Skip to main content
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ޒުވާން އަންހެނަކަށް އަނިޔާކުރި މައްސަލައެއް
Raajje

ޒުވާން އަންހެނަކަށް އަނިޔާކުރި މައްސަލައެއް

މާލޭ ސިޓީގައި ޒުވާން އަންހެނަކަށް އަނިޔާކުރި މައްސަލާގައި ޒުވާން ފިރިހެނަކު ހައްޔަރުކޮފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ރޭ އެ އިދާރާއަށް ހުށަހެޅިފަވެއެވެ. މި މައްސަލާގެ ރިޕޯޓު ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވަނީ ރޭ 1:30 ހާއިރުއެވެ. މި މައްސަލާގައި ފުލުހުން ވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި އެމީހާ ހައްޔަރު ކުރުމަށްފަހު އެ މައްސަލަ މިހާރު ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ. ހުޅުމާލޭގ...

215 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 2 މީހުން ބަންދަށް 15 ދުވަސް
Raajje

215 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 2 މީހުން ބަންދަށް 15 ދުވަސް

215 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 2 މީހަކު ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުންގެ ހިދުމަތުން ވިދާޅުވީ، މި މީހުންނަކީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 15 ވަނަ ދުވަހު އެ އިދާރާގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޔާއި، ރ. އަތޮޅު ޕޮލިހާއި، ފޮރިންސިކް ފުލުހުންނާއި އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭ...

ފުލުހުންގެ ވަޒީފާއަށް ހުޅުވާލައިފި، އެންމެ ދަށް ޝަރުތަކީ ގްރޭޑް 10ގެ ފެންވަރު
Raajje

ފުލުހުންގެ ވަޒީފާއަށް ހުޅުވާލައިފި، އެންމެ ދަށް ޝަރުތަކީ ގްރޭޑް 10ގެ ފެންވަރު

ދިވެހި ފުލުހުން ހިދުމަތުގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. މިގޮތުން ފުލުހުންގެ ވަޒީފާއަށް ވަނުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ 16:00 ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ. މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތަކަށް ބަލާއިރު، އެފަދަ މީހެއްގެނަމަ ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ ފުލުހުންގެ ހިދުމަތަށް ބޭނުންތެރި ފަންނީ ދާއިރާއަކުން 3 މަހަށްވުރެ ކުރު ނޫން ކޯހެއް ފުރިހަމަކޮށް، އެކޯހުން ފާސްވެފައިވުން […]

މަސްބާނަން ހުރި މީހަކު ގަދަ ވަޔާއެކު މޫދަށް ވެއްޓި ނިޔާވެއްޖެ
Raajje

މަސްބާނަން ހުރި މީހަކު ގަދަ ވަޔާއެކު މޫދަށް ވެއްޓި ނިޔާވެއްޖެ

މަސް ބާނަން ހުރި މީހަކު ގަދަ ވަޔާއެކު މޫދަށް ވެއްޓި ނިޔާވެއްޖެއެވެ. އެމީހާއަކީ މާލޭ އިއްޒުއްދީން ފާލަން ބޭރު ތޮށިގަނޑުގައި މަސްބާނަށް ގޮސްހުރި މީހެކެވެ. އޭނާ މޫދައް ވެއްޓުނީ ޖެހުނު ގަދަވަޔާއެކުގައެވެ. ފުލުހުންގެ ހިދުމަތުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓު މިއަދު ހެނދުނު 06:52 ގައި އެ އިދާރާއަށް ލިބިފައިވާކަމަށެވެ. ރިޕޯޓު ލިބުމާއެކު ފުލުހުން އެތަނަށް ގޮސް ފުލުހުން ވަނީ އެމީހާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ގެންގޮސްފައެވެ. “ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމ...

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
Raajje

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

އައްޑޫ ސިޓީގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެއެވެ. މިހާދިސާ ހިނގާފައި ވަނީ ރޭ އައްޑޫ ސިޓީގެ ހިތަދޫގައެވެ. މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ 24 އަހަރުގެ ޒުވާނެކެވެ. ފުލުހުންގެ ހިދުމަތުން ވިދާޅުވި ގޮތުގައި މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ 12:30 ހާއިރު ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައި ޖެހިގެން ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. “އެކްސިޑެންޓްގައި ސައިކަލް […]

100 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 8 މީހަކު ބަންދަށް
Raajje

100 ކިލޯ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 8 މީހަކު ބަންދަށް

100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި 8 މީހަކު ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުންގެ ހިދުމަތުން ވިދާޅުވީ، މި މީހުންނަކީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 13 ވަނަ ދުވަހު އެ އިދާރާގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޔާއި އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ބަ...

ލޯންޗެއް އަޑިޔަށް ގޮސް މީހަކު ނިޔާވެ، ކުޑަކުއްޖަކު ގެއްލިއްޖެ
Raajje

ލޯންޗެއް އަޑިޔަށް ގޮސް މީހަކު ނިޔާވެ، ކުޑަކުއްޖަކު ގެއްލިއްޖެ

ލޯންޗެއް އަޑިޔަށް ގޮސް އޭގެން ދަތުރުކުރި މީހަކު ނިޔާވެ، ކުޑަކުއްޖަކު ގެއްލިއްޖެއެވެ. މިހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، މާލެ އިން ވ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗެއް އޮޅުވެލި ކައިރިން ދިޔަވެ އަޑިއަށްދާކަމުގެ ކަމުގެ ރިޕޯޓު ހަވީރު 5:06 ގައި އެ އިދާރާއަށް ލިބުނު ކަމަށެވެ. މިހާދިސާގައި ލޯންޗުން މޫދައް ވެއްޓުނު 3 މީހުންގެ ތެރެއިން 2 މީހަކު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ގެއްލިފައި ވަނީ 4 އަހަރުގެ ކުޑަކުއްޖެއްކަމަށް ވެސް ވިދާޅުވިއެވެ. “މިހާދިސާގައި ގެއްލިފައި ވަނިކޮށް […]

މަހުމޫދުގެ މަރު: ތުހުމަތުވާ ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

މަހުމޫދުގެ މަރު: ތުހުމަތުވާ ބިދޭސީއަކު ހައްޔަރުކޮށްފި

އަނިޔާކޮށް ރަހުމުކުޑަ ގޮތަކަށް މަރާލެވިފައިވާ އޮއްވާ ފެނުނު އދ. ދަނގެތީ މޮނަލާޒް، އުމުރުން 57 އަހަރުގެ މަހްމޫދު އަބޫބަކުރުގެ މަރުގެ ތުހުމަތުގައި އެރަށުން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، މަހްމޫދުގެ މަރުގެ ތުހުމަތުގައި ބިދޭސީ ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރަކާއި އެކުގައިކަމަށެވެ. މަހްމޫދުގެ ހަބަރެއް ނުވެގެން ހޯދަންފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހޯދަމުން ދަނިކޮށް ފެނުނީ އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. މަހްމޫދު ފެނުނީ ރަށުގެ މެދަށްވާ...

215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
Raajje

215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ހާމަކޮށްފިއެވެ. ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަަށްވާ ހެރޮއިން ކަމަށެވެ. މިކަން ހާމަކުރައްވަމުން ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅު، ބުދަ ދުވަހުން ފެށިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިހާއި، ފޮރެންސިކު ޑިޕާޓްމަންޓާއި، ރ. އަތޮޅު ޕޮލިސް ސްޓޭޝަންއާއި އަދި އިންޓެލިޖެންސ...

އަތް ދަބަހެއް ފޭރިގަތް 2 މީހަކު ހޯދަނީ
Raajje

އަތް ދަބަހެއް ފޭރިގަތް 2 މީހަކު ހޯދަނީ

ސައިކަލެއްގައި އިން މީހެއްގެ އަތް ދަބަސް ފޭރިގަތް 2 މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ. އެ ދެ މީހުން ފޭރިގަނެފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، ލިލީމަގުން ހުޅަނގުން އިރަށް ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހެއްގެ އަތް ދަބެހެވެ. ފުލުހުން މިއަދު ވަނީ ދަބަސް ފޭރިގަންނަ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއް އާންމުކޮށްފައެވެ. މި ވީޑިއޯގައި އަތް ދަބަހުގެ ވެރިފަރާތް ދުއްވާފައި ދިޔަ ސައިކަލުގެ ފަހަތުން އެ 2 […]

އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމުދިޔަ މައްސަލައެއް
Raajje

އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމުދިޔަ މައްސަލައެއް

އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމުދިޔަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ، ރައީސް އޮފީސް ގޭޓް ކުރިމައްޗަށާއި، ހުކުރު މިސްކިތުގެ ތެރެއަށާއި، އަދި އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމުދިޔަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. “އެމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ފުލުހުން މިހާތަަނަށް ބެލި ބެލުމުން އިނގިފައިވޭ” ފުލުހުން ވިދާޅުވިއެވެ. އިތުރަށް ބަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާ ކަމަ...

ބްރޯޑްކޮމްއިން ފުލުހުންނާއި ބައްދަލުކޮށްފި
Raajje

ބްރޯޑްކޮމްއިން ފުލުހުންނާއި ބައްދަލުކޮށްފި

ނޫސްވެރިންނަށް މުޒާހަރާތަކުގައި ވަމުންދާ އަނިޔާއާއި ގުޅޭ މަޝްވަރާތައް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ބައްދަލުކޮށްފިއެވެ. ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިއަދު ކުރިއަށްދިޔަ މިބައްދަލުވުމުގައި އެކޮމިޝަންގެ ފަރާތުން ވަނީ މުޒާހަރާތައް ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނަށް ދިމާވަމުން އަންނަ އެކި ކަހަލަ ދަތިތަކާއި، އަދި ފުލުހުން ބާރުގެ ބޭނުން ކުރާ ވަގުތުތަކުގައި ނޫސްވެރިންނަށް ލިބޭ އަނިޔާތަކާއި ބެހޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މަޝްވަރާކޮށްފައ...

އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ، ޒުވާނަކު ޒަހަމު ކޮށްލައިފި
Raajje

އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ، ޒުވާނަކު ޒަހަމު ކޮށްލައިފި

އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ، މީހަކު ޒަހަމު ކޮށްލައިފިއެވެ. ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލާފައިވާ ކަމަަށެވެ. އެ މާރާމާރީގައި އަނިޔާ ވީ 29 އަހަރުގެ ފިރިހެނަކަށްކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެމީހާއަށް ލިބުނު އަނިޔާއަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، ފުލުހުން ދަނީ އެ މައްސަލަ […]

ޓެކްސީ ޑްރައިވަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް
Raajje

ޓެކްސީ ޑްރައިވަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

ޓެކްސީ ޑްރައިވަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެ މައްސަލަ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، ގޯނާ ކޮށްފައިވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ. އެހެންނަމަވެސް އަދި މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވެފަވެއެވެ. ފުލުހުން ވިދާޅުވީ، މި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލާގެ ގޮތުގައި ބަލަމުން އަންނަ ކަމަށް...

ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ތަންތަނަށް މީހުން ވަނަނުދޭން، އެތަންތާގެ ބޭރުގައި ފުލުހުން ފޯރި މަރަނީ
Raajje

ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ތަންތަނަށް މީހުން ވަނަނުދޭން، އެތަންތާގެ ބޭރުގައި ފުލުހުން ފޯރި މަރަނީ

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކަމަށް ބެލެވޭ ތަންތަން ފުލުހުން ބަލާ ފާސްކުރަން ފަށައިފިއެވެ.  ފުލުހުން ބުނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ފާހަގަކުރެވިފައިވާ ތަންތަނަށް މީހުން ވަނަނުދީ، އެކަން ހުއްޓުވަން ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށާފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ފެށީ  މިއަދު ހެނދުނު 7:00 އިން ފެށިގެން ކަމަށް ވެސް ބުންޏެވެ.  މި އޮޕަރޭޝަންގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ ތަންތަނުގައި 24 ގަޑިއިރު ފުލުހުން ޑިއުޓީ […]