ރާއްޖެ އެތެރެކުރަން އުޅެނު 26 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި
ރާއްޖެ އެތެރެކުރަން އުޅުނު 26 މިލިއަން ރުފިޔާގެ ޑްރަގް މޯލްޑިވްސް ކަސްޓަމް ސާވިސް އިން އަތުލައިގެންފިއެވެ. މިކަން ހާމަކުރައްވައި ދާޚިލީ ވަޒީރު ޢަލީ އިހްސާން ވިދާޅުވީ، ކަސްޓަމްސް އިން މިރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 18 ކިލޯގްރާމްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ ކަމަށެވެ. މިތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާކަމަށް އަރާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ”ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކު...