72 މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 11 މީހުންގެ ވަނަވަރު އާންމުކޮށްފި
ފުލުހުންގެ އިންޓެލިޖެންސް މަރައިން ޕޮލިސް އަދި ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސް ދޯންޏަކުން 61 ކިލޯގުރާމްގެ ހެރޮއިން ހޯދައި، ހައްޔަރުކުރި މައްސަލައިގައި ހިމެނޭ 11 ދިވެހިންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން މަޢުލޫމާތުދެއްވިގޮތުގައި މިމީހުން އަތުލައިގަތީ މިމަހުގެ 20ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގ.ބޮއިލިންގފިޝް، އަޙްމަދު ވިސާމާއި އިތުރު ބަޔަކު ގުޅިގެން ފުޅާ ދާއި...