ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެއްޖެ
މާލޭގެ މާފަންނު ގެއެއްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ ގެންދިޔަ މީހާ ނިޔާވެއްޖެ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ދާދީ ދެންމެ ވިދާޅުވީ އެމީހާ ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗުން އެ އިދާރާއަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެއް ގެއެއްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވާ އައިޖީއެމްއެޗަށް ގެންދިޔައީ މިއަދު ހެނދުނު އެވެ. ފާހާނާއަށް ވަތް މީހަކު ނުނިކުމެގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް [...