Skip to main content
Topic Archive

#މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)

60 Stories filed
ބިލު ޤާނޫނަކަށް ވެއްޖެ ނަމަަ، ޕްރެސް ފްރީޑަމް އިންޑެކްސް ދައްވެގެން ދާނެ: އެމްއެމްސީ
Raajje

ބިލު ޤާނޫނަކަށް ވެއްޖެ ނަމަަ، ޕްރެސް ފްރީޑަމް އިންޑެކްސް ދައްވެގެން ދާނެ: އެމްއެމްސީ

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު” ތަޞްދީޤު ކުރައްވައިފި ނަމަ ޕްރެސް ފްރީޑަމް އިންޑެކްސް ގައި ރާއްޖޭގެ ރޭންކިން ދައްވެގެން ދާނެކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލުން ބަޔާނެއް ނެރެފި އެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި، މީޑިއާ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް އެކަށީގެންވާ ރިޢާޔަތެއް ނުކޮށް ކަމަށް ވާތީ ބިލު ތަޞްދީޤު ނުކުރެއްވުމަށް...

ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އުވާލައި އައު ކޮމިޝަނެއް އުފެއްދުމުގެ ބިލެއް ހުށަހަޅައިފި
Raajje

ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އުވާލައި އައު ކޮމިޝަނެއް އުފެއްދުމުގެ ބިލެއް ހުށަހަޅައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި  މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން” ގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މި ބަދަލު ގެންނަން  ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. ހަންނާނު ހުށަހެޅުއްވި މި ބިލުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓ...

ނޫސްވެރިކަމުގެ އިނާމަށް 92 ހުށަހެޅުން، މިހާތަނަށް ލިބުނު އެންމެ ގިނަ ހުށަހެޅުން
Raajje

ނޫސްވެރިކަމުގެ އިނާމަށް 92 ހުށަހެޅުން، މިހާތަނަށް ލިބުނު އެންމެ ގިނަ ހުށަހެޅުން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 92 ހުށަހެޅުން ލިބިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ. މިއީ މި އިނާމަށް މިހާތަނަށް ކުރިމަތިލީ އެންމެ ގިނަ އަދަދުކަން މަޢުލޫމާތު ލިބިފައިވެއެވެ. ނޫސްވެރިންގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމުގެ މަޤްޞަދުގައި ދެމުން އަންނަ މި އިނާމަށް މި އަހަރު 14 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އެވެ. މީގެ ތެރޭގައި ތަހުގީގީ ނޫސްވެރިކަމާއި، އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ […]

ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ފުރައްސާރަކުރުން ކުށްވެރިކޮށްފި
Raajje

ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ފުރައްސާރަކުރުން ކުށްވެރިކޮށްފި

ނޫސްވެރިންނަށް އެކި ބާވަތުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމުގެ ޢަމަލުތައް ހިންގަމުންދާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ބަޔާނެއް ނެރެފި އެވެ. އެމްއެމްސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ސިޔާސީ ޕްލެޓްފޯމްތަކާއި މީސްމީޑިއާގެ މަންސަތަކުގައި އެކި ބާވަތުގެ އިންޒާރު ދިނުމާއި ފުރައްސާރަކުރުމާ ގުޅޭ ކަންބޮޑުވުންތައް އެ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި ޚާއްޞަކޮށް ވަކި ޖިންސަކަށ...

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމުގެ މަސައްކަތް އަވަސްކުރަން ލަފާދީފި
Parliament

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމުގެ މަސައްކަތް އަވަސްކުރަން ލަފާދީފި

ޚަަރަދު ކުޑަކުރުމަށް އަޅާފިޔަވަޅެއްގެ ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ މަސައްކަތް އަވަސްކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔތު ކޮމެޓީން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ލަފާދީފިއެވެ. މި ލަފާ ހިމެނޭ މާލިއްޔަތު ކޮމެޓީގެ ރިޕޯޓު އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. މި ރިޕޯޓުގައި ކޮމެޓީން ރައީސަށް އަރުވާ ލަފައެއްގެ ގޮތުގައި މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ މޯލްޑިވްސް މިޑިއާ ކައުންސިލާއި، ބްރޯޑްކޮމް އެއްކޮށްލައިފި...

