ވަޅުލާފައި ހުއްޓާ ހޯދި މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތުވާ އިސް މީހާ ހައްޔަރުކޮށްފި
މާލޭ ސިޓީގެ ގެއެއްގައި ވަޅުލާފައި ހުއްޓާ ރޭ ފުލުހުން ހޯދި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތުވާ އިސް މީހާ ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޑްރަގް އެންފޯސްމެންޓް އެންޑް ނާކޮޓިކްސް އިންޓެލިޖެންސުން އިއްޔެއިން ފަށައިގެން މާލޭގައި ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި މާފަންނުގައި ހުރި ގެއެއްގެ ތަޅުންގަނޑު ދަށުގައި ވަޅުލާފައި ހުއްޓާ 42 ކިލޯގެ މަސްތުވާތަކެތި ރޭ ވަނީ އަތުލައިގެންފައެވެ. މި މައްސަލާގައި އެކަކު ހައްޔަރުކުރިއެވެ. ގެއެއްގައި ވަޅުލާފައި ހުރި 42 ކިލޯގެ މަސްތުވާތަކެތި ހޯދައިފި މިއަދު ކޮ...