Skip to main content
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
އުތުރުގެ ތިން ރަށަކުން މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

އުތުރުގެ ތިން ރަށަކުން މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން  ށ. ކޮމަންޑޫ އާއި ށ. ފޯކައިދޫ އަދި ނ. މަނަދޫގައި ހިންގި އޮޕަރޭޝަންތަކެއް މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި ށ. ކޮމަންޑޫ ޕޮލިސް ސްޓޭޝަން، ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަން އަދި ނ. މަނަދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. މި އޮޕަރޭޝަންތަކުގައި ށ. ކޮމަންޑޫން ވަނީ 22 އަހަރުގެ […]

މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮށްވާ ފެނިއްޖެ
Raajje

މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮށްވާ ފެނިއްޖެ

މާލޭ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ. މަރުވެފައި އޮތް ބިދޭސީ މީހާ ފެނިފައި ވަނީ މާފަންނުގައި ހުންނަ ގެއެއްގެ ތެރެއިންނެވެ. ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މަރުވެފައިވަނީ އިންޑިޔާއަށް ނިސްބަތްވާ ފިރިހެނެކެވެ. ” މާލޭ، މާފަންނުގައި ހުންނަ ގެއެއްގައި މީހަކު ނިޔާވެފައި އޮތް ކަމުގެ މަޢުލޫމާތު މިއަދު 13:00 ހާއިރު ފުލުހުންނަށް ލިބިފައިވޭ، ނިޔާވެފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެއް.” ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށް...

މަސްތުވާތަކެއްޗާއެކު ދުވާފަރުން ބަޔަކު ހައްޔަރު ކޮށްފި
Raajje

މަސްތުވާތަކެއްޗާއެކު ދުވާފަރުން ބަޔަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއެކު ރ. ދުވާފަރުން ތިން މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ރ. ދުވާފަރު ޕޮލިސް ސްޓޭޝުން ހިންގި އޮޕަރޭޝަނެއްގައި، ދުވާފަރުން ތިން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވާކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއްގެ އިތުރުން 40 އަހަރުގެ މީހެއް ކަމަށާއި، މި ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުނ...

ފާމަސީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މީހާ ހައްޔަރުކޮށްފި
Raajje

ފާމަސީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މީހާ ހައްޔަރުކޮށްފި

ފާމަސީއަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ. ފުލުހުންނަށް ރޭ ރިޕޯޓުކޮށްފައިވާ އެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ މާލޭގައި ހިންގާ ފާމަސީއެއްގެ ފާމަސީގެ އެސިސްޓެންޓެއްގެ ވަޒީފާ އަދާކުރާ ބިދޭސީއެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފާމަސީއަކަށް ދިޔަ މީހަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ 50 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުނ...

ޚާއްޞަ އެހީއަށް ބޭނުންވާ މީހަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
Raajje

ޚާއްޞަ އެހީއަށް ބޭނުންވާ މީހަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

ހާއްސަ އެހީއަށް ބޭނުންވާ މީހަކު ރޭޕްކުރި މައްސަލައާއި ގުޅިގެން، އެ ކަމުގެ ތުހުމަތުގައި ދެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ. އައްޑޫ ސިޓީގައި ހާއްސަ އެހީއަށް ބޭނުންވަ 48 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 30 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ ފިރިހެނެއް ކަމަށެވެ. އައްޑޫ ސިޓީ ހިތަދޫގައި 2 ފިރިހެނުން ވެގެން 48 އަހަރުގެ […]

ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކު ރޭޕްކޮށް، ބަލިވެއިން މައްސަލާގައި ތުހުމަތު ކުރެވުނު މީހާގެ މައްޗަށް ދަޢުވާ ކޮށްފި
Raajje

ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކު ރޭޕްކޮށް، ބަލިވެއިން މައްސަލާގައި ތުހުމަތު ކުރެވުނު މީހާގެ މައްޗަށް ދަޢުވާ ކޮށްފި

ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން، އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ފ. ފީއަލި، ފީރޯޒްގެ އިބްރާހީމް ޝާފިޢުގެ މައްޗަށް އުފުލައި، އޭނާގެ މައްސަލަ ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، ތުހުމަތުކުރެވޭ މީހާގެ މައްޗަށް އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ފ.ފީއަލި، ފީރޯޒްގެ އި...

