މޯލްޑިވިއަންއަށް ބައިނަލްއަޤްވާމީ އިތުރު އެވޯޑެއް
ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއަށް، ސައުތު އޭޝިއަން ޓްރެވެލް އެވޯޑް (ސާޓާ) ގެ ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑަރ އެވޯޑް ލިބިއްޖެއެވެ. މިއީ، މޯލްޑިވިއަންއަން މިއަހަރު ލިބުނު ބައިނަލްއަޤްވާމީ 2 ވަނަ އެވޯޑެވެ. އެ ކުންފުންޏަށް މިއަހަރުގެ ޖޫން މަހު ވަނީ ކެނެޑާގެ ޑި ހެވިލެންޑް އެއަރކްރާފްޓު އޮފް ކެނެޑާ ލިމިޓެޓް (ޑި ހެވިލެންޑް އެއަރކްރާފްޓު) ގެ އެންމެ އިތުބާރު ކުރެވޭ އެއަރލައިންގެ އެވޯޑް ވެސް ލިބިފައެވެ. މޯލްޑިވިއަންއަށް މިފަހަރު ލިބުނު އެވޯޑް ހަވާލު ކުރުން އޮތީ […]