Skip to main content
Topic Archive

#މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް

22 Stories filed
ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރަނީ އިނގުރައިދޫ، ކުޑަހުވަދޫ އާއި ވިލިނގިލީގައި
Raajje

ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރަނީ އިނގުރައިދޫ، ކުޑަހުވަދޫ އާއި ވިލިނގިލީގައި

މި އަހަރުގެ އަޟްހާ އީދު ގައުމީ ފެންވަރުގައި ފާހަގަ ކުރާ ތިން ރަށް ކަނޑައަޅައި އެކަން އިއުލާންކޮށްފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމާފައި ވަނީ ރާއްޖޭގެ އުތުރުން އެއް ރަށުގައި، މެދުރާއްޖެ ތެރެއިން އެއް ރަށުގައި އަދި ދެކުނުގެ އެއް ރަށުގައި އީދު ފާހަގަ ކުރުމަށެވެ. އެގޮތުން އުތުރުން އީދު ފާހަގަ ކުރާނީ ރ. އިނގުރައިދޫގައެވެ. މެދުރާއްޖެ ތެރޭގެ ރަށްތަކުގެ ތެރެއިން ދ. ކުޑަހުވަދޫގައި ގައުމީ ފެންވަރުގައި މިފަހަރު އީދު ފާހަގަ ކުރާއިރު، ދެކުނުގައި […]

މާލޭގެ މުހިންމު އާސާރުތަކުގެ އާބާތުރަ ފިލުވަން ސްޓެލްކޯއާ ހަވާލުކޮށްފި
Business

މާލޭގެ މުހިންމު އާސާރުތަކުގެ އާބާތުރަ ފިލުވަން ސްޓެލްކޯއާ ހަވާލުކޮށްފި

މާލޭގެ މުހިންމު އާސާރުތަކެއްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން މިއަދު ވަނީ ސްޓެލްކޯއާއެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މާލޭ ހުކުރު މިސްކިތާއި އެ މިސްކިތުގެ ގޯތިތެރެ އަދި މުންނާރާއި މާލޭ މެދުޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކުރަން ހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރާނެއެވެ. މި އެއްބަސްވުމުގައި ސްޓ...

ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލަން މަޝްވަރާކޮށްފި
Raajje

ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލަން މަޝްވަރާކޮށްފި

ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލަން ކަމާބެހޭ ބައެއް މުއައްސަސާތަކުން މަޝްވަރާކޮށްފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބުނީ، ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމާއި، ނަފްސާނީ ފަރުވާގައި ދިވެހި ޅެން ބޭނުން ކުރުމުގެ ޢިލްމީ މަސައްކަތް އެކުލަވާލައި ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން ކަމާގުޅޭ ބައެއް މުއައްސަސާތަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. މި މަޝްވަރާކުރިއަށް ގެންގޮސްފައިވާއިރު، ނަފްސާނީ ފަރުވާގައ...

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު އުފައްދައިފި
Raajje

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު އުފައްދައިފި

“ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު” ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދައިފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފެއްދެވި މި އިދާރާ ހިންގާނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ދަށުންނެވެ. މިފަދަ ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ، “ދިވެހި ޤައުމިއްޔަތު އާލާކުރުމުގެ ޤައުމީ ނިޒާމު” ގެ ތެރެއިން ދިވެހިބަހާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތުގެ ޢިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށާއި، ޤައުމީ ރޫޙު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި ޤައުމިއްޔ...

ދިވެހި ޤައުމިއްޔަތު މާއްދާ އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށަނީ
Raajje

ދިވެހި ޤައުމިއްޔަތު މާއްދާ އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށަނީ

ދިވެހި ޤައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި އަންނަ ދިރޭސީ އަހަރު ކިޔަވައިދޭން ފަށަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް އެވެ. ސޯޝަލް ކައުންސިލްގެ ބައްދަލުވުމުގެ ބައެއް ނިންމުންތައް ވެސް އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި ނިނ...

އެއްބައިވަންތަކަމުގެ ދުވަސް ފެށުން ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރުމުން
Raajje

އެއްބައިވަންތަކަމުގެ ދުވަސް ފެށުން ބޮޑު ޖަމާއަތުގައި ފަތިސް ނަމާދު ކުރުމުން

ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަތިސް ނަމާދު ބޮޑު ޖަމާއަތުގައި ކުރުމުން ފަށަން ސަރުކާރުން ނިންމައިފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ސަރުކާރުގެ އޮފީސްތަކަށް މިއަދު ފޮނުވި ސާކިއުލަރެއް މެދުވެރިކޮށް މިރޭ ފަތިސްނަމާދު ޖަމާއަތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެދިފަވެއެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ކޮންމެވެސް އެއް މިސްކިތެއްގައި ބޮޑު ޖަމާއަތުގައި ފަތިސްނަމާދު ކުރުމަށް ސާކިއުލަރުގައި އެދިފައިވާއިރު، މާލޭގައި ބޮޑު ޖަ...

ދޮންބަންޑާރައިންގެ ހަނދާނީ މައުރަޒު ހުޅުވައިފި
Raajje

ދޮންބަންޑާރައިންގެ ހަނދާނީ މައުރަޒު ހުޅުވައިފި

ހުރަވީ ދުވަހުގެ ޚާއްޞަ މައުރަޒު” ދޮންބަންޑާރައިންގެ ހަނދާނީ މަޢުރަޒު” ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. ރާއްޖޭގެ 1445 ވަނަ އަހަރުގެ ހުރަވީ ދުވަހަކީ އިއްޔެ އެވެ. ހުރަވީ ދުވަހުގެ ޚާއްޞަ މަޢުރަޒު” ދޮންބަންޑާރައިންގެ ހަނދާނީ މަޢުރަޒު” އަކީ ހުރަވީ ދުވަސް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަކުރުމަށް ސަރުކާރުން ހިންގަވާ ހަރާކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި މައުރަޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަނބިކަނބަލުން ފަސްޓްލޭޑީ، ސާޖިދާ މުޙައްމަދު އެވެ. މި މައުރަޒަކީ ހުރަވ...