އެމްއެންޑީއެފުން ޑްރޯން ބޭނުންކޮށްގެން އަތުލައިގަތް ބޯޓުގައި 300 ކިލޯގެ ޑްރަގް
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އީ.ޒެޑް) ގައި ގަވައިދާ ޚިލާފަށް ހަރަކާތްތެރިވަމުންދަނިކޮށް އެމްއެންޑީއެފް އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި އަތުލައިގަތް ސްރީލަންކާގެ މަސް ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް ލަންކާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ. މިގޮތުން ލަންކާގެ ނޫސްތަކުން ބުނެފައިވާގޮތުގައި ދިވެހިރާއްޖޭގެ ސަރަޙައްދުން ގާތްގަނޑަކަށް 300 ކިލޯގެ ހެރޮއިން އަދި “އައިސް” (ކްރިސްޓަލް މެތަމްފެޓަމައިން) އާއެކު ސްރީލަންކާ މަސް ބޯޓެއް ދިވެހި ސި...