Skip to main content
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ނޮޅިވަރަމް ޕޮލިހުން ފަސް ސްކޫލެއްގެ 200 ދަރިވަރުންނަށް ޓީމް ބިލްޑިން ސެޝަނެއް
Thiladhunmathi News

ނޮޅިވަރަމް ޕޮލިހުން ފަސް ސްކޫލެއްގެ 200 ދަރިވަރުންނަށް ޓީމް ބިލްޑިން ސެޝަނެއް

ހދ. ނޮޅިވަރަމް ސްކޫލުގައި ކުރިއަށްގެންދާ “ކެޑޭޓް އަހަރީ ކޭމްޕް 2026” ގެ ބައިވެރިންނަށް ޚާއްޞަކޮށްގެން، ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުން، ޓީމް ބިލްޑިންގ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. ހދ.އަތޮޅު ޕޮލިހުން މަޢުލޫމާތުދޭ ގޮތުގައި އޮގަސްޓް 23 ވަނަދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ މި ސެޝަނަކީ ދަރިވަރުންގެ މެދުގައި ލީޑަރޝިޕް ހުނަރުތަކާއި، ކޮމިއުނިކޭޝަން ސްކިލްސް ހަރުދަނާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ބޭއްވުނު ސެޝަނެކެވެ. މިއީ މިހާތަނަށް ނޮޅިވަރަމް ސްކޫލުގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ކޭމްޕެވެ. މި ކޭމ...

އެކްސިޑެންޓް ވުމުން ފިލި ދޯނި މަހަކަށްވުރެ ގިނަ ދުވަސްވީފަހުން ފެނިއްޖެ
Raajje

އެކްސިޑެންޓް ވުމުން ފިލި ދޯނި މަހަކަށްވުރެ ގިނަ ދުވަސްވީފަހުން ފެނިއްޖެ

މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު، މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި މަހަކަށްވުރެ ގިނަ ދުވަސް ފަހުން ހުޅުމާލެ ފަޅުތެރެއިން ފެނިއްޖެއެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭ 21:10 ހާއިރު، އިއްޒުއްދީން ފާލަމާ ދިމާ ބޭރުން “ލީޖަން 1” ނަމަކަށް ކިޔާ ލޯންޗަކާއި އެ ދޯނި ޖެހިގެންނެވެ. އެކްސިޑެންޓް ހިނގުމަށްފަހު ދޯނި ވަނީ އެ ސަރަހައްދަށް […]

މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ހަތަރު ބިދޭސީއަކަށް އަނިޔާވެއްޖެ، ދެ މީހެއްގެ ހާލު ސީރިއަސް
Raajje

މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ހަތަރު ބިދޭސީއަކަށް އަނިޔާވެއްޖެ، ދެ މީހެއްގެ ހާލު ސީރިއަސް

މާވެޔޮމަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމައްޗަށް އޮތް ހަނި ގޯޅީގައި ހުރި މ. ދޫގަސްވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާއާ ގުޅިގެން މިއަދު ހެނދުނު 6:30 ކަންހާއިރު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ މޯލްޑިވްސްއިން އެ ތަނުގައި ހަރަކާތްތެރިވި ކަމަށް އެ އޮތޯރިޓީއިން ބުނެފައިވެއެވެ. އެ ގޭގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެ އޮތޯރިޓީން ހާމަ ކޮއްފައިވެއެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނީ ހާދިސާ ހިނގީ ދޫގަސްގޭގައި […]

މާލޭ އޭރިއާގެ 166 ފުލުހަކަށް މަގާމުގެ ކުރިއެރުން، 35 އޮފިސަރަކު ސަބް އިންސްޕެކްޓަރު ކަމަށް
Raajje

މާލޭ އޭރިއާގެ 166 ފުލުހަކަށް މަގާމުގެ ކުރިއެރުން، 35 އޮފިސަރަކު ސަބް އިންސްޕެކްޓަރު ކަމަށް

މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 166 އޮފިސަރަކަށް މިއަދު މަގާމުގެ ކުރިއެރުން ދީފިއެވެ. މި މަގާމުގެ ކުރިއެރުންތައް ދިނުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ކުރިއަށް ގޮސްފައި ވަނީ އިސްކަންދަރު ބިލްޑިންގގައެވެ. މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. އަދި މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން ފުލުހުންގެ ސީނިއަރ އޮފިސަ...

ރެސްޓޯރެންޓެއްގައި އިން އަންހެނަކަށް ހަމަލާދިން 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި
Raajje

ރެސްޓޯރެންޓެއްގައި އިން އަންހެނަކަށް ހަމަލާދިން 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

މާލޭގެ މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގެ ތެރޭގައި އިން އަންހެނަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގައި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 22 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭގަނޑު 23:00 އެހައިކަންހާއިރުއެވެ. މި ހާދިސާއާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރެސްޓޯރެންޓް ތެރޭގައި ހިނގި ހަމަނުޖެހުމުގައި އެތަނުގައި އިން އަނ...

