމުގައި އިންސާނުންގެ ދައުރު މަދުކުރުމުން ވައްކަން ވެސް މަދުވާނެ: ޝުޖާޢު

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ ތެރޭގައި އިންސާނުންގެ ދައުރު މިހާރަށްވުރެ މަދުކުރުމުން، ކޮރަޕްޝަނާއި ވައްކަމުގެ ފުރުޞަތުތައް ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ “މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން” ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވ...

ސޯބެ ހިތަދޫ އުތުރު މެމްބަރުކަމުގެ ހުވާކުރަށްވައިފި
Parliament

ސޯބެ ހިތަދޫ އުތުރު މެމްބަރުކަމުގެ ހުވާކުރަށްވައިފި

ޖޫން 6 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޢަބުދުﷲ ސޯދިގު (ސޯބެ) މެމްބަރުކަމުގެ ހުވާ މިއަދު ކުރަށްވައިފިއެވެ. އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރެއްވި ޢަބުދުﷲ ސޯދިގު (ސޯބެ) ކާމިޔާބުކުރަށްވައިފިއެވެ. އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ސޯބެ މެމްބަރުކަމުގެ ހުވާކުރެއްވީ މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމި...

ސޯބެ ހިތަދޫ އުތުރު ގޮނޑި ކާމިޔާބު ކުރައްވައިފި
Parliament

ސޯބެ ހިތަދޫ އުތުރު ގޮނޑި ކާމިޔާބު ކުރައްވައިފި

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރެއްވި ޢަބުދުﷲ ސޯދިގު (ސޯބެ) ކާމިޔާބުކުރަށްވައިފިއެވެ. މިއަދު ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދި އާންމު ނުކުރިނަމަވެސް މައުލޫމާތު ލިބޭގޮތުގައި ސޯބެ ވަނީ މިއަދުގެ އިންތިޚާބުގައި ކުރި ހޯއްދަވާފައެވެ. ސޯބެގެ ކާމިޔާބީ ފާހަގަކޮށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން މިހާރު ވަނީ މީސް މީޑިއާ މެދުވެރިކޮށް އޭނާ އަށް މަރުޙަބާ...

މަޖިލީހުގެ އައު ނައިބަކަށް ސަލީމް
Parliament

މަޖިލީހުގެ އައު ނައިބަކަށް ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިހާބުކޮށްފި އެވެ. މަޖިލީހުގެ ނައިބު އިންތިޚާބުކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ސަރުކާރު ހިންގާ ޕީއެންސީ ހުށަހެޅީ ސަލީމްގެ ނަމެވެ. މަޖިލީހުގައި 12 މެމްބަރުން ތަމްސީލްކުރާ އިދިކޮޅު އެމްޑީޕީން ވެސް ވަނީ ނައިބަކަށް ނަމެއް ހުށަހަޅާފައެވެ. އެއީ ވައިކަރަދޫ ދާއިރާގެ މެންބަރު ޒިޔާދު (ފިއްޓޭ)ގެ ނަމެވެ. ނައިބަކު ހޮވަން ނެގި ވޯޓުގައި 75 މެމްބަރުންނާއެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީ ކޮނ...

އަލުން ވިސްނުމަށް ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު އަނބުރާ މަޖިލީހަށް 
Raajje

އަލުން ވިސްނުމަށް ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު އަނބުރާ މަޖިލީހަށް 

ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވައިފިއެވެ. މި ބިލަކީ 14 މެއި 2026 ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވައި، 19 މެއި 2026 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެ...

ފަލާހް މަޖިލީހުގެ ނައިބުކަމަށް ވާދައެއް ނުކުރަށްވާނެ، ދެ ނަމެއް ކުރީގައި
Parliament

ފަލާހް މަޖިލީހުގެ ނައިބުކަމަށް ވާދައެއް ނުކުރަށްވާނެ، ދެ ނަމެއް ކުރީގައި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ވާދަނުކުރަށްވާނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާފަށަން ކުޑަތަންވެފައި ވަނިކޮށް އޭނާ މަގާމުން އިސްތިއުފާދެއްވުމުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމު މިވަގުތު އޮތީ ހުހަށެވެ. މަޖ...