ބޭ އޮފް ބެންގާލުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ
ރާއްޖޭއާއި ދުރުން، އިރު ދެކުނު ބޭއޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސަސް (މެޓް އޮފީސް) އިން މިއަދު ވިދާޅުވީ، ރާއްޖޭއާއި ދުރުން، އިރު ދެކުނު ބޭއޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށެވެ. މި ތޫފާނަށް ދީފައި ނަމަކީ ”މޮކާ” އެވެ. މި ތޫފާނު މަޑުމަޑުން ހުޅަނގު އުތުރަށްޖެހި، މިރޭގެ ވަގުތެއްގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. ”މި...