އަންނަ އަހަރު މަކުނުދޫ އެއާޕޯޓުގެ ރަންވޭ މަސައްކަތް ފެށިގެންދާނެ: އާދަމް
އަންނަ 2025 ވަނަ އަހަރު ހދ. މަކުނުދޫ އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ފެށިގެންދާނެކަމަށް އެ ދާއިރާގެ މެންބަރު އާދަމް ޝަފީޤް މިއަދު ވިދާޅުވެއްޖެއެވެ. 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކާގައި މެންބަރު އާދަމް ޝަފީޤް ވަނީ އޭނާ ތަމްސީލްކުރަށްވާ މަކުނުދޫ ދާއިރާގެ މަކުނުދޫ، ކުމުންދޫ އަދި ނޭކުރެންދޫގައި ކުރިއަށް ދާ މަޝްރޫޢޫތަކާއި، އެރަށްރަށުގައި ކުރުމަށް މި ސަރުކާރުން ވައުދުވެފައިވާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަ...