Skip to main content
Topic Archive

#މަޖިލިސް

912 Stories filed
މަޖިލިސް ތެރެ ހޫނުވެ ބޮޑު މާރާމާރީއެއް
Parliament

މަޖިލިސް ތެރެ ހޫނުވެ ބޮޑު މާރާމާރީއެއް

މިއަދު ދައުރުން ބޭރުން ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ހޫނުވެ އެންމެފަހުން މެންބަރުންގެ މެދުގައި ހިނގައި، ބައެއް މެންބަރުންނަށް އަނިޔާވެއްޖެއެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގެ ނިޒާމް ގެއްލެން މެދުވެރިވީ އިދިކޮޅު އެމްޑީޕީންނާއި، ޑިމޮކްރެޓްސްއިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން އުފެދުނު ނުތަނަވަސްކަމުގެ ތެރެއިންނެވެ. ވަޒީރުންނަށް ރުހުން ދިނުން މިއަދަށް ތާވަލުކޮށްފައި އޮތް ނަމަވެސް މަޖިލީހުގައި ނިޒާމް ގެއްލިފައި އޮތުމުން އެކަން ކުރެވޭގޮތެއް ނުވިއެވެ. މަޖިލިސް ހުސްވަގުތު...

މަޖިލިހުގެ މައިނޯރިޓީ ލީޑަރަކީ ސިރާޖު، މައިނޯރިޓީ ޕާޓީއަކަށް ޕީއެންސީވެއްޖެ
Parliament

މަޖިލިހުގެ މައިނޯރިޓީ ލީޑަރަކީ ސިރާޖު، މައިނޯރިޓީ ޕާޓީއަކަށް ޕީއެންސީވެއްޖެ

ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރަކީ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ ސިރާޖު ކަން އިއުލާންކޮށްފިއެވެ. މަޖިލިހުގެ އިދިކޮޅު އެމްޑީޕީގެ މެމްބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީ އަށް ބަދަލުވުމާ ގުޅިގެން މަޖިލިހުގައި ސިޔާސީ ޕާޓީތައް އަލުން ތަމްސީލް ކުރާ ގޮތްތައް ވަނީ އިއުލާންކޮށްފައެވެ. މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އެމްޑީޕީގެ ދަފްތަރުގައި ހިމެނިވަޑައިގަންނަވާ 12 މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ކަން އަންގަވާފައިވާ...

ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ
Parliament

ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއާ އެކުގައި މަސައްކަތް ކުރަމުން އަންނަ ޑިމޮކްރެޓްސް އިން ނިންމައިފިއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ ޑިމޮކްރެޓްސް ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު، ޕާޓީން އިންތިހާ އަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅެ، އެގޮތަށް އަމަލު ކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެ...

ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ޖަލްސާއެއް އަންނަ އާދީއްތާގައި
Parliament

ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ޖަލްސާއެއް އަންނަ އާދީއްތާގައި

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޚާއްޞަ ޖަލްސާއެއް ބާއްވަން އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ. މި ޖަލްސާއަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންތަކެއް ދައުރުން ބޭރުގައި މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް ބާއްވައިދިނުމަށް ހުށަހެޅުމުން ބާއްވާ ޖަލްސާއެކެވެ. ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިދިނުމަށް އެދި ހުށަހަޅީ 38 މެމްބަރުންގެ ސޮޔާ އެކު އެވެ. މިއީ މުޅިން ވެސް މި ދެ ޕާޓީގެ މެންބަރުންކަން އިނގިފަވެއެވެ. މި ޖަލްސާ ބާއްވަން ނިންމައި، ޖަލްސާ 28...

މަޖިލީހުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަނީ
Raajje

މަޖިލީހުގައި އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަނީ

ރައްޔިތުންގެ މަޖިލީހުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައިވާކަން އެ ދެ ޕާޓީން މިއަދު ހާމަކޮށްފިއެވެ. މިކަން ހާމަކުރީ މި ދެ ޕާޓީން މިއަދު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް (ފަޔާ) ވިދާޅުވީ މި ސަރުކާރުގެ އަމަލުތަކާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް މިހާރު އެބަހުރި ކަމަށާއި، މި ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތ...

އިންތިހާބުތައް ރޯދަ މަހު ބޭއްވުން ހުއްޓުވަން ގާނޫނަށް އިސްލާހު ހުށަހަޅައިފި
Parliament

އިންތިހާބުތައް ރޯދަ މަހު ބޭއްވުން ހުއްޓުވަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ރޯދަ މަސް ތެރެއަށް ވަންނާތީ އާއި އިންތިހާބުތައް ރޯދަ މަސްތެރޭގައި ބޭއްވުން ހުއްޓުވުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް އިސްލާހު ހުށަހަޅައިފިއެވެ. އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ގާނޫނުގެ 43 ވަނަ މާއްދާ އަށް ވަނީ އަކުރުތަކެއް އިތުރުކުރަން ހުށަހަޅައިފައެވެ. އޭގައިވާ ގޮތުން ރޯދަ މަސްތަކުގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެއެވެ. ރޯދަ މ...

އަންހެނުންނަށް ޚާއްސަ "ޕްރެކްޓިސް ޕާލަމަންޓް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު
Parliament

އަންހެނުންނަށް ޚާއްސަ "ޕްރެކްޓިސް ޕާލަމަންޓް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު

އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމް، “ޕްރެކްޓިސް ޕާލަމަންޓް” ޕްރޮގްރާމްގެ ދެ ބެޗެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ޔޫއެންޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، އޮސްޓްރޭލިއަން އެއިޑް އަދި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއިގުޅޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަންހެން ބޭފުޅުންނަށެވެ. ދެ ބެޗަކަށް ބަހާލައިގެން ކުރިއަށް ގެންދާ މ...

ވިލިނގިލީގެ ކުއްޖާގެ މަރުގެ މައްސަލައިގެ އިންކުއަރީއެއް ހަދަނީ
Parliament

ވިލިނގިލީގެ ކުއްޖާގެ މަރުގެ މައްސަލައިގެ އިންކުއަރީއެއް ހަދަނީ

ގއ. ވިލިނގިލީގައި ހާލު ދެރަވެ، އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ލަސްވެގެން ދިޔަ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވި މައްސަލައިގައި އިންކުއަރީއެއް ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފިއެވެ. ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވީ، ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ހާލިދު ނިޔާވި މައްސަލައިގައި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް، ކުއްލި ހާލަތުގައި […...

ވިލިނގިލި ކުއްޖާ މަރުވި މައްސަލަ މަޖިލިހަށް ހުށަހަޅައިފި
Parliament

ވިލިނގިލި ކުއްޖާ މަރުވި މައްސަލަ މަޖިލިހަށް ހުށަހަޅައިފި

ގއ. ވިލިނގިލިން ހާލު ދެރަވި އުމުރުން 13 އަހަރުގެ ދިވެހި ފިރިހެން ކުއްޖާ މަރުވި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މަޖިލިހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އިއްޔެ މަރުވި ކުއްޖާ ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނީ ބުދަ ދުވަހުގެ ރޭ ކަމަށާއި އެ ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ޑޮކްޓަރުން ލަފާދިން ނަމަވެސް އިމަޖެންސީ އިވެކުއޭޝަންގެ ކަންތައް ލަސްވެފައިވާ ކަމަށެވެ. އެގޮތުން އިމަޖެންސީ އިވެކުއޭޝަންގައި […]

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ރަސްމީ ދުވަހެއްކަމުގައި ހަމަޖައްސައިފި
Raajje

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ރަސްމީ ދުވަހެއްކަމުގައި ހަމަޖައްސައިފި

ރައީސް، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ރަސްމީ ދުވަހެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވައިފިއެވެ. މީގެ ކުރީން ރައީސް، މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. ނަމަވެސް ރައީސް މުޢިއްޒު ވަނީ އެކަމަށް ބަދަލުގެންނަވައި، އެ ދުވަސް ރަސްމީ ދުވަހެއްގޮތުގައި ހަމަޖައްސަވާފައެވެ. ރައީސް، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ކޮންމެ އަހަރަކަށް ވެސް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ދައުރު ފެށޭ ދުވަހެވެ. ރައީސް މުޢިއް...