މިލަންދޫ ޕޮލިހާއި ޑަބްލިޔުޑީސީ ގުޅިގެން ސައިބަރ ކްރައިމް އެވެއަރނެސް ޕްރޮގްރާމެއް
Thiladhunmathi News

މިލަންދޫ ޕޮލިހާއި ޑަބްލިޔުޑީސީ ގުޅިގެން ސައިބަރ ކްރައިމް އެވެއަރނެސް ޕްރޮގްރާމެއް

ށ. މިލަންދޫގައި އިންޓަނެޓާއި ޑިޖިޓަލް އެކި ވަސީލަތްތައް ބޭނުންކުރުމުގައި ރައްކާތެރިވުމަށް އަހުލުވެރިކުރުވުމުގެ ގޮތުން “ސައިބަރ ކްރައިމް އެވެއަރނެސް” ގެ ނަމުގައި ހާއްސަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނިގޮތުގައި މި ޕްރޮގްރާމަކީ ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރާއި، މިލަންދޫ ޕޮލިސް ސްޓޭޝަން އަދި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ އޮގަސްޓު މަހުގެ 20...

ޓެލެގްރާމުން ލިންކު ފޮނުވައިގެން 92 ހާސް ރުފިޔާ ފޭރިގަނެފި!
Raajje

ޓެލެގްރާމުން ލިންކު ފޮނުވައިގެން 92 ހާސް ރުފިޔާ ފޭރިގަނެފި!

ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ، އޯޓީޕީ ކޯޑު ހިއްސާކުރުމުން މަކަރާއި ހީލަތުން އެކައުންޓުން 92،000 ރުފިޔާ އަތުލި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މިމަހުގެ 17 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް) އަށް ހުށަހަޅާފައިވާ މިމައްސަލަ އާއި ގުޅޭގޮތުން، ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް އެކައުންޓުގެ ވެރިފަރާތް ވަނުމަށްފަހު، އޭނާއަށް ލިބުނު އޯޓީޕީ ކޯޑު ހިއްސާކުރުމާ ގުޅިގެންނެވެ. އެއާއެކު،...

ލެމްބޯގިނީ އެކްސިޑެންޓް: ކާރު ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައި މައްސަލަ އިތުރަށް ތަހްގީގުކުރަނީ
Raajje

ލެމްބޯގިނީ އެކްސިޑެންޓް: ކާރު ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައި މައްސަލަ އިތުރަށް ތަހްގީގުކުރަނީ

ސިނާމާލެ ބްރިޖުން ހުޅުމާލެއަށް އަރާ ސަރަހައްދުގެ ސޯލާ ޕެނަލްތަކުގެ ހޮޅިދަނޑިތަކުގައި ލެމްބޯގިނީ ކާރެއް ޖެހި ހުކުރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ކާރު ދުއްވި ޙަސަން ރިފާޢުގެ ޑްރައިވިންގ ލައިސަންސް ހިފަހައްޓައި، އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ މި ކާރު ކޮންޓްރޯލްނުވެ ގޮސް، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހި...

ޑްރަގް ވިޔަފާރީގެ ބޮޑެއްކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
Raajje

ޑްރަގް ވިޔަފާރީގެ ބޮޑެއްކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވ. ކެޔޮދޫއިން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދޭލިޔާގެ، ވ. ކެޔޮދޫ، އަޙްމަދު ފާޒިލް (31އ) އެވެ. ފާޒިލް އަކީ ވޮލީ ބޯޅައިގައި މަޝްހޫރު ކުޅުންތެރިއެކެވެ. އޭނާ ވަނީ ވޮލީ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރ...

ބިލެތްފަހީ ޑަބްލިޔުޑީސީ އާއި ފުލުހުން ގުޅިގެން ސައިބާ އެވެއާނަސް ޕްރޮގުރާމެއް
Thiladhunmathi News

ބިލެތްފަހީ ޑަބްލިޔުޑީސީ އާއި ފުލުހުން ގުޅިގެން ސައިބާ އެވެއާނަސް ޕްރޮގުރާމެއް

ށ. ބިލެތްފަހި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، އެ ރަށުގައި ސައިބަރ އެވެއާނަސް ޕްރޮގުރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. ށ. އަތޮޅު ޕޮލިހުން މަޢުލޫމާތު ދިން ގޮތުގައި، މި ޕްރޮގުރާމުގެ ސެޝަންތައް ޚާއްސަކޮށްފައިވަނީ ބިލެތްފަހީ ސްކޫލުގެ ގްރޭޑް 6 ން ފެށިގެން މަތީގެ ދަރިވަރުންގެ އިތުރުން ރަށުގެ ޢާންމު ރައްޔިތުންނަށެވެ. މި ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ އިންޓަނެޓާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގައި ރައްކާތެރ...

