އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. ހޯމް މިނިސްޓްރީން މިކަމަށް ހުޅުވައިލީ، އެ ކައުންސިލުގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝާފިއުގެ މެމްބަރުކަމުގެ ދައުރު މިއަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހަށް ހަމާވާތީއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރައްވާފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީ ގާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލުގެ މީޑިއާގެ މެމްބަރެއްގެ މަގާމު 10 ސެޕްޓެމ...