ދެވަނަ ދައުރަކަށް "ތިލަދުން"ގެ ޘަޤީފް މީޑިއާ ކައުންސިލަށް
Thiladhunmathi News

ދެވަނަ ދައުރަކަށް "ތިލަދުން"ގެ ޘަޤީފް މީޑިއާ ކައުންސިލަށް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ 8 ވަނަ ދައުރަށް “ތިލަދުން” ގެ ފަރާތުން ޙުސައިން ޘަޤީފް އިންތިހާބު ވެއްޖެ އެވެ. އެމްއެމްސީގެ 6 ވަނަ ދައުރަށްވެސް ޘަޤީފް އިންތިހާބުވެ އެކައުންސިލްގެ ނައިބް ރައީސްކަންވެސް ފުރިހަމަކުރި އެވެ. ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި އިންތިހާބުގައި 139 މީޑިއާއަކުން ވޯޓުލާފައިވެއެވެ. މި އިންތިހާބުގައި 22 ކެންޑިޑޭޓުން ވާދަކުރިއެވެ. އެއީ މީޑިއާގެ މެމްބަރު ކަމުގެ މަގާމަށް ވާދަކުރެއްވި 11 ކެންޑިޑޭޓަކާއި އާންމުންގެ މެމްބަރުކަމުގެ މަގާމަށް ވާދަކުރެއްވި 11 ކެންޑި...

އެވޯޑު ދިނުމުގައި ބައިވެރިވުމެއް ނެތް، ދޮގު އިލްޒާމަކީ ރޭވުމެއް: މުސްތަފާ
Raajje

އެވޯޑު ދިނުމުގައި ބައިވެރިވުމެއް ނެތް، ދޮގު އިލްޒާމަކީ ރޭވުމެއް: މުސްތަފާ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދިން ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ކަންކަމުގައި ކައުންސިލް ރައީސްގެ ބައިވެރިވުމެއްނެތް ކަމަށާއި، އޭނާ އާއި ގުޅުވައި ކައުންސިލް މެމްބަރަކު މީސްމީޑިއާގައި ކޮށްފައިވާ ދޮގު އިލްޒާމަކީ ރޭވުމެއް ކަމަށް އެމްއެމްސީގެ ރައީސް އަހްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ. އެމްއެމްސީގެ ރައީސްގެ ހައިސިއްޔަތުން ނެރުއްވި ބަޔާނެއްގައި މުސްތަފާ ވިދާޅުވީ، 11 ވަނަ ނޫސްވެރިކަމުގެ އިނާމުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފައްދައި އޭނާ އާއިމެދު ކައުންސިލް މެމްބަރު ނިޝާން ޢަލީ މީސްމ...

މުސްތަފާގެ ވަޒީފާ ޕީއެސްއެމްއިން އިޔާދަކޮށްފި
Raajje

މުސްތަފާގެ ވަޒީފާ ޕީއެސްއެމްއިން އިޔާދަކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަހްމަދު މުސްތަފާގެ ވަޒީފާ ދައުލަތުގެ މީޑިއާ، ޕަބްލިކްސާވިސް މީޑިއާ (ޕީއެސްއެމް) އިން އިޔާދަކޮށްފިއެވެ. އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދު ވަނީ ތިލަދުން އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ. މީޑިއާ ކައުންސިލުގެ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑު ހަފުލާގެ ލައިވް ކަވަރޭޖުގައި ދެއްކި ވޯޑިއޯއަކާއި ގުޅިގެން ޕީއެސްއެމްގެ ބޯޑުން ވަނީ މުސްތަފާއާއި މެދު ފިޔަވަޅު އަޅާފައެވެ. ޕީއެސްއެމުން މީޑިއާ ކައުންސިލާ ދެކޮޅަށް މަޖިލީހަށް މައްސ...

ނޫސްވެރިކަމުގެ އިނާމު ދީފި، އެންމެ މޮޅު ނޫސްވެރިޔަކަށް މިހާރުގެ ޝަނާ
Raajje

ނޫސްވެރިކަމުގެ އިނާމު ދީފި، އެންމެ މޮޅު ނޫސްވެރިޔަކަށް މިހާރުގެ ޝަނާ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފްލާ ރޭ ބާއްވައިފިއެވެ. މިއީ އެމްއެމްސީން ބޭއްވި 11 ވަނަ ނޫސްވެރިކަމުގެ އެވޯޑެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ ނައިބު ރައީސް ހުސެން މުހައްމަދު ލަތީފެވެ. މި އެ ވޯޑުގައި މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިއަކަށް ހޮވިފައި ވަނީ ”މިހާރު” ނޫހުގެ ފާތިމަތު ޝަނާ މުހައްމަދެވެ. 11 ވަނަ ނޫސްވެރިކަމުގެ އިނާމުގެ އެންމެ ޝަރަފްވެރި ތިން އެވޯޑްގެ ތެރެއިން ދެ އެވޯޑު މިހާރަށް ލިބިފައިވާއިރު، ގިނަ […]

މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމަށް 88 ހުށަހެޅުން
Raajje

މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމަށް 88 ހުށަހެޅުން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 88 ހުށަހެޅުން ލިބިފައިވާ ކަމަށް އެ ކައުންސިލުން މިރޭ ބުނެފިއެވެ. ނޫސްވެރިކަން ކުރާ ފަރާތްތައް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި މީޑިއާ ކައުންސިިލުން ދެމުން އަންނަ އެވޯޑަށް 18 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއެވެ. އޭގެ ތެރޭގައި ހިމެނެނީ ތަހުގީގީ ނޫސްވެރިކަން، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ...

މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް ހުޅުވާލައިފި
Raajje

މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް ހުޅުވާލައިފި

މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވާން މީޑިއާތަކަށް ހުޅުވާލައިފިއެވެ. ޔޫތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކައުންސިލަށް، ދެ އާންމު މެންބަރުން ހޮވުމަށް ބޭނުންވާ ކަމަށެވެ. އެހެންވެ، ވޯޓުލުމުގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ކަމަށް އިއުލާންގައިވެއެވެ. ވޯޓު ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ، ޖޫން 10، 11، 12، 13، އަދި 23 ގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު 14:00 އަށް ކަމަށް ވަނީ ބުނެފައެވެ....

ނޫސްވެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފި
Raajje

ނޫސްވެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފި

ނޫސްވެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންނަށް ނޫސްވެރިންގެ ބައްދަލުވުން އޮތް މާލަމަށް މޯބައިލް ފޯނު ނުވެއްދޭނެ ކަމަށް އެ އޮފީހުން އެންގުމުން އެކަމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅުކުރުމުން ރައީސް އޮފީހުން ނޫސްވެރިންނަށް އެ ފުރުސަތު ދިންކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އެ...

ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުން ދޮގު ހަބަރު ފަތުރާތީ މައްސަލަތައް ބެލޭނެ އުސޫލެއް ހަދަނީ
Raajje

ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުން ދޮގު ހަބަރު ފަތުރާތީ މައްސަލަތައް ބެލޭނެ އުސޫލެއް ހަދަނީ

ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށް ކަމާ ގުޅޭ އުސޫލެއް ހަދަން މޯލްޑިވްސް މީޑިއާ ކައުންސިލުން ފާސްކޮށްފިއެވެ. މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ “ކުރުސީ.ކޮމް” އާއި “ދިޔަވަރު.ކޮމް” އާއި “ދޮންއަމާ.ކޮމް” ނަމުގައި ހިންގާ ތިން ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. މީޑިއާ ކައުންސިލުން އަބަދުވެސް ބާރު އަޅަނީ ރާއްޖޭގަ...

ފާޑުކިޔާ ވެބްސައިޓްތައް ބްލޮކްކުރާތީ އެމްއެމްސީ އާއި ދެ ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި
Raajje

ފާޑުކިޔާ ވެބްސައިޓްތައް ބްލޮކްކުރާތީ އެމްއެމްސީ އާއި ދެ ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި

ސަރުކާރަށް ފާޑުކިޔާ ވެބްސައިޓްތަކެއް ބްލޮކް ކުރުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. ސަރުކާރަށް ފާޑުކިޔާ ތިން ވެބްސައިޓަކަށް ނުވަދެވޭގޮތް މިހާތަނަށް ވަނީ ހަދާފައެވެ. އެތަނުން ދެ ނޫހަކީ ރަޖިސްޓަރީ ނުކޮށް ހިންގާ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. އަނެއް ނޫހަކީ ރަޖިސްޓަރީކޮށްގެން ހިންގާ ވެބްސައިޓެއްކަމަށްވާ ފުރަތަމަ.ކޮމް އެވެ. މި ވެބްސައިޓްތައް ބްލޮކްކުރުމުން އެމްއެމްސީން ބުނީ ރަޖި...

ނޫސްވެރިކަމުގެ އިނާމުގެ 12 ދާއިރާއަށް 63 ހުށަހެޅުން
Raajje

ނޫސްވެރިކަމުގެ އިނާމުގެ 12 ދާއިރާއަށް 63 ހުށަހެޅުން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމުގެ 12 ދާއިރާއަށް 63 ހުށަހެޅުން ލިބިފައިވާ ކަމަށް އެމްއެމްސީ އިން ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން ވިދާޅުވީ ނޫސްވެރިންގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި ދެމުން އަންނަ އިނާމަށް 12 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލި ކަމަށެވެ. މި އިނާމަށް މި ހުށަހެޅުން ލިބިފައިވަނީ އިނާމަށް އެދި ހުށަހެޅުމަށް ހުޅުވާލި ތިން ވަނަ ފުރުސަތުގައެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ޖޫން 9 ގައި އެންމެފުރަތަމަ ހުޅުވާލީ ޖ...