ލެމްބޯގިނީ އެކްސިޑެންޓް: ކާރުގައި ތިބި ދެ މީހުންނަށް ޓްރީޓޮޕްގައި ފަރުވާދެނީ
Raajje

ލެމްބޯގިނީ އެކްސިޑެންޓް: ކާރުގައި ތިބި ދެ މީހުންނަށް ޓްރީޓޮޕްގައި ފަރުވާދެނީ

ސިނަމާލެ ބްރިޖުން ހުޅުމާލެ އަށް އަރާ ސަރަހައްދުގެ ސޯލާ ޕެނަލްތަކުގެ ހޮޅިދަނޑިތަކުގައި ޖެހި ލެމްބޯގިނީ ކާރެއް ޖެހި މިއަދު ހެނދުނު ހިނގި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުން ބުނީ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު 2026 އޯގަސްޓް 21 ވަނަ ދުވަހުގެ ހެނދުނު 08:42 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. މި އެކްސިޑެންޓްގައި ހޮޅިދަނޑ...

މާލޭގެ ގެސްޓްހައުސްއެއްގައި މޮޅަދޫ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
Thiladhunmathi News

މާލޭގެ ގެސްޓްހައުސްއެއްގައި މޮޅަދޫ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މާލޭގެ ގެސްޓްހައުސްއެއްގައި ހއ. މޮޅަދޫ މީހެއް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މާފަންނު ގެސްޓްހައުސްއެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވަނީ ހަވީރު 5:51 އެހާކަންހާއިރު އެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ހއ. މޮޅަދޫ، އޯސަނިކްވިލާ، ޢުމުރުން 45 އަހަރުގެ އިބްރާހީމް ނަޢީމެވެ. މި ކަމާ ގުޅޭގޮތުން ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް […]

ފީވަކު ޕޮލިސް ސްޓޭޝަނުން އެރަށުގައި ޚާއްޞަ "ޝޮޕް ވިސިޓް" ޕްރޮގްރާމެއް
Thiladhunmathi News

ފީވަކު ޕޮލިސް ސްޓޭޝަނުން އެރަށުގައި ޚާއްޞަ "ޝޮޕް ވިސިޓް" ޕްރޮގްރާމެއް

ފީވަކު ޕޮލިސް ސްޓޭޝަނުން އެރަށުގައި ޚާއްޞަ “ޝޮޕް ވިސިޓް” ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ށ.ފީވަކުގައި ވިޔަފާރިކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުށްމަދުކުރުމުގެ އިތުރުން ވިޔަފާރިވެރިން ހޭލުންތެރިކުރުން ކަމުގައި ށ. އަތޮޅު ފުލުހުން ބުނެފައިވެއެވެ. ށ. އަތޮޅު ފުލުހުން ބުނެގައިވާ ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ (ސްކޭމް) މައްސަލަތަކުން ރައްކާތެރިވާނެ ގޮތްތަކާއި، ފިހާރަ ބަންދުކުރާއިރު އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން...

ހދ. ޕޮލިހުން ފިނޭ ސްކޫލްގައި ޓީމް ބިލްޑިން، ލީޑާޝިޕް ސްކިލްސް ހަރަކާތްތަކެއް
Thiladhunmathi News

ހދ. ޕޮލިހުން ފިނޭ ސްކޫލްގައި ޓީމް ބިލްޑިން، ލީޑާޝިޕް ސްކިލްސް ހަރަކާތްތަކެއް

ހދ. ފިނޭ ސްކޫލްގެ ޕްރިފެކްޓް އަދި ސްޓޫޑެންޓް ކައުންސިލްގެ ދަރިވަރުންނަށް ޓީމް ބިލްޑިން އެންޑް ލީޑާރ ޝިޕް ސްކިލްސް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ހދ. އަތޮޅު ޕޮލިހުން ބުނިގޮތުގައި މިހަރަކާތް ރިއަށް ގެންގޮސްފައިވަނީ ނޮޅިވަރަން ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއެކު އެވެ. 18 އޯގަސްޓް 2026 ވީ އަންގާރަ ދުވަހު ބޭއްވި މި ޚަރަކާތުގައި 19 ދަރިވަރުން  ބައިވެރިވެފައިވާއިރު، ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު ތަރައްޤީކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤްޞަދުކ...

''ފްރެންޑް 4'' ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ފުލުސް އޮފިސަރުގެ އާއިލާއާ، މިނިސްޓަރާއި ސީޕީ ބައްދަލުކުރައްވައިފި
Raajje

''ފްރެންޑް 4'' ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ފުލުސް އޮފިސަރުގެ އާއިލާއާ، މިނިސްޓަރާއި ސީޕީ ބައްދަލުކުރައްވައިފި

މުދާ އުފުލާ ސަޕްލައި ދޯނި “ފްރެންޑް 4” އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ. މިނިސްޓަރު އިހްސާނާއި، ސީޕީ މުހައްމަދު އަހްމަދު ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ ބައްދަލުކުރަށްވާފައި ވަނީ 12 އޯގަސްޓް 2026 ވަނަ ދުވަހު ސާޖަންޓް ނާފިޢުގެ އާއިލާ ދިރިއުޅޭ ގެއަށް ކުރެއްވި ޒިޔާރަތެއްގައެވެ. މި ބައްދަލުވުމުގައި […]