ޓިކެޓު ގަނެވޭ އެޕު ތަޢާރުފުކޮށް މޯލްޑިވިއަންގެ ކަސްޓަމަރުންނަށް ފަސޭހަކޮށްދީފި
ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ކަސްޓަމަރުން ޓިކެޓް ގަތުމަށް މޮބައިލް އެޕްލިކޭޝަނެއް ތަޢާރުފުކޮށްފިއެވެ. މޯލްޑިވިއަންގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު ތަޢާރުފުކޮށްދެއްވި އެ މޮބައިލް އެޕްލިކޭޝަނާއިއެކު މޯލް ޑިވިއަންގެ ޓިކެޓް އޮންލައިންކޮށް ގަންނަ ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. މޯލްޑިވިއަން މޮބައިލް އެޕްލިކޭޝަން ގޫގުލް ޕްލޭ އާއި އެޕަލް ސްޓޯރުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ. މިމޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓ...