Skip to main content
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ބަނގުރާ ބޮއެގެން ހަމަނުޖެހުން ހިންގި ދެ އަންހެނަކާއި ދެ ފިރިހެނަކު ހައްޔަރުކޮށްފި
Raajje

ބަނގުރާ ބޮއެގެން ހަމަނުޖެހުން ހިންގި ދެ އަންހެނަކާއި ދެ ފިރިހެނަކު ހައްޔަރުކޮށްފި

ބަނގުރާ ބޮއެގެން ހުޅުމާލޭގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ދެ އަންހެނަކާއި ދެ ފިރިހެނުން މިއަދު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ 2026 ޖޫން 27 ވަނަ ދުވަހުގެ ހެނދުނު 6:05 އެހައިކަންހާއިރުއެވެ. ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން...

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ދެ މީހަކު ހައްޔަރުކޮށްފި
Raajje

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތުގައި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެކެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. މޫންލައިޓްވިޔު، މާލެ، މުޙައްމަދު ޢުމައިރު (58އ) އާއި ގުލްއަލާގެ، ލ. ދަނބިދޫ، މާޝާ އިބްރާހީމް (38އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 23 ވަނަ...

ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސް ބައްދަލުކުރައްވައިފި
Raajje

ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސް ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައެވެ. ފުލުހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ. ބައްދަލުވުމުގެ މައިގަނޑ...

ޑައިމޯފިން ޓްރެފިކްކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމަކާއެކު 100،000ރ.ގެ ޖޫރިމަނާއެއް
Raajje

ޑައިމޯފިން ޓްރެފިކްކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމަކާއެކު 100،000ރ.ގެ ޖޫރިމަނާއެއް

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ށ. މިލަންދޫ، ސުނީތާހައުސް، ޢަލީ އިބްރާހީމް (37އ) 25 އަހަރުގެ ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ. ޢަލީ އިބްރާހީމްގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ. މި މައްސަލައަކީ 2023 ޖަނަވަރީ 12 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު މައްސަލައެކެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަ...

ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
Raajje

ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ރާއްޖެއިން ބޭރަށް ފިލައިގެން ގޮސްފައިވާތީ، އޭނާ ހޯދައި ހައްޔަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ. މި މައްސަލައާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން އިޒްޔާން ވަނީ ރާއްޖެއިނ...

އަމާން ދޯދި ފްލެޓަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
Raajje

އަމާން ދޯދި ފްލެޓަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ދޯދި ފްލެޓަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެގެން ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ އަމާން ދޯދި 5 ގެ ދެވަނަ ފަންގިފިލާއިންނެވެ. މި ހާދިސާގައި ވެއްޓިފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭގެ 23:14 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ. ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން […]

ހުޅުމާލޭގައި މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދެނީ
Raajje

ހުޅުމާލޭގައި މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ހުޅުމާލެ ފޭސް ދެއެއްގެ ފަރުކޮޅުފުށި ހިއްކާފައިވާ ސަރަހައްދުގައި މިރޭ ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ހުޅުމާލެ ފޭސް ދެއެއްގެ ހިއްކި ބިމުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ އިރުއޮއްސި 18:37 އެހާކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ. މި ދެ މީހުންނަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ހޮސްޕިޓަލ...

ރާއްޖެ އަށް ޑްރަގް އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
Raajje

ރާއްޖެ އަށް ޑްރަގް އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ވ. ކެޔޮދޫއިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ، ސޭންޑީސައިޑް، ފައުޒާން އަޙްމަދު ޙުސައިން (25އ) އެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރ...

ރައީސް، ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ އަގުވަޒަން ކުރަށްވައިފި
Raajje

ރައީސް، ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ އަގުވަޒަން ކުރަށްވައިފި

ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ މަރުވި އިޓަލީގެ ޑައިވަރުން ހޯދުމަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރިކަވަރީ ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒަންކުރައްވައިފިއެވެ. އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއާއި، މިނިސްޓަރ އޮފް ޑިފެންސް...

އަޕަރ ނޯތު ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދީފި
Raajje

އަޕަރ ނޯތު ޕޮލިސް ރީޖަންގެ މުވައްޒަފުންނަށް ޝަރަފުގެ ނިޝާން ދީފި

އަޕަރ ނޯތު ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމާއި، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި ފުލުހުންގެ އަގުވަޒަންކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިދިޔަ އާދީއްތަ ދުވަު ހދ. ފިނޭގައި ބޭއްވި މި ރަސްމިއްޔާތުގައި، ފުލުހުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމާއި ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި އަޕަރ ނޯތު ޕޮލިސް ރީޖ...

ޑްރަގް މައްސަލައެއްގައި ކޯޓު އަމުރަކުން ބަންދުކޮށްފައިވާ ގެއަކަށް ވަތް މީހަކު ހައްޔަރުކޮށްފި
Raajje

ޑްރަގް މައްސަލައެއްގައި ކޯޓު އަމުރަކުން ބަންދުކޮށްފައިވާ ގެއަކަށް ވަތް މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި ގެއަކަށް ވަތް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ނޯޖަވާނީގެ، އަޙްމަދު ޒާހިރު (50އ) އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ލާމިޔާގެއާގެ 90 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް އެ ގެއަށް ވަދެނުކުމެ އުޅެނިކ...

އުލިގަމަށް ވަޑައިގެން މަރްޙޫމް އާސިފްގެ ބައްޕައާއި ސީޕީ ބައްދަލުކުރަށްވައިފި
Thiladhunmathi News

އުލިގަމަށް ވަޑައިގެން މަރްޙޫމް އާސިފްގެ ބައްޕައާއި ސީޕީ ބައްދަލުކުރަށްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަސްމީ ވާޖިބު އަދާކުރަމުން ގެންދަނިކޮށް ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ ބައްޕަ އާއި  ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު އިއްޔެ ބައްދަލުކުރަށްވައިފިއެވެ. މަރްޙޫމް އާސިފްގެ ބައްޕައާއި ސީޕީ ބައްދަލުކުރަށްވާފައިވަނީ ސީޕީ ހދ. އަތޮޅަށް ކުރައްވަމުން ގެންދަވައި ދަތުރުފުޅުގެ ތެރެއިން އިއްޔެ ހއ. އުލިގަމަށް ވަޑައިގެންނެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެފަ...

ވައިކަރަދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި
Thiladhunmathi News

ވައިކަރަދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

ހދ. ވައިކަރަދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ. މިކަމަށްޓަކައި ވައިކަރަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީއާއި، ވައިކަރަދޫ ކައުންސިލްގެ ރައީސް އާއި މެންބަރުންގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ އޮފިސަރުންނާއި މަސައްކަތުގެ ކޮންޓްރެކްޓަރ ބައިވެރިވެވަޑަ...

ފިނޭގައި އެޅި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި
Thiladhunmathi News

ފިނޭގައި އެޅި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި

ހދ. ފިނޭގައި އަލަށް ބިނާކުރި ފުލުހުންގެ އައު އިމާރާތް “ހދ. ފިނޭ ޕޮލިސް ސްޓޭޝަން” ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މިއަދު ފިނޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފިނޭ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޢަލީ އެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީ އާއި، މޯލްޑިވްސް ޓް...

މަރްޙޫމް ޢާސިފްގެ އާއިލާއާއި ސީޕީ ބައްދަލުކުރައްވައިފި
Raajje

މަރްޙޫމް ޢާސިފްގެ އާއިލާއާއި ސީޕީ ބައްދަލުކުރައްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަސްމީ ވާޖިބު އަދާކުރަމުން ގެންދަނިކޮށް ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ އާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ. ފުލުހުން ބުނިގޮތުގައި މި ބައްދަލުވުމުގައި ސީޕީ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތައުޒިއާގެ މެސެޖް އެ ޢާއިލާ އަށް ރައްދުކޮށްދެއްވައިފިއެވެ. ރައީސްގެ މެސެޖުގައި، މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔުމަކީ އާއިލާއަށާއި މުޅި ގައުމަށް ލ...