ދިއްދޫ ފެނަކަ ކޮންޓްރެކްޓް މުވައްޒަފުންގެ މައްސަލަ މަޖިލީހަށް
Thiladhunmathi News

ދިއްދޫ ފެނަކަ ކޮންޓްރެކްޓް މުވައްޒަފުންގެ މައްސަލަ މަޖިލީހަށް

ހއ. ދިއްދޫގައި ފެނަކަ ބްރާންޗަށް ނަގާފައި ތިބި ކޮންޓްރެކްޓް މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓް އައު ނުކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމާފައިވާއިރު، އެކަން ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަހީދު (ވައްޑޭ) ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ. ފެނަކައިން ދިއްދޫގައި އިމާރާތް ކުރާ އާ އިންޖީނުގޭގެ މަސައްކަތަށް ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމުމުން އޭގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުން މިއަދު ވަނީ އިހުތިޖާޖު ކޮށްފަ...

ހަސަންޓޭ ޕީއެންސީ އަށް ސޮއިކޮށްފި
Parliament

ހަސަންޓޭ ޕީއެންސީ އަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ)،  ވެރިކަން ކުރާ ޕްރޮގްރެސިވް އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑައިގެންފި އެވެ. ހަސަންޓޭ ޕީއެންސީ އަށް ސޮއިކުރަށްވާފައިވާކަން އޭނާގެ އިތުރުން ޕްރޮގްރެސިވް އިއްތިހާދުން ވެސް ވަނީ ބުނެފައެވެ. ހަސަންޓޭ ޕީއެންސީއާއި ގުޅިވަޑައިގެން ފޯމު ހަވާލުކުރައްވާފައި ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާ އެވެ. ހަސަންޓޭ ސޮއިކުރެއްވި ރަސްމިއްޔާތުގައި އިނގުރައިދޫ ދާއިރާގެ 18 ވަނަ މަޖިލީހ...

މަޖިލިސް އިންތިޚާބުގައި ވާދަނުކުރަން ހިސާން ނިންމަވައިފި
Parliament

މަޖިލިސް އިންތިޚާބުގައި ވާދަނުކުރަން ހިސާން ނިންމަވައިފި

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރައްވާނެކަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ޢިއުލާން ކުރައްވައިފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްގެ މަގާމުގައި ވެސް މިވަގުތު ހުންނެވި ހިސާން މިކަން ޢިއުލާން ކުރެއްވީ ”އެކްސް”ގައި މިއަދު ކުރެއްވު ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އާ އަހަރެއްގެ ހެޔޮ އެދުންތަށް ފޮނުއްވަމުން ހިސާން ވަނީ ތުޅާދޫ ދާއިރާ ތަމްސީލުކުރަން ދާއިރާގެ ރައްޔިތުން އޭނާ އަށް ދެއްވި ފުރުސަތަށް އެ ދާއިރާގެ ރަށްޔިތުންނަށް ހިތުގެ […]

22 ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލިހުގެ ކޮމިޓީން ފާސްކޮށްފި
Raajje

22 ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލިހުގެ ކޮމިޓީން ފާސްކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ދެ ވަނަ ފަހަރަށް ފާސްކޮށްފިއެެވެ. އެ ކޮމިޓީ ބައްދަލުވުމުގައި 22 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެމްބަރެކެވެ. އެއީ ތިމަރަފުށީ ދާއިރާގެ އެމްއެންޕީ މެމްބަރު އިބްރާހިމް ރިޔާޒާއި ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި […]

އެމްޑީޕީގެ 13 މެންބަރަކު ވެރިކަންކުރާ ޕާޓީ ޕީއެންސީ އަށް
Raajje

އެމްޑީޕީގެ 13 މެންބަރަކު ވެރިކަންކުރާ ޕާޓީ ޕީއެންސީ އަށް

ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ވެރިކަން ކުރާ ޕްރޮގްރެސިވް އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑައިގެންފި އެވެ. މި މެންބަރުން ޕީއެންސީއާ ގުޅިވަޑައިގަތީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ އެ އިއްތިހާދުގެ ހާއްސަ ޖަލްސާއެއްގައެވެ. މި މެންބަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ ޕްރޮގްރެސިވް އިއްތިހާދުގެ ލީޑަރު އަދި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އ...