އޭލެވެލް އިމްތިހާނު ކެމްބްރިޖަށް ބަދަލުކޮށްފި
އޭލެވެލްގައި މިހާރު ކިޔަވައިދޭ އެޑެކްސެލްގެ ސިލަބަހުގެ ބަދަލުގައި ކެމްބްރިޖް އިމްތިހާނު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު އޭލެވެލްގެ އައު ބެޗްގެ އޭއެސް ކިޔަވައިދޭން ފަށާނީ ކެމްބްރިޖް ސިލަބަހުަގައި ކަމަށެވެ. އަދި ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށް ބުންޏެވެ. ގްރޭޑު 12ގެ ދަރިވަރުންނަށް ކެމްބްރިޖް ސިލަބަހަށް ކިޔަވައި...