މުޒާހަރާގެ ބައިވެރިއަކު ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހައިފި
Raajje

މުޒާހަރާގެ ބައިވެރިއަކު ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހައިފި

މުޒާހަރާގެ ބައިވެރިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހައިފިކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ މިރޭ ކުރި މުޒާހަރާގައި ބައިވެރިވި މީހަކު ވަނީ މުޒާހަރާކުރި ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވި ފްރަންޓްލައިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިކަމަށެވެ. މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ހާލު، މިކަންކުރި ފަރާތް ހޯދައި ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް މި ސަރވިސް އިން ކުރަމުންދާ ވާހަކަ ދަންނަވަން. ފުލުހުން ބުނެފައިވެއެވެ...

މަގުމައްޗަށް ނުކުމެ އުޅުމުގައި، ދެވިފައިވާ އިރުޝާދު ތަކަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި
Raajje

މަގުމައްޗަށް ނުކުމެ އުޅުމުގައި، ދެވިފައިވާ އިރުޝާދު ތަކަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

މިދުވަސް ވަރަކީ އާންމު ރައްޔިތުންނާއި، ފުލުހުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުންވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އިތުރު ވަމުންދާ ދުވަސް ވަރަކަށް ވާތީ، މަގުމައްޗަށް ނުކުމެ އުޅުމުގައި، ސިއްހީ ގޮތުން ރައްކާތެރި ވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަން ދީގެން ހަރަކާތްތެރި ވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ. ފުލުހުން މިގޮތަށް އިލްތިމާސް ކުރީ، ކޯވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ނެރެފައިވާ އިއު...

މަތިއުތުރު ޕޮލިސް ޑިވިޝަނަށް އަންހެން ކޮމާންޑަރެއް!
Raajje

މަތިއުތުރު ޕޮލިސް ޑިވިޝަނަށް އަންހެން ކޮމާންޑަރެއް!

މަތިއުތުރު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރަކަށް އަންހެން ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. ފުލުހުން ކުރި ޓްވީޓެއްގައި ބުނީ މަތިއުތުރު ޑިވިޝަންގެ ކޮމާންޑަރަކަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތި ނަޝްވާ އައްޔަން ކުރައްވާފައިވާ ކަމަށެވެ. ނަޝްވާ ކުރިން ހުންނެވީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބުލިކް އެފެއާޒްގެ ހެޑަކަށެވެ. މަތި އުތުރު ޑިވިޝަން ކޮމާންޑްގައި ހިމެނޭ އަތޮޅު ތަކަކީ ހއ. ހދ އަދި ށ އަތޮޅެވެ. މަތިއުތުރު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުގެ މަގާމުގައި މީގެ ކުރިން ހުންނެވީ އަލީ ފާއިޒެވެ. […]

ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދައުވާކޮށްފި
Raajje

ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދައުވާކޮށްފި

ޢުމުރުން 17 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި މައްސަލާގައި ހއ. ފިއްލަދޫ، ޝެޑޯޒް އަޙްމަދު އައްޠަފްގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ އުފުލައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ޢުމުރުން 17 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި މައްސަލާގައި ހއ. ފިއްލަދޫ، ޝެޑޯޒް އަޙްމަދު އައްޠަފްގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ މ. ކޮޅުފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަ...

ބަނގުރާ ފުޅިތަކަކާއި އެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި
Raajje

ބަނގުރާ ފުޅިތަކަކާއި އެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ފުޅިތަކަކާއި އެކު ހުޅުމާލެއިން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެފިއެވެ. މިކަމާ ގުޅޭގޮތުން ފުލުހުން މިރޭ ބުނެފައިވަނީ ހުޅުމާލޭގެ ފަޅުގައި އަޅާފައިއޮތް ސަފާރީއަކުން ހުޅުމާލެއަށް ބަނގުރާ ގެންނަ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލޭ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 12 ފުޅި ބަނގުރަލާއި...

ފުލުހުންގެ ލެބްގައި 10000 ކޯވިޑް ޓެސްޓް ހަދައިފި
Raajje

ފުލުހުންގެ ލެބްގައި 10000 ކޯވިޑް ޓެސްޓް ހަދައިފި

ފުލުހުންގެ ލެބްގައި ކޯވިޑް-19 ވައިރަސް ދެނެގަތުމަށް 10000 ޓެސްޓް ހަދައިފިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ހާމަކުރައްވައިފިއެވެ. މިއަދު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ފުލުހުންގެ ފޮރެންސިކް ސާވިސްގެ އޮފިސަރުން ހަފްތާއެއްގެ ތެރޭގައި 1000 ޕީސީއާރު ޓެސްޓް ހަދާކަމަށާއި އަދި އެކިއެކި މައްސަލަތަކާ ގުޅޭ 100 އެއްހާ ފޮރެންސިކް އެވިޑެންސް ވެސް ކޮންމެ މަހަކު ޕްރޮސެސް ކުރަމުން އަންނަކަމަށެވެ. މިކަން ފާހަގަ ކުރުމަށް މިއަދު އެއިދާރާގައި ވަނީ ކޭކެއް ފަލާފ...

އަނެއްކާވެސް ތަރައްޤީ ކުރަމުންދާ ރިސޯޓެއްގައި ބިދޭސީން އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގައިފި
Raajje

އަނެއްކާވެސް ތަރައްޤީ ކުރަމުންދާ ރިސޯޓެއްގައި ބިދޭސީން އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގައިފި

ވ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުން ދާ ރަށެއްގައި މަސައްކަތް ކުރާ ބައެއް ބިދޭސީ މަސައްކަތްތެރިން މަސައްކަތަށް ހުރަސް އަޅައި އިހުތުޖާޖުކޮށް ހަމަނުޖެހުން ހިންގުމާއި ގުޅިގެން ފުލުހުން އެރަށުގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން ބުނީ ވ. އަތޮޅުގައި ތަރައްޤީ ކުރަމުން ދާ ރިސޯޓެއްގައި މަސައްކަތް ކުރާ ބައެއް ބިދޭސީ މަސައްކަތްތެރިން މަސައްކަތަށް ހުރަސް އަޅައި އިހުތުޖާޖުކޮށް ހަމަނުޖެހުން ހިންގުމާއި ގުޅިގެން ފުލުހުން އެރަށުގައި ހަރަކާތްތެރިވަމުން ދާކަމަށެވެ. އެރަށުގައި ހިންގި ހަމަ ނުޖ...

ކުޑަ ކުއްޖަކަށް ބިރުދައްކައި ބްލެކްމެއިލް ކޮށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހެއް ޝަރީއަތް ނިމެންދެން ބަންދަށް
Raajje

ކުޑަ ކުއްޖަކަށް ބިރުދައްކައި ބްލެކްމެއިލް ކޮށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހެއް ޝަރީއަތް ނިމެންދެން ބަންދަށް

އުމުރުން 17 އަހަރުގެ ކުއްޖަކަށް ބިރުދައްކައި ބްލެކްމެއިލް ކޮށް ގެސްޓް ހައުސްއަކަށް އެކުއްޖާ ގެންގޮސް ޖިންސީގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހެއްޓުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފައި ވަނީ ނ. ލަންދޫ، ޗިޗަންޑާގެ، ޢުމުރުން 22 އަހަރުގެ އިބްރާހީމް ނިހާނުގެ މައްޗަށް ކަމަށެވެ. އިބްރާހީމް ނިހާނު ހައްޔަރުކޮ...

އިއްޔެ ހައްޔަރު ކުރި ބިދޭސީންގެ ބަންދަށް 15 ދުވަސް
Raajje

އިއްޔެ ހައްޔަރު ކުރި ބިދޭސީންގެ ބަންދަށް 15 ދުވަސް

ހުޅުމާލޭގައި ހުރި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދައި ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުުގެ ބިދޭސީ މުވައްޒަފުން މުސާރަ ނުލިބޭ މައްސަލައިގައި ކަމަށް ބުނެ އިއްޔެ މުޒާހަރާކޮށް، ފުލުހުންނަށް ހަމަލާ ދިން ހަމަނުޖެހުމުގެ ތެރެއިން ހައްޔަރު ކުރި ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ބިދޭސީން އިއްޔެ ހިންގި ހަމަނުޖެހުމުގައި ފުލުހުންގެ ބަޔަކަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ހަމަނުޖެހުމުގެ ތެރެއިން ފުލުހުން ވަނީ 41...