ސްކޫލަށް ކުދިން ހާޒިރުވާއިރު މާސްކް އެޅުން މަޖުބޫރެއް ނޫން
ސްކޫލަށް ކުދިން ހާޒިރުވާއިރު ވެސް މާސްކް އެޅުން މަޖުބޫރު ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައިވާ ބުނެފައިވަނީ ސްކޫލަށް ހާޟިރުވާއިރު މާސްކުއެޅުން މަޖުބޫރުކަމެއް ކަމުގައި އޮތުން އުވާލާފައިވާކަމަށެވެ. “ދަރިވަރާއި ބެލެނިވެރިޔާ ބޭނުން ނަމަ ދަރިވަރުން މާސްކް އަޅައިގެން ސްކޫލަށް ފޮނުވިދާނެ” އެ މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ހައި ރިސްކް ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްކަމަށް އެ އިއުލާނުގައި ބުނެފަ...