ބަންދުގައި ބެހެއްޓޭވަރަށް ހެއްކި ގަރީނާ ނެތުމުން އަރުޝަދު ދޫކޮށްލައިފި
މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު، ބަންދުގައި ބެހެއްޓޭވަރަށް، ހެއްކާއި ގަރީނާ ނެތުމުން އޭނާ ދޫކޮށްލައިފި އެވެ. ފުލުހުން މިރޭ ވިދާޅުވީ، އަރްޝަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެހެންނަމަވެސް ބަންދު ދެމެހެއްޓޭވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އޭނާ ވަނީ ބަންދުން ދޫކޮށްލާފަ ކަމަށެވެ. އަރުޝަދު ހާލިދު ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ. ރޭ ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅ...