މާލޭ ސަރަހައްދު ތިން އޮފީހުން މާދަމާ ވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ
މާދަމާއަކީ ސަރުކާރު ބަންދު ނަމަވެސް، ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. މާދަމާ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވަނީ ރިޔާސީ ބަޔާން އިއްވަވާ ދުވަހަށްވާތީއެވެ. މިއަހަރަށް މަޖިލިސް ހުޅުވާ ދުވަހަކީ މާދަމާކަމަށްވުމާއެކު، މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވާފައެވެ. މާދަމާގެ މަޖިލީހުގެ ޖަލްސާގައި އޮންނާނީ ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމެވެ. އިމިގްރޭޝަނުން މިއަދު ބުނީ މާލެ ސަރަހ...