ތިލަދުންމަތިން ފެށިގެން މާޅޮސްމަޑުލަށް ރީނދޫ ސަމާލު!
މޫސުން ގޯސްވެ، ތިލަދުންމަތިން ފެށިގެން މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 14:30 އިން ފެށިގެން 18:30 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށްވާރޭވެހި ގުގުރުން އެކަށީގެން ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު، އުތުރާއި މެދުރާއްޖޭގެ […]